މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

މިއަދު ހެނދުނު ބިހުރޯޒު ކަމަނާ މިސްކިތް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވަނީ ސައިކަލެއްގައި އައި ދެމީހެކެވެ. އޭނާ އަށް ހަމަލާ ދީފައި ވަނީ ގޭގައި އޮއްވާ މަގުމައްޗަށް ނެރުމަށް ފަހު ކަމަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 7:07 ހާއިރު މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭނާ އަށް އައިޖީއެމްއެޗް ގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އައިޖީއެމްއެޗް އިން ސާފުކޮށެއް ނުދެއްވައެވެ.