ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އަކީ "ފްލެޓް ބައްޕަ" ކަމަށް ބުނެ އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް ފޭސްބުކްގައި ކެމްޕޭނެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ނަމަވެސް މިނިސްޓަރ މުއިއްޒު ވިދާޅުވީ އެއީ މިނިސްޓަރ މުއިއްޒު އާއި އެއްވެސް ގުޅުމެއް އޮވެގެން ކުރިއަށް ގެންދާ ކެމްޕޭނެއް ނޫނެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވުމާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށާއި މިނިސްޓަރަށް ކެމްޕޭން ކުރުމަށް ފޭސްބުކް ޕޭޖް ހިންގަމުން ދަނީ ކޮންބައެއްތޯ ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑު ވެސް މިދަނީ ބަލަމުން ކޮން ބައެއްތޯ އެ ޕޭޖު ހިންގަނީ. މަޖިލީހުގެ އިންތިހާބާ މެދު އަދި ވަކި ގޮތެއް ނުނިންމަން. އެއީ ޕާޓީގެ ފަރާތުން ވާދަ ކުރާނެ މީހުންނާއި ދާއިރާތައް ކަނޑައަޅާނީ ޕާޓީން ކަމަށްވާތީ،" މިނިސްޓަރ ވިދާޅުވިއެވެ.

ކުރިން އެމްޑީއޭގެ މެންބަރެއްގެ ގޮތުގައި ހުންނެވި މިނިސްޓަރ މުއިއްޒު ވަނީ ރިޔާސީ އިންތިޚާބަށް ފަހު ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް ވަޒީރުން ގެންދަވަނީ ދެން އޮންނަ ރައްޔިތުން މަޖިލީހުގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ކަމަށް އެބޭފުޅުން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުން ބުނެއެވެ. ނަމަވެސް އަދި އެއްވެސް ވަޒީރަކު މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

އަންނަ އަހަރުގެ މާޗް މަހު މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ތާއިދު

    އަހަރެން ވަރަށް ތާއީދު. ހުރިހާ މިނިސްޓަރުންވެސް މަޖުލިހަށް ނުކުތުމަކީ ދައުލަތް ހިންގަން ފައިދާހުރިކަމެ އަދި މަޖުލިސް ހަރުދަނާ ތަނަކަށްހެދިދާނެ. ކަމުގެ ތަޖުރިބާހުރި ގާބިލްޓީމެ ރޔާމީންގެ ކެބިނެޓަކީ.. މުއިއްޒުއަށް އަހަރެން ވޯޓުދޭނަން. ހަމަ އަސްލުވެސް ފުލެޓް ބައްޕައެއް...

  2. ކިޔުންތެރިޔާ

    ހަގީގަތުގައިވެސް މިބޭފުޅުންނަކީ މަޖިލިހަށް ވަންނަންޖެހޭ ބޭފުޅުން ރާއްޖޭކަންކަން ގޯސްވެގެން މިދަނީ މިފަދަ ބޭފުޅުން މަޖިލިހުގައި ނެތުމުން! މިހާރު މަޖިލިހުގައިތީ ގޯނިބޭކުޑައލީފަދަ މީހުން

  3. ފުލެޓު އަންމަ

    ފުލެޓު ދޮންބެ...ފުލެޓު ބައްޕަ...ދެން ޔާމިނު މީ ފުލެޓު ކާކު؟

    • ދިގުރަށު ސޮރު

      ފްލެޓް ވަގު

      • ފާތުން

        ވަރަށް ސަޅި

        • Anonymous

          އޯ ސަޅި. ވަގުންނަށް ތާ ވަގުންވެސް އެނގޭނީ. ޕަކާސް

  4. އަބުލޯ

    ރަގަޅު ޑރ މުއީޒު ވެފާނެ

  5. މރ

    ވަރަށް ތާޢީދު ކުރަން........ އިން ޝާ ﷲ ހޮވޭނެ

  6. އައްޔު

    އަހަރެން ވަރަށް ތާއީދު. ހުރިހާ މިނިސްޓަރުންވެސް މަޖުލިހަށް ނުކުތުމަކީ ދައުލަތް ހިންގަން ފައިދާހުރިކަމެ އަދި މަޖުލިސް ހަރުދަނާ ތަނަކަށްހެދިދާނެ. ކަމުގެ ތަޖުރިބާހުރި ގާބިލްޓީމެ ރޔާމީންގެ ކެބިނެޓަކީ.. މުއިއްޒުއަށް އަހަރެން ވޯޓުދޭނަން.

  7. އަޑުބަރޭ

    އަދި މަޑުން ތިބެ ބަލަ. ޖަނަވަރީ 15 ގެ ކުރިން މައުމޫނު ޕީޕީއެމްއާ ހަވާލުވާނެ، އަދި ޔާމީން، މުޢިއްޒު، ފަދަ 25 ބޭފުޅަކު ޕީޕީއެމް އިން ވަކުކުރައްވާނެ. އޭގެ ފަހުން އަމިއްލަ ބަންޖެއް ހައްދަވާ އޭތިކިޔަމުން މަޖިލިސްއަށް ނިކުންނަން ވިސްނާށެވެ،.

  8. ރާއްޖެ

    މިނިސްޓަ މުޢިއްޒަކީ މަޖިލިސް މެންބަރުކަމަށް
    ވަރަށް ގާބިލް ބޭފުޅެކެވެ އެމަނިކުފާނަކީ ތެދުވެރި
    ކަމާއި އަމާނާތްތެރި ކަމާއިއެކު ރައްޔިތުންނަށް
    ޚިދުމަތް ކުރައްންވީގޮތުގެ ނަމޫނާދައްކަވާފައިވާ
    ބޭފުޅެކެވެ އެމަނިކުފާނަށް ތާއީދުކުރަމެވެ

    • ފާތުން

      މުއިޒް އަންހެނުންގެ އާއިލާއަށް ޕްލެޓް ލިބިވައިވާ އަދަދު އެކަނި ބަލާލުމުން

  9. އަފީ

    މުއިޒު އަކީ ގާބިލް ބޭފުޅެއް ކުރިއަށް ދިއުމަށް ގޮވާލަން!

  10. އަންތަރީސް

    ވަރަށްގާބިލު އެކުވެރި ބޭފުޅެއް ޔަގީން ހޮވޭނެ އިންޝާﷲ.

  11. ޙަސަން

    ފްލެޓް ވަގު ގެނަމުގައި ނުކުމެފިނަމަ ބައެއް މީހުންނަށް ބަލައިގަނެވިދާނެ. ނަމަ ނަމަ ފްލެޓް ބައްޕަ ނަމުގައި ނުނުކުންނާތިި. އެންމެ ރަނގަޅީ ފެލެޓް މުލުވަގުގެ ނަމުގައި ނުކުތުން.
    ޝުކުރިއްޔާ

  12. ޢާސީ

    ކާމޯން ކީޕްއިޓް އަޕް

  13. މައިނު

    މަ ނުދޭނަން މީނަ އަކަށް

  14. އަލްޖިބްރާ

    ކަލޭ ކުރިމަތިލިއަސް ކަލޭ ހޮވާނެ މީހަކު ނެތް !

  15. އެދުރު

    އަހަރެން ވަރަށް ތާއީދު. ހުރިހާ މިނިސްޓަރުންވެސް މަޖުލިހަށް ނުކުތުމަކީ ދައުލަތް ހިންގަން ފައިދާހުރިކަމެ އަދި މަޖުލިސް ހަރުދަނާ ތަނަކަށްހެދިދާނެ.

  16. ދަަފަ

    ކޮބާތޯ ސިވިލްސާވިސްގެ ޕްލެޓްތައް؟؟؟؟؟؟ ލިޔުމެއްވެސް ނުލިބޭ

  17. ހަަސަނު

    އަޅުގަނޑު މުއިއްޒު އަށް ވަރަށް ތާއިދުކުރަން އެހެން ނަމަވެސް އަޅުގަނޑުގެ އެއްވެސް މީހަކު ފުޅެޓު ޅިބޭނެކަމަށް އިއުޅާންކުރި ޅިޝްޓުގެތެރެއިން ( 1 ވަނަޅިޝްޓުގައި ނުހިމެނެއި ވަރަށް ދެރަވި މީހުން ޅިއުން ހިފާއިގެންދާތަން ފެނުމުން އަދު މާދެރަވި މިއާއިޅާ މާޅޭގައި ދިރިއުޅޭތަން ( 30 އަހަރު ވެއްޖް ސަޅާމް

  18. ދޮންބަފާ

    މުއިއްޒުއަށް ރައްޔިތުން މުހާތަބު ކުރަންވީކީ "ފްލެޓް ބައްޕަ"ގެ ނަމުގައެއް ނޫން ކަމުގައި އަޅުގަނޑު ދަންނަވަމެވެ. ސަބަބަކީ އެމަނިކުފާނު ކޮށްދެއްވި ހިދުމަތުގެ ސަބަބުންނެވެ. ފުލެޓްތައްވެސް ވަރަށް އިންސާފުވެރި. ދެފުށެއް ނޫން އިގޭތޯ ހަތަރުފުށް ފެންނަ އެއްވެސް ރައްޔިތަކު އެއްވެސް ރައްޔިތަކުގެ ހައްގަށް ނާރާ އެނިންމާލީ ނުހަނު ވިސްނުންތޫނު ކަމާއި އެކުގައެވެ. ވީމާއަޅުގަނޑު އެމަނިކުފާނުގެ ނަޒާހަތްތެރިކަމަށް އަރުވާ ސަރަފަކީ "ފުލެޓް ދޮންބަފާ"

  19. ތުލުސްދޫ ދާއިރާ

    ޢަހަރެންގެ ވޯޓް މުއީޒަކަން ނުދޭނަން.ވަރަންސަލާމް