މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް، ވިސްނައިދޭންޖެހޭ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް، އެމީހުނަށް ވިސްނައިދެވޭތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ" ކަމަށެވެ.
"ހިތަށް އެރި އެއްޗެއް އިސްލާމް ދީނަށް ގޮވާފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ތިބެގެން ނުވާނެ! މިއީ އިސްލާމީ ޤައުމެއް!" ޝައިޚް ޢަލީ ޒައިދުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ޝައިޚް ޢަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ، މުރުތައްދު ވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ނިންމާފައިވާ، މިދިޔަ އަހަރުގެ މާޗް މަހު ރަސޫލެއް ކަމަށް ދައުވާކޮށް، އަދި އޭގެ ފަހުން އިސްލާމްދީނާއި ޚިލާފު އެތައް ވާހަކައެއް މީސް މީޑިއާގައި ދައްކާފައިވާ ޖޭއެސްސީގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ މިއަދު ހެނދުނު ރާއްޖެ އައިސްފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އަދި މިހާތަނަށް ވެލެޒިނީ ހައްޔަރު ކޮށްފައެއް ނުވެއެވެ.
"އިސްލާމްދީނުގެ އުޞޫލުތަކާއި ޚިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުޞޫލުތަކުން ވަނީ ކަނޑައަޅާ ދީފައެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.
ވެލެޒިނީ މިއަދު ރާއްޖެ އައިސްފައި ވާއިރު އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ފުލުހުން ވަނީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އިއުލާން ކޮށްފައެވެ.
ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ.
މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް، ވިސްނައިދޭންޖެހޭ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވުމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފައިވަނީ ޝެއިޚު ޒައިދުއަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނަމުންދަނީ ހައްޔަރު ކުރުމުގެ ކުރިން ވެލެޒިނީ އަކީ ބުއްދި ސަލާމަތުން ހުރި މީހެއްތޯ ބަލަންޖެހޭ ކަމަށާއި، ބުއްދި ސަލާމަތުން ނެތް މީހަކާ ދިމާއަށް ޝެއިޚް މިފަދަ ވާހަކައެއް ދެއްކިގެން ނުވާނެ ކަމަށެވެ.
ޝައިހު ތިބުނި އެއްޗައް އެންމެ ފުރަތަމަ ހައްޔަރު ކުރަންޖެހޭނީ އަންނި. ޢޭގެ ފަހުގަ ވެލިޒިނީ
ވެލުޒިނޭ ވެސްތަ؟ ކަލޭ ފަކީރު ދޯ؟
އޭއި އޭއި ޝެއިޙު ހައްގު ބަސް ބުނުން ހުއްޓާލާ، އެހެން ނޫނީ ޖަލު ގޮޅިން ޖާގަ ޔަގީން ވާނެ. މީ ޑިމޮކްރަސީ ގައުމެއް. މިގައުމުގަ ތިޔަ ހުރިހާ ކަމަކަށް ފުރުސަތު ދޭން ޖެހޭނެ. އެހެން ނޫނީ މޯދީ މިގައުމުގެ ދުވަސް ދުއްވާލާނެ. މިހާރު މިގައުމުގަ ހިނގާނީ މޯދީގެ ބާރު. ދެންވާގޮތެއް ބަލަން ތިބޭ.
ބޮޑު މުރުތައްދު ގުންޑާ ޔާމީނު ވެސް ހައްޔަރުކުރަންޖެހޭ