ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ފުލުހުން ރޭ އަނެއްކާވެސް ސުވާލު ކޮށްފިއެވެ.

މިއީ ދެދުވަސް ތެރޭގައި ފުލުހުން ރައީސް މައުމޫނާއި ސުވާލު ކުރި ހަތަރު ވަނަ ފަހަރެވެ.

ރައީސް މައުމޫންގެ ޤާނޫނީ ވަކީލް މުހައްމަދު ފައިސަލް ވަނީ ރައީސް މައުމޫނާއި ފުލުހުން ސުވާލު ކުރިކަން ކަށަވަރު ކޮށްދެއްވާފައެވެ. ފައިސަލް ވިދާޅުވީ ރޭ ފުލުހުން ސުވާލު ކުރުމުން ވެސް ރައީސް މައުމޫން ވަނީ އެމަނިކުފާނު ކުރިން ވެސް އަމަލު ކުރެއްވި ގޮތައް ޤާނޫނާއި ޚިލާފު ތަޙްޤީޤަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު ރައީސް މައުމޫނާއި ފުލުހުން ފުރަތަމަ ފަހަރަށް ސުވާލު ކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެދުވަހު ވެސް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރެއްވުމަށް ފަހު ފުލުހުންނަށް އެއްބާރުލުން ދެއްވަން ދެކޮޅު ހައްދަވާފައެވެ.

ރައީސް މައުމޫންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ކަމަށާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިން ކަމަށާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބެ

    މީ ހަމަ ދުއްޕާން ބޮޑު މީހެކީއޭ!! ބަޣާވާތްކުރަން ރާވާފަ ފައިސާވެސް ޚަރަދުކުރަންޖެހޭނީ ގަޓް ހުރެގެން!! ސުވާލުކުރީމާ ޖަވާބެއްދޭކަށް ނުކެރޭ!!

  2. ރަމްޒީނާ

    ޤަރުނުގެ ފިރުޢަވްނު!

  3. މާސްޓަރ

    ގާނޫނޭ ކިޔައިގެން ވާހަކަ ދައްކާމީހުން. ކުއްވެރި ނުވިޔަސް ތަހްގީގަކަށް އެއްބާރުލުން ދިނުން ރާއްޖޭގެ ގާނޫނުތައް މަޖްބޫރު ކުރޭ. ބޮޑުކެކުރިއަށް މިކަން އިސްތިސްނާ ވާ ކަމަށް ހީވިޔަސް.

  4. ޔާމިނު

    ގާނޫނީ ގޮތުން ސަރުކާރު ވައްޓާ ލެވޭގޮތް ފުލުހުން ދަސްކޮއްބަލަ އެގޮތަކީ މަޖިލިސް މެދުވެރިކޮއް ސަރުޖާރު ޖަވާބުދާރީ ކުރުވަމުން ގޮސްވައްޓާލުން

  5. ސަމީ

    ފިނޑި މައުމޫނު

  6. ޒާ

    މި ގައުމަށް ޖެހިފައިވާ މުސީބާތެއް.