ދީނަށް ފުރައްސާރަ ކޮށްފައި ސިކުނޑީގެ އުނިކަން ހުންނަ ކަމަށްބުނެ ދައްކާ އުޒުރު ބަލައި ނުގަނެވޭ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ، މުރުތައްދު ވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ނިންމާފައިވާ، މިދިޔަ އަހަރުގެ މާޗް މަހު ރަސޫލެއް ކަމަށް ދައުވާކޮށް، އަދި އޭގެ ފަހުން އިސްލާމްދީނާއި ޚިލާފު އެތައް ވާހަކައެއް މީސް މީޑިއާގައި ދައްކާފައިވާ ޖޭއެސްސީގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ މިއަދު ހެނދުނު ރާއްޖެ އައުމާ ގުޅިގެން މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް ނަސޭހަތް ދޭންޖެހޭ ކަމަށް ވިދާޅުވުމުން އެކަމަށް ގިނަ ބަޔަކު ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސިކުންޑީގެ އުނިކަން ހުންނަ މީހުން ތިބެންވާނީ އެކަމަށް ޚާއްޞަ ހޮސްޕިޓަލްތަކުގައި އެކަމުގެ ފަރުވާ ދޭން ކަމަށާއި، އުޅޭނެހާ ގޮތަށް އުޅެ، ކިޔާނެހާ އެއްޗެއް ކިޔަން ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ.

"މެންޓަލް މީހުން ތިބެންވާނީ މެންޓަލް ކެއަރ ހޮސްޕިޓަލްތަކުގައި، ތެރަޕީ ދީދީ. މަގުމައްޗަށް ދޫކޮށްލާފަ، އުޅޭނެހާ ގޮތަކަށް އުޅެން، ކިޔާނެހާ އެއްޗެއް ކިޔާކަށް ނޫން!!" ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

އިތުރަށް ޝާއިޚް ޒައިދު ވިދާޅުވީ، އެހެން ކަންކަމުގައި ބަރާބަރު ވެފައި، ދީނަށް ފުރައްސާރަ ކުރާއިރަށް "މެންޓަލް މެންޓަލް" ކިޔާ އުޒުރު ދެއްކުން ބަލައި ނުގަނެވޭނެ ކަމަށެވެ.

"ދީނަށް ފުރައްސާރަ ކުރާއިރަށް މެންޓަލް މެންޓަލް ކިޔާ އެކްސްކިއުޒް ދެއްކުން ބަލައެއް ނުގަނެވޭ! އެހެން ކަންކަމުގައި ބަރާބަރަށް ހަމަ. ސޯ؟" ޝައިޚް ޢަލީ ޒައިދު ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޝައިޚް ޒައިދު މިއަދު ހެނދުނު ވިދާޅުވެފައިވަނީ، މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް، ވިސްނައިދޭންޖެހޭ ކަމަށެވެ. ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް، އެމީހުނަށް ވިސްނައިދެވޭތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ" ކަމަށެވެ. އަދި "ހިތަށް އެރި އެއްޗެއް އިސްލާމް ދީނަށް ގޮވާފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ތިބެގެން ނުވާނެ" ކަމަށްވެސް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ވެލެޒިނީ މިއަދު ރާއްޖެ އައިސްފައި ވާއިރު އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ފުލުހުން ވަނީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އިއުލާން ކޮށްފައެވެ. ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ.

ދީނަށް ފުރައްސާރަ ކޮށްފަ ސިކުނޑީގެ އުނިކަން ހުންނަ ކަމަށްބުނެ ދައްކާ އުޒުރު ބަލައި ނުގަނެވޭ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވުމުންވެސް ޝައިޚްއަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކުމާރު

    ދީނައް ފުރައްސާރަ ކުރަނީ ސިކުނޑި ހަމަނުޖެހޭ މީހުންނެއްނޫން. މިދުނިޔޭގަ ހުރި އެންމެ ސިނކުޑި ގައްޑާކަމައް އުޅޭ ކެނެރީ ބުއްޅަބޭވެސް އެއީ ާދީނަށާ ރަސޫލާއައް ފުރައްސާރަކުރި މީހެއްް.

  2. Anonymous

    ދުއްވާލަން ޖެހޭނީ...

  3. ކުކުޅު

    ބޯ ކަނޑަން ޖެހޭނީ އެންމެންނައް ވެންނަހެން.

  4. ހުސޭނުބޭ

    ކުމާރުގެ ބަހަށް ތާޢީދު! ސިކުނޑި ހަމަނުޖެހޭ ކިތަންމެ މީހަކު އހަތެމެން ދެކެމު! ދުވަހަކުވެސް ނުދެކެން އެއިން މީހަކު ދީނަށް ފުރައްސާރަކުރާތަނެއް!

  5. އަންތަރީސް

    ވެލާޒިނޭ ހައްޔަރުކުރޭ އެހެންނޫނީ އަހަރުމެން މި ދައިތަ އޮއްގަލުގެ ތޫފާނުގެ ތެރެއަށް ވައްޓާލާނަން މިއީ ދައްޖާލުގެ ސިފައިގަ ހުރި އިސްލާމްދީނުގެ އަދުއްވެއް.

  6. ޙަސަން

    ކެނެރީގޭ އަންނިއަކީވެސް އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ މީހެއް. އެކަމަކު ތިޔަ ޢަލީ ޒައިދު ތިޔަ އުޅެނީ އޭނާއަށް ތަބާވެގެން އޭނާއާއެކު އުޅޭ މީހުންނާއެކު. ވާހަކަދައްކާއިރު ލަދުކޮބާ؟

  7. އިސްލާމް

    ވެލިޒިނޭއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ވެއްޖެއްޔާ މައިބަދަ ބިނދިގެން ބޭރަށް ގޮސް ގޮނޑި ދުއްވަން އުޅުނު ދައްޖާލަކީވެސް އެފަދަ މީހެއް.

  8. މުހައްމަދު

    ކަން އޮތީ ތިޔަގޮތަށް ނަމަވެސް ކިތަންމީހުންތޯ އެތިބީ ކުށުން ބަރީއަވެގެން ސާފްތޯހިރު ބޯޑް ގަނެފަ ނުވިތާކަށް އެމީހުންގެފަހަތުން އުފަލުން ދުވެނަގަނީ މީމިއަދު އަހަރެމެންގެ ހާލަތު ހުރިގޮތަކީ ދޮގާމަކަރާ ހީލަތާ ސިހުރުވެރިން އެތިބެނީ އެންމެ މާތްމީހުންނަށްވެފަ ހުރި ހިތާމައެއްގެ ބޮޑުކަމާ

  9. ކިންގފިޝަރ

    ދީނަށް ފުރައްސާރަކޮށް ނަޝީދު ދެއްކިވާހަކައިގެ މައްސަލަވެސް ބަލަންޖެހޭނެ.

  10. ޢަބްދުﷲ

    ޖައުފަރު އަޅެ ނިކަން ސާފުކޮށް ބުނެދީބަލަ . ނަޝީދު ކުއްތާ އަަކަށް ވީގޮތެއް.

  11. ޢަބްދުﷲ

    މެންޓަލް މީހުންނަކަށް ނޭންގޭނެ އެބީދައިން ދީނަށް ފުރައްސާރަކުރާކަށް، މެންޓަލް މީހުން ހުރިހާ ކަމެއްގައި ވެސް މެންޓަލް ވާނެ. ވެލްޒީނީ ދިފާޢުކުރަނީ މިޤައުމުގެ ލާދީނީ ފިކުރުގެ މީހުން.

  12. ާަަަަަެެެޮޮިުއަފީ

    އެއީމޮޔައެއްނޫރާއްޖޭންބޭރުގަހުރެއެހުރިހާވާހަކައެއްދައްކާފަރާއްޖެއާދެވުނީމާބޮނޑުމޮޔައަކައްވީމަތިކަމެއްބަލައެއްނުގަނެވޭނެ ވެލެޒިނީއަކީމޮޔައެއްނޫއޭނާ

    އަކީޖާހިލުންގެތެރޭހިމެނޭޖާހިލެއް އިސްލާންދީނުގަ

    ދޭންޖެހޭއެއްމެހަރުކަށިއަދަބުދިނުމައްގޮވާލަން