ޖުމްހޫރީ ޕާޓިއަށް ސޮއިކުރެއްވީ ކޯލިޝަންގައި ތިބި އެމްޑީޕީ ފަދަ އެހެން ޕާޓީތަކުން ޖާގަ ނުލިބިގެން ނޫން ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާ ގުޅުވަޑައިގަތުމަށްފަހު، ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ، އޭނާ ޖޭޕީއާއި ގުޅުނީ އެމްޑީޕީއާއި ގުޅޭނެ ފުރުސަތެއް ނެތިގެން ނޫން ކަމަށެވެ.

"އަޅުގަނޑު މި ޕާޓީއަށް އައީ، އަޅުގަނޑަށް އިނގޭ މި ޕާޓީގެ ލީޑަރަކީ އެއް މިސްރާބަކަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން. އަޅުގަނޑަށް އެނގުނީ އެމަނިކުފާނަކީ އެމަނިކުފާނާއެކުގައި މަސައްކަތް ކުރައްވާ ސިޔާސީ އެހެން ބޭފުޅުންނަށްވެސް ވަރަށް އޯގާތެރި ބޭފުޅެއްކަން. އެބޭފުޅުންނަށް ދެރަގޮތްތައްވުމުން އެހެން ސިޔާސީ ބޭފުޅުން ނުކުރައްވާ ވަރަށް ގިނަ ކަންތައްތައް ގާސިމް ކުރެއްވި". އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން ގާސިމް އިބްރާހިމްއާއެެކު މަސައްކަތް ކުރެވޭނެކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި މިފަަދަ ސިޔާސީ ގޮތުން ތަފާތު ދަނޑިވަޅެއްގައި ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގެ ރައްޔިތުން އޮތީ ގިނަ ސިޔާސީ ޕާޓީތައް އެކުލަވާލެވޭ ކޯލިޝަންއަކަށް ވޯޓުދީ އެ ކޯލިޝަން އިން ނެރުނު ކެންޑޭޓް އިންތިހާބުކޮށްފައި ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، ނިމިދިޔަ އިންތިހާބުގައި ޕީޕީއެމްއާ ގުޅިގެން އޭނާ މަސައްކަތް ކުރެއްވި މަންޒަރު ފެންނާނެ ކަމަށާއި، ސިޔާސީ ކަންތައްތަކަކީ ރާވައިގެން ނޫން ގޮތަކަށް ކަންކަން ހާސިލް ނުކުރެވޭނެކަމަށެެވެ. އަދި އެނބުރި އައީ ހާސިލް ކުރަން ބޭނުންވާ ކަންތައް ހާސިލްކޮށްގެންކަމަށް އަލްހާން ވިދާޅުވިއެވެ.

"އަޅުގަނޑު މަސައްކަތް ކުރަމުންގެންދިޔައީ ރައްޔިތުންނަށް މަސްލަހަތު ހޯދައިދޭން. އަޅުގަނޑު މަސައްކަތް ކުރަމުންދިޔައީ ސިޔާސީ ކަންކަމުގައި ގެއްލެމުންދިޔަ އަދާލަތާއި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ ކިލަނބުވަމުންދިޔައިރު، އަޅުގަނޑު ފަރުދީ ހައިސިއްޔަތުން އަޅުގަނޑު ކުރި ހިޔާލުތައް ކޮންމެވެސް މިންވަރަކަށް ފެންނަން ހުންނާނެ". އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން އެއްތަނުން އަނެއްތަނަށް ބަދަލުވުމަކީ ބަލައިގަންނަން ދަތިތަކެއްކަން އިނގޭ ކަމަށެވެ.

އަދި ކުރިއަށް އިތް މަޖިލީސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށްވެސް މަޖިލީހުގެ ގޮޑިތަކެއް ހޮވައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޙައްވަ

    ކިޔާނެ އެއްޗެއް ނޭގިގެން ދޯ ތިއުޅެނީ. ޢމޑޕ ބަލައިނުގަތީ. ޢެނބުރޭ ވަހުތާނު.

  2. Anonymous

    "އަޅުގަނޑު މަސައްކަތް ކުރަމުންގެންދިޔައީ ރައްޔިތުންނަށް މަސްލަހަތު ހޯދައިދޭން.". އަލްހާން ވިދާޅުވިއެވެ.
    ކޮބައިތަ މީނާ ހޯދަިދިން މަސްލަހަތަކީ! ނޫނީ މީނަ މަސްލަހަތު މި ކިޔަނީ ގަހަކު އަޅާ އެއްޗަކަށްތަ؟

  3. ފަތޯ

    ގިނައިންދިނީ ގާސިމުވީމަދޯ

  4. Abdul Latheef

    އަލްޙާނުފަހުމީ ޕާޓީ އަކާ ގުޅިއްޖެނަމަ އެމްޑީޕީ ގެ ނަޝީދު ކޯލިޝަންގަ ހިމެނޭ އެކްޓިވިސްޓުން ހާދަ މޭ ކަރައޭދޯ؟ ނޫންނަމަ ކަލޭމެން އަޅާ ނުލާ ތިބެންވީނު. ދެން ފޯރި ގަދަވަމުންގޮސް އެންމެ ފަހުން އަލްޙާނުފަހުމީގެ މައިންބަފައިންނާ ދެންވެސް ތިބި ބަޔަކާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ހަދާނެ އެވެ. ކެނެރީގޭ ނަޝީދަކީ މިކަހަލަ ކަލްޓް މީހުންގޮވައިގެން އެކަކު އަނެކެއްގެ އަބުރު ކަތިލަން ނިކަން ވަރު ހުންނަ މީހެކެވެ. ކިތަންމެ ފޯރި އެރުވިޔަސް ބުނެލަން އޮތީ ކަލޭމެން ހިތުހުރި ގޮތެއް ހަދަން މިގައުމު ދޫކޮށެއް ނުލެވޭނެ. ހަމަ ތިބެން ޖެހޭނީ. ދޮންކެޔޮވަކެއް ކިރުތައްޓާ އެކު ކާލައިގެން ހިތް ހަމަ ޖައްސާލައިގެން. އެއީ ކަލޭމެންނަށް ޙައްގު މިންވަރަކީ. ދެންލަލަލާ…………!!

  5. Miadhu

    ތިބުނީ އަލްހާނު ޕީޕީއެމްގައި ހުރީ ޖާސޫސު ކުރާށޭތަ އެހެންވިއްޔަ ދެންވެސް ކުރާނީ ހަމަ އެމަސައްކައް

  6. ދދދދދދ

    ކަލެއެކޭ މިއުޅޭ ބަހުލޫލެކޭ ތަފާތެއް ނެތެއްނު.

  7. ޕީސިކްސް

    ތިއީ ވަށާ އެބުރޭ ފުރޮޅެެއްތަ

  8. ސަޢީދު

    މި އަލްހާނުގެ ސަބަބުން ޖޭޕީ އާއި ގުޅެންބޭނުންވާ ބަޔަކު ޕާޓީއާއި ދުރަށް ދާނެ.. މިކަހަލަ ދެއުޅިއެއް ނުވާމީހުން ގޮވައިގެން ނޫޅުއްވަބަލަ.. ފާސިޤުން ދުވަހަކުވެސް ރަނގަޅެއް ނުވާނެ.. މުނާފިޤުންގެ ފަރާތުން މޮޅެއް ނުލިބޭނެ.. ޖޭޕީ މިއަދު ކުރިއަރަމުން ދާއިރު ބައެއް ތިކަހަލަ މީހުން ގާތް ނުކުރެއްވުން އެދެން.

  9. ފަލަކް

    މަޖިލީހުގެ ގޮޑިއަކަށް ވާދަކުރަންވެގެން ޖޭޕީގެ ޓިކެޓް ހޯދަންވެގެން ތިއުޅެނީ

  10. ލަކީ

    ޙެހެހެ އަލްހާން އިހަކަށްދުވަހު ޕީޕީއެމް އައްވެސް ސޮއިކުރި މިހާރު ހަމަ ސަރުކާރުގެ މަގާމެއް ހޯދަން ތި މަސއްކައް ކުރަނީ

  11. މަންގަލަ

    އަހަރެމެން މިތިބީބަލަން މާގިނަދުވަހެއްނުވެ ދުވެތަެްކާވާނެ ތީބުރުޕާޓީއެއްނޫން ހުވާކޮއްގެން މަސްދުވަސްވެއް ޖެއްޔާރަނގަޅު

    • ބްރޯ

      ބަލަން ހުރުން ނޫން ގޮތެއްނެތޭ ވަގުންނަށް!

  12. މާސޭ

    މާދަމާޢަދާލަތުޕާޓީއަނެއްދުވަސްއެމްޑީއޭ ސާބަހޭ. މަހުޖަނުންފަހަތުންދުވަވޭ

  13. ދޮށީކޮއި ޢަލީގެ މުޙައްމަދު

    ސާބަހޭ އަދި އިބުރާހިމް މުޙައްމަދު ސޯލިހުވެސް ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ވަރަށް އަވަހަށް 6 މަސްތެރޭގައި

  14. ޢާސީ

    ޢެއްކަލަ ސަލާންޖަހާ ސޮރުދޯ ރަނގަޅު ގާސިމަކީ ތިޔަކަހަލަ ސޮރުންނާއި އެހީވާ ބޭފުޅެއް..މީނައައް މީހުން ސިއާސީ މީހެކޭ ކިޔާތީވެ ގިނަ ބަޔަކު ހައރާންވެއވެ.

  15. ޑދދދދ

    ލާރިއެއް ލިބޭގޮތަކައް ތާ ބަލާންވާނީ ދޯ

  16. ގޮމަކަސްތޫރި

    ސިޔާސީ ގޮތުން އިއްދައިން ކެޑުނީމާ ދެން ލާހޫރޭނީ

  17. ގޮމަކަސްތޫރި

    ތީ ފައްކާ ބޯވައެއް

  18. ދުރުބަލާ

    ސިޔާސީ އޮއިވާލި.... ފެންނަ މޫސުމް ވީމާ އޮއިވާލި ލަކުޑި ކަޑުތެރޭ އެބުރޭނެ. އަލްހާނު ގެ ގޮތްބާވަތް ނުދަންނަ މީހަކު އެއްވެސް ސިޔާސީ ޕާޓީ އަކު ނޫޅޭނެ.

  19. ބޮޑޫމީހާ

    އަޗި. އެމްޑީޕީ ބޭނުމެއްނޫން ތިކަހަލަ ސިޔާސީ ހައްކާޅުންނެއް. ހުނ ރޯނު އެދުރު،

  20. ޖޮއްބެ

    ކަލެއާ ކަރާބޮޑޭއާ ދެމީހުންނަކީ އެންމެ ފުރަތަމަ ޕީޕީއެމް ގައި ތިބެފައި އެމްޑީޕީ އަށް ގޮނޑި ވިއްކާލި ދެމީހުންނެވެ.