އަބްދުﷲ ރިޔާޒް
އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ފުރަތަމަ ފަހަރަށް އޭނާ އާއި ސުވާލުކޮށްފިއެވެ.

މިމަހުގެ ދެވަނަ ދުވަހު މާލެ ތެރޭގައި ހަމަނުޖެހުން ހިންގާ މަގުތަކަށް މީހުން އެއްކޮށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވެ ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަގައި ހައްޔަރުކޮށްފައިވާ ރިޔާޒުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ފުރަތަމަ ފަހަރަށް ރިޔާޒަށް ކުރާ ތުހުމަތު ހާމަކޮށް ސުވާލު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އަދި ރިޔާޒު އެ ތުހުމަތުތަކަށް އިންކާރު ކުރެއްވިއިރު އެ ދުވަހު ބައިވެރިވީ ސުލްހަވެރި އެއްވުމެއްގައި ކަމަށާއި އެއީ ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގެއް ކަމަށް ރިޔާޒު ދަންނަވާފައިވާ ކަމަށް ރިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ރިޔާޒު ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މިމަހުގެ ދެވަނަ ދުވަހު މަޖީދީމަގުގެ އެކި ހިސާބުތަކަށް އެއްވެ ކުރި މުޒާހަރާގެ ތެރެއިން ކަމަށްވާއިރު މީގެ ކުރިން ވެސް ރިޔާޒަށް އެކި އެކި ތުހުމަތުކޮށް، ބައެއް މައްސަލަތަކުގައި ރިޔާޒުގެ މައްޗަށް ދަނީ ދައުވާ ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައްކާ ފެންވަރުގެ ޤައްދާރެއް އަޅެފަހެ މިރާއްޖޭގެ މަގުތަކުގައި މިމީސްމީހުނަށް އުޅެވެކަން ދޯ ؟

  2. 13 އަހަރު ވަރައް ސަޅިވާނެ