ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ ބުރަކަށްޓަށް ވަޅިން ހަމަލާދީ 2014 ވަނަ އަހަރު އޭނާ ޒަހަމް ކޮށްލުމުގެ ފަހަތުގައި ހުރީ އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަދި ފަހުން ނައިބު ރައީސް ކަން ކުރެއްވި އަހްމަދު އަދީބު ކަމަށް އަލްހާން ތުހުމަތުކޮށްފިއެވެ.

އަލްހާނަށް ހަމަލާ ދިންތާ ހަތަރު އަހަރު ފަހުން އިއްޔެ އަލްހާން ވިދާޅުވީ އޭނާ އަށް ހަމަލާ ދިނީ އަދީބު ބަޔަކަށް ފައިސާ ދީގެންކަން އޭނާ އަމިއްލަ އަށް ކުރި ތަޙްޤީޤުން ސާބިތުވާ ކަމަށެވެ.

އަލްހާނަށް ހަމަލާ ދިނުމުގެ ފަހަތުގައި ކުރީ އޭރު ފަނޑިޔާރަކަށް ހުންނެވި ބޭފުޅަކު ކަމަށް މީހުންގެ ތެރޭގައި ވާހަކަ ދެކެވެއެވެ. އެފަނޑިޔާރު އަޑީގައި ހުރެ އަލްހާނަށް ހަމަލާ ދިނީ ފަނޑިޔާރު ބްލެކްމެއިލް ކުރުމުގައި އަލްހާން ބައިވެރިވެފައި ވާތީ ކަމަށް ވެސް ވާހަކަ ދެކެވެއެވެ. ނަމަވެސް އިއްޔެ އަލްހާން ވިދާޅުވީ އޭނާ އަށް ހަމަލާ ދިނުމުގެ ފަހަތުގައި ހުރީ އަދީބު ކަަމަށެވެ.

އަޅުގަނޑު އަމިއްލަ އަށް ޕާސަނަލީ ކުރި ތަހުގީގުން އަޅުގަނޑަށް ސާބިތުކަމާ އެކު އެނގޭ، އެކަން ކުރުވި ބަޔަކު ލައްވާ އެކަން ކުރުވީ ކުރީގެ ނައިބު ރައީސް ކަން ކުރެއްވި އަހްމަދު އަދީބު ފައިސާ ދީގެން، އޭނަގެ ބަޔަކު ކަން އެކަން ކުރީ"

އަލްހާން ވިދާޅުވީ ހެކި ގެއްލިދާނެ ތީ ނުރަސްމީ ގޮތެއްގައި އެ މައްސަލައިގެ މައުލޫމަތުތަށް ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދަށް ދަންނަވާފައިވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް (އިބޫ) ހުވާ ކުރެއްވުމަށް ފަހު ރަސްމީކޮށް އެ މައްސަލަ ތަހުގީގު ކުރެއްވުމަށް ފުލުހުންގެ އިދާރާއަށް ހުށައަޅުއްވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ އޭނާ އަށް ހަމަލާ ދިނުމުގެ ފަހަތުގައި އަދީބު ހުރި މައްސަލަ ތަޙްޤީޤު ކުރަން ފުލުހުންނަށް ހުށަނޭޅީ ސަރުކާރަށް އިތުބާރު ނެތުމުން ކަމަށެވެ.

"އެއީ ރައީސް ޔާމިންގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ކޮށްފައި އޮތް ޖަރީމާއެއް. (ތަހުގީގުކޮށް) ނިމޭއިރު ރައީސް ޔާމިންއާ ވެސް ސުވާލު ކުރަން ޖެހިދާނެ ފަދަ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި އެ ސަރުކާރާއި އެ މާހައުލު އެފަދަ ތަހުގީގަކަށް ޖާގަ ނުދޭތީ އަޅުގަނޑު މަޑުކޮށްލީ،" އަލްހާން ވިދާޅުވިއެވެ.

އަލްހާންގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދިނުމުން އޭނާގެ މައިކަށްޓަށް ގެއްލުން ލިބި ހިނގައިބިނގައިވެ އުޅުމަށް އަދިވެސް ވަނީ ދަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޞަދީޤު

    ހިހޫތަނުން ކާން ، ހަމަ އަލްޙާނުވަރެއް ނެތް!

  2. ކަލްހާނު

    މިފަދަމީހުންގެ ވާހަކަތަ މުޖުތައުދޫކުރަން ހެޔޮނުވާނެ ކުށެނެތްމީހަކުގެ ބޮލުގަވެސް ކޮއްމެފަދަ އިލްޒާމެވެސް އަޅުވަފާނެ އެވަރަށް ދޮގުހަދާ ވެލިޒިނީއާ މީނައާ މީ ނަފްސާނީ ބަލިމީހުން. އަދީބު ކުރާކޮއްމެކަމެ ރޔާމީނާ ނުގުޅުވާ އެކަކަށްވެސް ނުނިންމޭ އަދި އަމުދުން ކޯލިޝަނާ ގުޅެންވެއްޖެއްޔާ ރޔާމީނަށް ތުހުމަތެ ކުރުން ވާޖިބުވެއްޖެ. އެހެންނޫނީ ބަލައެނުގަނޭ އަލްހާނުގަޔަށް ވަޅިޖަހަން ރޔާމީން އުޅެންޖެހޭ ސަބަބެބުނިނަމަ ހުދު ޖަންގިޔާލީ ރޔާމީންތަ. އޭނަގެ ޖަންގިޔަލުގެ ދިފާއުގަ ރޔާމީން ގުރުބާންވާންވީ. ކައިރީގަ ތިއިނީ ޖަންގިޔާ ހިމާޔަތްކުރިމީހާ.

  3. Abdul Latheef

    ޔާމީން ގެ ވާހަކައެއް އަލްޙާން ނުދައްކާ. ހޭބަލިވެގެން ރައީސް ޔާމީނޭ ކިޔާނެ ކަމެއްނެތް. އަދީބު އެކަން ކުރުވީ، އެންމެން މަރާފަ ވެރިކަމަށް އަރާ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން އަލީ ޙަމީދަށް ދޭން ހަމަޖައްސާފަ އޮތީމަ އަލީ ޙަމީދަށް ކޮށްދޭން އުޅުނު ޞަދަޤާތެއް އެއީ. އަލްޙާން ފަހުމީ މަރާލުމަކީ. ނަމަވެސް އެކަންތައް ކާމިޔާބު ނުވީ. އަދީބު ގެ ސަބަބުން މިކަހަލަ ކިތަންމެ ކަމެއް ރައީސް ޔާމީނު ގެ އިސްތަށިފުޅުގައި އެޅިފައި ވާ ކަމީ ހިތާމަ ހުރިކަމެއް. އަދީބު ކުރިހާ ވަށްކަންތައްވެސް. އަލްޙާނު ނޫޅޭ ކޮންމެހެން ރައީސް ޔާމީން ޖަލަށް ނުލެވިގެން. ވާނުވާ އެނގިގެން ކޮމެންޓް ކޮށްބަލަ.

  4. ހުސޭނުބޭ

    އަޅުގަނޑު އަމިއްލައަށް ޕާސަނަލީ ކުރި ތަޙްޤީޤުން ސާބިތުވީ އަލްހާނަކީ ތަނަކު ހުރި ބޯބުރާންޗެއްކަން!

  5. ދުވާފަރު ދަންޑަހެލު

    ހިހޫ ތަނުން ކާންވެގެން މީހުންގެ ޝައުވެރިކަން ހޯދަން ދައްކާ ހާ ވާހަކަ ތި ދައްކާ ވާހަކަ ޤަބޫލް ކުރާން ބަޔަކު މިޤައުމަކު ނޫލޭނެ

  6. ވަހިއްޓޭ

    އެހެންވެ ދޯ އެހައްދުވަހު މާފަންނު ސްޓޭޑިއަމްގަ ސްޓޭޖަށް އަރާ ތާމީނަށް ހެސްކިޔާފަ ސަނާ ކިޔަން ހުރީ.ތީ ކިތައް އަގައިން ވާހަކަ ދައްކާ މީހެއްކަން ހުދު ތިމާ އަށް ވެސް ނޭގެ

  7. ޢާސީ

    މީ ސިޔާސީ މީހެއްްނޫން މީ ސަލާންޖަހާ ސޮރެއް ބޯ ބުރާންޗެއް ..