ކަތަމަންޑޫ އަށް އިއްޔެ ވެއްޓުނު ބަންގްލަދޭޝްގެ ފްލައިޓުން ދަތުރުކުރި ދިވެހި ޑޮކްޓަރަށް ފަރުވާދެމުން ދަނީ އައިސީޔޫގައިކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ގާތް މީހަކު ބުނެފިއެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ މެޑިސިންގެ ދާއިރާ އިން އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވަމުން އަންނަ ޑރ.ރިޒާނާ އަބްދުﷲ 38 އެވެ.

ބައެއް މީޑިއާތަަކަށް މައުލޫމާތުދެމުން އޭނާގެ ގާތް މީހަކު ބުނިގޮތުގައި، ކަތަމަންޑޫގެ ނޯވިކް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ރިޒާނާގެ ސީޓީ ސްކޭން ހެދި އިރު، މައިބަދައިގައި ރެނދުލާފައި ވެއެވެ. ޑޮކްޓަރު ލަފާދެއްވާފައި ވަނި ރިޒާނާ ތިން މަސް ދުވަހު ބެޑްރެސްޓް ކުރުމަށެވެ.

ޑާކާއިން ފުރައިގެން ނޭޕާލަށްއަށް ދަތުރުކުރި މި ބޯޓު ވެއްޓުނީ އެއާޕޯޓުގައި ޖައްސަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު 49 އަށް އަރާފައިވާއިރު، 17 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޔޫއެސް-ބަންގްލާގެ މި ބޯޓު ވެއްޓުނުއިރު އޭގައި 67 ފަސެންޖަރުން ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަޠީފް

    ޑރ.ރިޒާނާ އަބްދުﷲ އަށް އަވަސް ޝިފާއަކަށް އެދެން. ޑރ ގެ ޙާލަތު ވީހާވެސް ބޮޑަށް އެނގެން ބޭނުން.

  2. ސަނދުވާ

    ޑޮކްޓަރ ރިޒާނާ ޢަބުދުﷲ އަށް އަވަސް ޝިފާދެއްވާ، ދުޅަހެޔޮ ޞިއްޙަތާއެކު ކިޔެވުން ފުރިހަމަ ކުރައްވައި، ޤައުމަށް ޚިދުމަތްކުރެއްވުމުގެ ހެޔޮނަޞީބު ދެއްވާށި. އާމީން

  3. މުއުމިން

    We belong to ALLAH and to Him we shall return.
    May ALLAH grant the dead ones jannat al firdaus.Allahumma Aameen