އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ނޫސްވެރިން ނުވައްދަން ނިންމައިފިއެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ. އެރަސްމިއްޔާތަށް ރިޕޯޓަރުންގެ އިތުރުން ފޮޓޯގްރާފަރުންނަށް ވެސް ނުވަދެވޭނެ ކަން މިހާރު ވަނީ މީޑިއާތަކަށް އަންގާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމާއި ހަވާލުވެ ވަޑައިގަންނަވާ ރަސްމިއްޔާތަކީ އެންމެ މުހިންމު އެއް ރަސްމިއްޔާތު ކަމަށް ވާއިރު ރަސްމިއްޔާތު ނޫސްވެރިންނަށް ބަންދު ކުރުމުން ބައެއް ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ނޫސްވެރިންނަށް ބަންދު ކުރިއިރު އެމްޑީޕީ އިން ވެރިކަމަށް އައިސްފައި ވަނީ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަންދީ، ނޫސްވެރިން ބޭނުންވާ ފުރުސަތުތައް ފަހިކޮށްދޭނެ ކަމުގެ ވައުދާއި އެކުގައެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ނޫސްވެރިންނަށް ބަންދު ކުރުމުން "ވަގުތު" އަށް މައުލޫމާތު ދިން ނޫސްވެރިޔަކު ނަން ނުޖަހާ ގޮތައް ބުނީ މިއީ "ބަހާއި އަމަލާ ދިމާނުވުމުގެ މިސާލެއް." ކަމަށެވެ.

"ކޮންމެ ފޮޓޯގްރާފަރަކީ ވެސް ތަފާތު މަންޒަރުތައް ނެގުމުގައި، ތަފާތު އުކުޅުތައް ގެންގުޅޭ ފޮޓޯގްރާފަރެއް. ރައީސް އޮފީހުން ނުވަތަ މަޖިލީހުގެ އިދާރާ އިން ފޮޓޯ މީޑިއާތަކަށް ދިނުމަކީ އިވެންޓްގެ މުހިންމު އެތައް މަންޒަރެއް ގެއްލިގެންދާނެ ކަމެއް." އޭނާ ބުންޏެވެ.

އިތުރު ނޫސްވެރިޔަކު ބުނީ އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ނޫސްވެރިންނަށް ބަންދު ކުރުމަކީ ކުރިއަށް އޮތީ ވެސް ނޫސްވެރިންނަށް އުނދަގޫ ދުވަސްތަކެއް ކަން ކަށަވަރު ކޮށްދޭ ހެއްކެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ނޫސްވެރިންނަށް ބަންދު ކުރުމުގެ އިތުރުން ރަސްމިއްޔާތަށް ދައުވަތު ދެއްވައިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ރަސްމިއްޔާތު އޮންނަ ސަރަހައްދަށް މޯބައިލް ފޯނު ވެއްދުން ވަނީ މަނާކޮށްފައެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޗައިނާގެ ޓްއަރިޒަމް މިނިސްޓަރާއި ބޭރުގެ ޑިޕްލޮމެޓުން ހިމެނޭ ގޮތައް އެގާރަ ހާހެއްހާ މީހުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސިނެކް

    ވަގުތަށް ހަޖަމެނުވާނެ މޯދީގެ ސެކިއުރިޓީ ނިއްމިގޮތް އެއީ

    • މޫދީ

      މޯދީތަ %58 ވޯޓްދިނީ

    • ޡުގާ

      އެހާ ބިރުގަންނަންޏާ އޭނަ ނައިމަ އެވީނު!!

    • ޒުލްފިގާރު.

      މޯދީ އާއި އިންޑިއާ ސަރުކާރާ ދެކޮޅައް އަދުއުފުލަން ނިކުނަން ޖެހޭނު. ކިހާ ބަލާ މުސީބާތެއް ..... މި ސުންޕާ މޯދީ އަށް ދައުވަތުދިނީ ޚިއްކުރަންތަ.. މިހާރު އިންޑިއާ ސަރުކާރަކީ އަވައްޓެރި ގައުމުތަކައް ޖެއްސުން ކުރުމާ ބިރު ދެއްކުމުގެ އަމަލު ހިންގަމުންދާ ބައެއް.

  2. ރާއްޖެ

    ދެން އަތް ޖަހާ...

  3. އަހަމްމަދުބޭ

    ހެހެ އަހަމްމަދުބޭ ކާރިޔަށް ނުލަފާ ހިންޏެއް މިއަންނަނީ. ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ތިލިބުނީ.

  4. ޗިއްލޫ

    ސެކިއުރިޓީ ގޮތުން އެޅިފިޔަވަޅަކަށްވާނީ ހެއްހެއް!

  5. ރާޅު ބޯއީ

    ނޫސްވެރިންނަށް ތިއޮތީ މިނިވަންކަން ދީފަ ދެން ތިބޭ އަނގަނަގައިގެން ހަދާނެ އެއްޗެއް ހަދާނީ. ކޮބާތަ އެއްކަލަ މިހާރު ނޫސް އަނގަ ބަންދުވެއްޖެ

  6. ދުރުމީ

    އިބޫއަށް ވޯޓު ދިން މީހުން ބާރަށް އަތްޖަހާ. ދެން ލަލަލާ. ޙޮއެ ހޮއޭ،......................

  7. ޅިޔަނު

    ނުވައްދާތި

  8. ދައްތި

    މިރަސްމިއްޔާތަށް ދައުވަތު ދިނީ ދަޢުލަތުގެ ކޮން އިދާރާތަކެއްގެ ކޮން ލެވެލް އެއްގެ ކޮން ބަޔަކަށްތަ؟ ތަނެއް ދޮރެއް ސާފެއްނުވޭ. މިހެން މިބުނީ ކުރިން ދަޢުވަތުލިބޭ ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ވެލެލްގެ މީހުންނަށް. ހާދަ ޓްރާންސްޕޭރަންޓެއް ނޫނޭ. ކޯލިޝަން ބަހާ އަމަލާ ދިމާނުވަނީތަ؟

  9. ޢަލީ

    ހާޑިމްހަމް ކަހަލަ މީހުން އަންނާތީ

  10. އައްޔުބެ

    ބޭނުންހާގޮތަކަށް މީޑިއާ އަކަށް ނުއުޅެވޭނެ.

  11. ނިހާސް

    ރާ ޓީވީވީން ހުރިހާކަމެއް ދައްކާނެ އެމީހުންނަށް ހުރިހާ ކަމެއް ހުއްދަ ދެންތިބޭ ހިތްތަކާ ބުރަކަށި ތަކުގެ ގުޅުމުންގުޅިގެންނޭ ކިޔާފަ ހުދުމުހުތާރުކަން ފުރަތަމަވެސް

  12. ޢަސްތާ

    ތީ އިންޑިޔާގެ ކަސައުޓީ އަންގަިގެން ކުރާ ކަމެއް

  13. Anonymous

    ފުރަތަމަވެސް ހުދުމުހުތާރުކަން

  14. ނޫން

    ތިޔޮ ދެވުނީ ޖަޒީރާ ރާއްޖެއަށް....

  15. Anonymous

    ހުދު މުހުތާރު ވެރިކަން ފެށެން 2 ދުވަސް

  16. ހާލާ

    މިހާ ވަރަށް ދެން ނޫސްވެރިން ނަށް މިނިވަންކަން ދޭނީ. ދެން ކީކޭތަ މިވެރިން މިކިޔަނީ ތިބެގެން. ހަމަ ހިނި އަންނަނީ. އަހަރެން ބޭނުމެހްނޫން ިބުރާހިމް ވަގުހުވާ ކުރާތަން ބަލާކަށް.

  17. Anonymous

    "ބަހާއި އަމަލާ ދިމާނުވުމުގެ މިސާލެއް."

  18. ހުސެން

    ދެން އިންޑިޔާގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަންވީނު.މިއީ އިންޑިޔަން ރިޕަބްލިޮކް އޮފް މޯލްޑިވްސް ވިއްޔާ، ކިހާދެރަކަމެއް މީ ދެން

  19. ހައްގު ބަސް

    ހަޖަމް ނުވަނީ ވަގުތު ނޫހަކަށް ނޫން. ލާދީނީ ޕަންޑިތުން ބާއްވާ ހަފްލާއަކަށް ނޫސްވެރިން ވެއްދީމަ ވާނެ ގޮތަކީ ބޮއެގެން މަސްތުވެފައި ތިބޭ މަންޒަރު ފޮޓޯ ގްރާފަރުންގެ ލެންސްތަކަށް އަރާނެތީ ނޫސްވެރިން އެ ވާހަކަތައް ލިޔާނެތީ އެތަނަށް ވައްދަން ބިރުން އެ އުޅެނީ. އެކަހަލަ ކޮންމެ ތަނަކަށް އެމްޑީޕީ ޖާހިލުންދަނީ ބޮއެގެން

  20. އަންތަރީސް

    ބަންދު ބޯޑު އަޅުވައިގެން އިބޫ ހުވާކުރާ ދުވަހަށް ދުނިޔޭގައިތިބި ހުރިހާ ކާފަރު ޖިންނިތަށް މާލެ އަންނަން ފަށައިފި އެންމެފުރަތަމަ ވެލަޒިނީ.........ދެން މޯދީ .......ދެންކާކުަ؟؟؟؟؟

  21. އައްޔު

    ކާފަރުން މަރަށް ވަރަށް ބިރުގަންނާނެ ކުރީގެ ރައީސް ނަޝީދު ބޭރުގެ މީޑިއާތަކަށް ރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަށް ހަރަކާތްތެރިވާކަމަށް ބުނިކަން ދިވެހިން ހަދާންނެތުނީތޯ؟؟ ކިހިނެއް މޯދީއަށް ވަކިކެރޭނީ މިގައުމުގެ ވެރިޔަކު އެހެން ބުނެފައިއޮތްވާ ފޯނާއި އެއްޗެހި ވައްދާކަށް ހަމަ ރަނގަޅަށް ތިވީ ކީއްކުރަން ޓީވީ

  22. މޯދީ

    މަ ބޭނުން އެއްޗެއް ހަދާނީ މި ސަރުކާރުގަ ކުޅި ދައްކާލާނަން.

  23. ޑިރަސާވެރިޔާ

    އެހެން ވެއްޖެޔާ އިބޫ އެއް ނޫން ހުވާކުރަނީ. ކޮންމެވެސް ކަމެއް ވެއްޖެ. ކޯލިޝަން ފަނިވީ ތޯއްޗެ.. ސިއްރު އެބަ ކުރޭ ކަމެއް. ނޫސްވެރިން އަޅުމެންނާއި ހަމަޔަށް މަންޒަރު ގެނެސްދޭތި. ބޭނުން ވަނީ އިބޫތީ ހުވާކުރަނީ ބަލަން. އަންނި އެހުރީ އޭނާ ހުވާކުރާގޮތަށް ،

  24. މުހައްމަދު

    ކޮބާހީވޭ ކަމެހެން އަހަރެމެން ކިޔަމުންތަ މޑޕއަކީ ރައްޔަތުންނަ ހެޔޮއެދޭބައެނުންކަން ކޮބާތޯމޑޕ އެބުނާނޫސްވެރިންގެ މިނިވަންކަމަކީ މިހާރު އިބޫ ހުވާކުރާރަސްމީޔާތަ ނޫސްވެރިން ނުވެއްދުމަކީ ނޫސްވެރިންނަ އެޅޭބޮޑުހިޔައްޏެކަމަށްދެކެން ކޮބާތޯ އިބޫސޯލިހުދެއްކެވިވާހަކަކޮންތާކަށްތޯ ދިޔައީ

  25. ޢަބްދުﷲ

    ސަލާމަތީ ސަބަބުތަކަށްޓަކައި މުޅިން މަނާކުރެވޭ ކަންތައްތައް ހުންނާނެއެވެ. އަވަށްޓެރި އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު މޯދީއަށްވެސް މިރާއްޖެ މަރްޙަބާ ކިޔާނެއެވެ. 88 ނޮވެމްބަރު 3 ގައި މިރާއްޖޭއަށް އިންޑިޔާގެ ފުރިހަމަ އަސްކަރީ އެހީ އެހާއަވަހަށް ލިބިފައިވަނީ، އިންޑިޔާގައި އޭރު ހުންނެވި ބޮޑުވަޒީރުގެ ވަރަށްބުރަ މަސައްކަތުންނެވެ.

  26. ވީހާލު

    ވީހާލެއްގަ ވާންއެއްބަސް ވެފަ ދިވެހިން އޮތީ. އެހެން ވީރު ވީހާލެއްގަ ވެބަލަދެން???