ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް އިންޤިލާބީ ހެޔޮ ބަދަލެއް ގެނައުމަށް ފެށި އެންމެ ބިޔަ މަޝްރޫއު، "ދަރުމަވަންތަ ހޮސްޕިޓަލް" ގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލްގައި ހުންނަވާ ދާދި ދެންމެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

"ދަރުމަވަންތަ ހޮސްޕިޓަލަކީ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ފެށި މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު ބިޔަ އެއް މަޝްރޫއު. މި މަޝްރޫއު އުއްމީދު ކުރިވަރަށްވުރެ މިވަނީ ތިން ހަތަރު މަސްދުވަހަށް ލަސްވެގެން ގޮސްފައި." ނާޒިމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިނިސްޓަރު ނާޒިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމްގެ ކަންކަން މުޅިން އެހެން ހަރުފަތަކަށް ބަދަލު ކޮށްލާނެ ބިނާ ކަމަށާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހަދިޔާކުރާ ބޮޑު ތަރިކައެއް ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހަދިޔާކުރާ ވަރަށްވެސް ބޮޑު ތަރިކައެއް. ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމްގެ ކަންކަން މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށްޓަކައި މި ސަރުކާރުން ކުރި މަސައްކަތުގެ ވަރަށް މުހިންމު އެއް ބިނާ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ތާވަލާ އެއްގޮތަށް ކުރިއަށް އިތް ދުވަސްތަކުގައި މަސައްކަތް ދާނަމަ ހޮސްޕިޓަލް ނިމިގެންދާނީ ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"އަޅުގަނޑަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އަދި މެޑިކަލް އިކުއިޕްމަންޓްސް ސަޕްލައި ކުރައްވާ ބޭފުޅުން ދެންމެ މަޢޫލޫމާތު ލިބުނު ގޮތުގައި، މިހާރު 95 އިންސައްތަ މަސައްކަތް މިހުރީ ނިމިފައި، އިރާދަކުރެއްވިއްޔާ އެބޭފުޅުން ދެއްވާފައިވާ ތާވަލާ އެއްގޮތަށް ކަންތައް ކުރިއަށްދާނަމަ ފެބުރުވަރީ މަހުގެ ތެރޭގައި ފުލް ފްލެޖްޑް ހޮސްޕިޓަލެއްގެ ގޮތުގައި މިތަނުން ޚިދުމަތް ލިބިގެންދާނެ." ނާޒިމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި 25 ބުރިއަށް ކުރި ފުރަތަމަ އިމާރާތް، "ދަރުމަވަންތަ ހޮސްޕިޓަލް" އަންނަ ފެބުރުވަރީ މަހަށް ނިމޭނެ ކަމަށް ވިދާޅުވިއިރު، ހޮސްޕިޓަލް ހުޅުވާނެ ސީދާ ދުވަހެއް ކަނޑައަޅުއްވާނީ އައު ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނުނިންމާނެތާ ވަކި ދުވަހެއް، ޑޭޓެއް. ސަރުކާރުގެ ހައިލެވެލްގެ އޯޕަނިންގ އަކަށް މިތަން ވެގެންދާނީ. އެހެންވީމަ ވަކި ދުވަހެއް ފިކްސް ވެގެންދާނީ ފުދޭވަރަކަށް ދުވަސް ކައިރިކޮށްފައި. ރައީސުލްޖުމްހޫރިއްޔާ ލެވެލްއިން މިކަންކަން ނިމިގެންދާނީ. އައު ސަރުކާރާ ކަންކަން ހަވާލު ކުރުމުގެ މަރުޚަލާގައި އުޅޭއިރު ހުޅުވާނެ ވަކި ދުވަހެއް ނިންމާފައެއް ނެތް." މިނިސްޓަރ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އިމާރާތާއި، ތަކެތި ފޯރުކުރުމުގެ މަސައްކަތުގެ ވެސް 95 އިންސައްތަ މިހާރު ނިމިފައިވާ ހޮސްޕިޓަލު ނޫސްވެރިންނަށް ދައްކާލާފައިވާއިރު، މުޅި އިމާތުގެ ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ. އިމާރާތުގެ އެތެރެ ފެނިގެންދަނީ ވަރަށް ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައެވެ. އަދި ގިނަ އިކުއިޕްމެންޓްސް އިންސްޓޯލް ކުރަމުންދާއިރު، އެތައް އިކުއިޕްމެންޓެއް އިމާރާތަށް ގެނެސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަދުން

    ޝުކުރިއްޔާ ރައީސް ޔާމީން. ފޮޓޯތައް ފެނިފަ ރޮވިއްޖެ. އުއްމީދަކީ ޚިދުމަތްވެސް އެހާއުފަަވެރިވުން.

    • ލޯބިވާ ރައީސްއަށް

      ޢަސްލުވެސް. ???????? ރައީސް ޔާމީން ވަރަށް މިސްވަނެ. ބްރިޖު ފެނުނީމަވެސް ވަރަށް ހަނދާންވެ ރައީސްމަތިން. ???????? ކީއްކުރާނީ މީހުންނަށް ނުވިސްެނެނީ.

  2. Anonymous

    REPLY

    • ވެލިގާ

      ތިޔަބުނާމީހަކު ނެގިލާރި ކަލޭމެން ދައްކަން ވީމާ ނުރޮވޭތަ

      • ޭައަނބޮކިދި

        ކޮންމެވެރިއަކު ނެގިޔަސް ރައްޔިތުން ދައްކާނެ. ޜައްޔިތުން ބޭނުން ވަނީ ހިދުމަތް. މިހާރު ބޭރައްދާން ނުޖެހެ އެކީއްވެ. ޢެ ހިދުމަތް ބޭސް ފަރުވަ ރާއްޖެއިން ލިބޭތީ

  3. ވިސްނާލާ

    ދުވަހަކު ފަޑުވުމެނެތި ދެމިހުންނާނެ ޒިކުރާތަކެ އަޅުގަނޑުމެންނަ ދޫކޮދެއްވި އަޅުގަނޑުމެންގެ ހިތްތަކުގެވިންދު ރޔާމީންއަށް ޝުކުރުކުރާނެ މިގައުމު ދެމިއޮތްހާދުވަހަކު. މީސްތަކުންނަ ހެޔޮވިސްނުންދެއްވާށިﷲގެ ހަޒުރަތުން. ދުއާއަކީ އަދިއެއްފަހަރު ނަމަވެސް އަޅުގަނޑުމެންނަ ހިދުމަތްކުރަން ރޔާމީންއަށް ﷲފުރުސަތުދެއްވާށި. އުމުރުން ދުވަސްވީމީހުންނާ ނުކުޅެދުންތެރިންނަ ހިތްއުފާވެރިކުރުވި ރައީސެ. އެއާލާތަކަށް ހިނިތުންވުން ގެނެސްދިން ރައީސެ. މާތްﷲ ހެޔޮރަހުމަތްލައްވާ ބަރަކާތްލައްވާށި އާމީން.

  4. ޙަމެ

    ޜަައީސް ޔާމިން ހުންނެވިނަމަ މިކަހަލަ ވަރައްގިނަ ތަންތަން ފެނުނީސް މަނިކްފާނުގެ މަތިން ހަގީގަތުގަވެސް ވ ވ ވ މިސްވޭ. މަނިކްފާން ދެރަނުވާތި މިއަދު މަނިކްފާނާ ދެކޮޅައް ވޯޓް ލިމީހުން ފަހުން މާ ދެރަވާނެ. ވި މިސް ޔޫ އަލޮޓް.

  5. ޢައިޝަތު ޟުޙާ

    ކަލޯ. 31 ބިލިޔަން ރުފިޔާގެ ލޯނަށް ދަރާއޮތް މިރާއްޖެއާ ޙަވާލުވެލައްވާ ރައީސް ޔާމީން ފާޅުގަ ވިދާޅުވި ތިމަންމަނިކުފާނު ބޭނުންފުޅުވަނީ ލޯނުނަގައިގެންވެސް ރާޢްޖެއަށް ދަތިވެފަހުރި ކަންކަން ޙައްލުކޮށްދިނުމަށްކަމަށް. 700 ފްލެޓް ނިންމާ އެހުރީ ލިބިފަ! 7000 ފްލެޓް އެދަނީ ނމެމުން! ދެވަނަ ފަސްއަހަރު ލިބިއްޖެނަމަ ލޯނުތައް ދައްކާ ޚަލާޞޥްކުރައްވާނޭކަމަށް. ދަރަނިވެރިވެގެންވެސް 50 އަހަރުންވެސް ނުވި ކަންތައްތައް އެހުރީ ފަސްއަހަރުން ނިންމާ ޚިދުމަތަށް ނެރިފަ! އޭގެފައިދާ އެވަނީ ކަލޯއަށްވެސް ލިބެންފަށާފަ! ރާއްޖެއަށް އާމުދަނީ ފަސްގުނަ ވަންނަވަރަށް ތަންތަން އެހުރީ ތަރައްޤިކޮށްފަ. ރާއްޖެ އަލުން އިނދަޖެހޭތަން ދެކެން ހުރޭ އަތްޖަހަން!

    • އެދުރުބެ

      ޢައިޝަތު ޟުހާ............. ބަލަގަ ތަރައްގީ އޯކޭ އޭ... މަމެން މިކިޔަނީ ވަކަން އޯކޭ ނޫން ވާހަކައޭ....

  6. ހަހުރަ

    ބޭފުޅާ ކޮން ވާހަކައެއް ދައްކާކަށް؟؟ ބޭފުޅާގެ މުއްދަތު ހަމަވީމާ އަނގަފުޅުތެޅުވުމުގެ ބޭނުމެއް ނެތް!! ތިޔަކަމަށް ބަސް ކިޔާ ކަންހިންގާނީ އާސަރުކާރުގެ ހެލްތް މިނިސްޓަރ!!