ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިންތިހާބީ ރައީސް އުފައްދަވާފައިވާ ޓްރާންސިޝަން ކޮމިޓީއަށް އެއްބާރުލުން ނުދޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ފެނަކައިގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސިޝަން ކޮމިޓީއިން ފެނަކައަށް އެއްބާރުލުން ނުދޭ ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން ލައްމާޙް ވިދާޅުވީ ޓްރާންސިޝަން ކޮމިޓީއިން ފެނަކައާއެކު އެއްވެސް ކަހަލަ ރަސްމީ މުޢާމަލާތެއް ކުރެވިފައިނެތް ކަމަށެވެ.

"އަޅުގަނޑާއި ހަމައަށް ރަސްމީ ގޮތަކަށް، ނެތް އެއްވެސް ކަހަލަ މުއާމަލާތެއް ކުރެވިފައެއް އެބޭފުޅުންނާއި ބައްދަލުކުރާކަށް" ލައްމާން ވިދާޅުވިެއެވެ.

މީގެ އިތުރުން ލައްމާން ވިދާޅުވީ ރިޔާސީ އިންތިޚާބު އޮޅުވާލި ކަމަށްބުނެ ސްޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައަކީ ބާތިލު މައްސަލައެއްކަން ނިންމި ހިސާބުން މަސައްކަތް ކުރަމުން ދިޔައީ ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި ބޭނުންވާނެކަންކަން ކުންފުނީގެ ހުރިހާ ދިމާލަކުން ކުރުމަށް ކަމަށެވެ.

ފެނަައިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ރޭވިފައިވާ ޕްރޮޖެކްޓުތަކާއި މިހާރުވެސް ކުރިޔަށްދާ ޕްރޮޖެކްޓުތައް ހުއްޓުމެއްނެތި ކުރިޔަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އަދި މި ސަރުކާރުން މަސައްކަތްތައް ކުރިޔަށް ގެންދާ ސްޕީޑަށް މަސައްކަތްތައް ނުގެންދެވުނު ކަމުގައިވީނަމަވެސް ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ ނާރާ ގޮތަށް ޚިދުމަތް ދެއްވާނެ ކަމަށް ޤަބޫލު ކުރާ ކަމަށްވެސް ލައްމާން ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް މީޑިޔާތަކުން ފެނަކައިން ނަގާ ބައެއް ނިންމުންތަކަކީ އިތުރު އެހެން ފައިދާ އެއް ހޯދުމަށް ނިންމާ ނިންމުންތަކެއް ކަމަށް ސިފަ ކުރާ ކަމަށާއި ނަމަވެސް ފެނަކައިގެ ކޮންމެ ނިންމުމަކީވެސް ކުންފުންޏަށް ފައިދާ ވާގޮތަށް ނިންމާ ނިންމުމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅއ

    ޓްރާންސިޝަން ކޮމެޓީއަކީ ތަހްޤީޤް ކޮމެޓީއެއް
    ނޫނެވެ އެމީހުންގެ މެންޑޭޓް އޮޅިގެން އުޅެނީ
    ހެއްޔެވެ؟ ދާއިރާގެ ތެރެއިން މަސައްކަތް
    ކުރިއަށް ގެންދިއުމަށް ގޮވާލަމެވެ.

  2. ށަހީރު

    މީނާމީ ވަރަށް ކޮރަޕްޓް މީހެއް އަންހެން މުވައްޒަފުންނަށްހުރި ބިރެއް ވަރައްވާހަކަ