ތ.ވިލުފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ތ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުންދާ 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ވިލުފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، މިއަދު 09:35 ހާއިރު ހިންގި މިއޮޕަރޭޝަނެއްގައި ކަމަށެވެ.

ތ.ވިލުފުއްޓަށް މި ލޯންޗު އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް މިކުއްޖާ ގެންނަން އުޅުމުގެ ތެރޭގައި މިކުއްޖާގެ ދަބަހުގައި އޮތް އެއްޗެއް މޫދަށް އެއްލައިލި އެއްޗެއް ނަގައި، ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް މިކުއްޖާ މޫދަށް އެއްލައިލި ސިނގިރެޓް ފޮއްޓެއްގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ވިލުފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Ma

    ތީ ބަލި ކުއްޖެއް މިހާރުން މިހާރައް ދޫކޮއްލާ

  2. އައިޝް

    ޢެކުއްޖާ ދޫކޮށްލާ.. އޭނަޔަށް ހުރީ ނަފްސާނީ ބަލި ޖެހިފަ..