ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެމަގާމުތަކުން އިސްތިއުފާ ނުދެއްވާ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ކެމްޕޭން ކުރައްވަމުން ގެންދަވާތީ ޕްރައިމަތީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ބައެއް ބޭފުޅުންނާއި ބައެއް ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް ވިދާޅުވީ އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕާޓީގެ މަގާމުތަކުން އިސްތިއުފާ ނުދެއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަކީ ޕްރައިމަތީ އަށް ނުފޫޒު ފޯރުވޭނެ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހެންވޭރު ހުޅަނދު ދާއިރާ އަށް، ޗެއާޕާސަން ނައިބު (އިދާރީ) އަލީ ނިޔާޒް ހުޅުމާލެ އަށް ކުރިމަތިލައްވާނެ ކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު މެދު މާފަންނު ދާއިރާ އަށް ކުރިމަތިލައްވާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް މަޖިލީހަށް ކުރިމަތިލައްވާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ.

"މިއީ ޕާޓީގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް އޮތް މަގާމުތަކުގައި ތިއްބެވި ބޭފުޅުން. ޑިމޮކްރަސީގެ ރީތި އުސޫލަކީ ވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުން. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމުގެ ބަދަލުގައި އެބޭފުޅުން ގެންދަވަނީ ކެމްޕޭން ކުރައްވަމުން." މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

އެމްޑީޕީގެ އިތުރު ސަޕޯޓަރަކު ބުނީ މިހާރު ވެސް ޕްރައިމަރީ ކާމިޔާބު ކުރުމަށް ގިނަ ބަޔަކު ފޯމްތައް ފުރަމުން ގެންދާ ކަމަށާއި އެހެންކަމުން ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން މިހާރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ވަނީ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ބައެއް ބޭފުޅުން ޕްރައިމަރީގައި ވާދަކުރައްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅަކު "ވަގުތު" އަށް ވިދާޅުވީ ޕީޕީއެމްގެ އިސް ބޭފުޅުން ވެސް މަގާމުތަކުގައި ތިއްބަވައިގެން މިހާރު ވެސް ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށާއި އެއީ ސަޕޯޓަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"މީގެ ކުރިން ކަންތައް ހިނގާފައިވާ ގޮތައް ބަލާއިރު ޕާޓީގެ އިސް ބޭފުޅުން މަގާމުތަކުގައި ތިއްބަވައިގެން މަގާމުތަކަށް ވާދަކުރެއްވުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް." އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ މާޗް ނުވަތަ އޭޕްރީލް ގައެވެ. ގިނަ ބަޔަކު މިހާރު ވެސް ގެންދަނީ ޕާޓީތަކުގެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ކެމްޕޭން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުސޭދު

    މިވާހަކަ އެބަޖެހޭ ދެކެވެން. އެބުނާ އިންސާފު ކޮބާ؟

  2. ރުދުނާ

    ކޮބާ ކޮބާ ކިހިނެއްމިވަނީ ކޮބައި ހަމަޔާއި އިންސާފު ކޮންމެ ބައެއް ކޮންމެ ގޮތަކަށް ކުރިއަށް އެއްނަމެއް ދެވޭނީ ހަމަޔާއިން އިންސާފު ބޭ އިންސާފު ހެހެ ދެން ތިބޭ އެއްވެސް ޕްލޭނެއްނެތި ވެރިކަމަށް އައިސްގެން އެއުޅެނީ ކުޅޭކުޅޭ ހެން. ވެރިކަން 2 އަހަރު ނުވަނީވެސް ވެޓޭނެ އިންޝާ ﷲ.

  3. ލޫކަސްޔެލޯ

    ތިޔަ އަލީ ނިޔާޒު އެއީ ކުނިމޫނާގެން ދަރިބަލާގޮސް ހުންނަ މީހެއް އަނެއް ކޮޅުން އަންހެނުން ހުންނަނީ ސައިކޯވެފަ އޭނަގެ ސަބަބުން