ވެރިކަމާއި ހަވާލު ވުމަށް ފަހު ކުޅުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މެޗަކަށް ފަރިތަކުރުން ކުރިއަށް ގެންދަނިކޮށް، އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފިއެވެ.

"ރާއްޖެއެމްވީ" އިން ބުނީ އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ފައިސަލަށް އަނިޔާވީ ބުދަ ދުވަހު ހަވީރު ހެންވޭރުދަނޑުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައެވެ. އެ ފަރިތަކުރުންތަކުގައި ފައިސަލަށް ދެ ފަހަރެއްގެ މަތިން އަނިޔާވި ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

ފައިސަލަށް ފުރަތަމަ އަނިޔާވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖެއްސެވި ބޯޅަ ފައިސަލްގެ ބޮލުގެ ފުއްކިބައިގައި ޖެހިގެންނެވެ. ދެވަނަ ފަހަރަށް އަނިޔާވީ އޯވަހެޑަކުން ބޯޅަ ޖަހަން އުޅެނިކޮށް، ބިންމަތީގައި ބޯ ޖެހިގެންނެވެ.

ފައިސަލްގެ އަރިސް ބޭފުޅަކު "ރާއްޖެއެމްވީ" އަށް ވިދާޅުވީ ފައިސަލްގެ ކަނދުރާއަށް ތަދެއް، އަރާފައިވާ ކަމަށާއި މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. ފައިސަލަށް އެޑީކޭއިން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ޑޮކްޓަރުން ލަފާދީފައި ވަނީ އަރާމު ކުރުމަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ރިޔާސީ އާ ދައުރު ފެށުމުގެ އުފަލުގައި އާއްމުންނަށް ހުޅުވާލައިގެން "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުޅިވަރުގެ ބޮޑު ހަރަކާތް ހޯމަ ދުވަހު ބާއްވާނެއެވެ. އެ ހަރަކާތުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ސަރުކާރަށް ތާއިދު ކުރައްވާ ލީޑަރުން ބައިވެރިވާނެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމު މަގާމާއި ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙާޙޙަ

    ނުކުޅުނު ނަމެއްނު

  2. ޙ

    ތިވާނީ ނަޝީދު ގަސްތުގައި ޖެއްސެވީކަމަށް!

    • ޝަހީދާ

      މަށައްވެސް ހީވޭ

  3. ޑިޔުކްނިކޭމެ

    ޔާމީނުނަމަ ނުކެރޭނެ މިކަހަލަ ކަމެއްވެސް ކޮށްލާކަށް. ރައްޔިތުންގެ ލޯބިހޯދަން ބޭނުންނަމަ މިކަހަލަ ކަންކަމުގައިވެސް ނިކުމެ އުޅެލާ ހަދަންޖެހޭނެ މަދުވެގެން އަހަރަކު އެއްފަހަރުނަމަވެސް! އިނގޭ މިނޫހަށް މިކޮމެންޓު ހަޖަމްނުވާނެކަންވެސް!

    • އާޒް

      ނުރުހޭމީހަކު ކުރާ ރަނގަޅު އެއްވެސް ކަމެއް ނުފެންނާނެ....ވެރިން ފެންވަރުގަ ފުޓް ބޯޅަ މެޗްތައް އެންމެ ފުރަތަމަ ކުޅެންފެއްޓެވީ ރައީސް ޔާމީން..........މިހާރު އެއުޅެނީ ބަޔަކުއެކަން ކޮޕީ ކޮށްގެން......

  4. ޑިމޮކްރަޓިސްޓް

    ތިޔައެއްޗަކު އެއްކޮށް ފުނޑުނުނަމަ ރަނގަޅުވީހީ.. ކެނެރީގޭ ނަޝީދާ، ވެލެޒިނީއަށް ނޫނެކޭބުނަންނުކުރޭ އެކަކަށްވެސް ދުވަހަކުވެސް މަގޭ ހިތެއް ހެވެއްނުވާނެ..

  5. ލަވްލީ

    މިކަލޭގެ އަށް ވޯޓުނުދިން ނަމަވެސް ތި ފޮޓޯ ބަލާފައި ޖިހާދު ސަރ އަށް ވުރެ ޒުވާން.

  6. ޟަރީ

    މައިބަދަ ހަލާކުވެފަ ތިބޭބޭފުޅުން ވަރަށް ހަލުވިކަމަށް ފާހަގަވޭ

  7. ހާމާނު

    ފިޓު ނޫން މީހުން ބޯޅަކުޅެންއުޅުމާ ތަޖުރިބާ ނެތި ވެރިކަންކުރަން އުޅުމާ މިހުންނަނީ ހަމަ ޗޮކުންދާނެ ކަންކަން.

  8. ފުތާބެއްޔާ

    އަދި ތިކަހަލަ އެތައް ހަމަލާއެއް ތިނަޝީދާ އެމްޑީޕީން އަންނާނެ

  9. ލަބީބު

    ވަގުވޯޓުން ފޭރިގެން ގެނައިވެރިކަން ދެމިނޯންނާނެއެވެ. ދެގޮލާވެސް ބޮނޑިދަށުވެ ހަލާކުކުރައްވާށިއެވެ. އާމީން

  10. ބޯލް ބޯއި

    މަނިކްފާނު އެހާ އަވަހަށް ބޯޅަ ޖައްސަވަން ފެށީތޯ؟

  11. ބާނިޔޫސޭ

    ތިޔަބޭފުޅުން ރަނގަޅުވާނީ ތާސްބައެއް ހޯއްދަވައިގެން ދަށުންދަމާ ކުޅުއްވިއްޔާ. ވެރިކަމާ ހަވާލުވެ ތިބެގެންވެސް ކުޅުއްވާނީ ހަމަ ދަށުންދަމާނޫންތޯ.