ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަސްމީ ގެކޮޅު ކަމަށްވާ ހިލާލީގޭގެ ޚަރަދަށް މި އަހަރު 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފި އެވެ.

ހިލާލީ ގޭގައި ދިރިއުޅުއްވަނީ ރައީސް ޔާމީންގެ ދެކަނބަލުންނާއި، އެންމެ ހަގު ދަރިކަލުންނެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރައީސް ޔާމީންގެ ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެ އެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ، 3.1 މިލިއަން ރުފިޔާ އެވެ. އެއީ ދުވާލަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ އެވެ.

މިއަހަރު ހިލާލީގެ އަށް 37.8 މިލިއަން ރުފިޔާ ހިލާލިގެ އަށް ޚަރަދު ވާނެ ކަމަށް ބަޖެޓްގައި ބުނެފައިވީ ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓުގައި ރައީސްގެ ގެކޮޅަށް ޚަރަދު ކުރުމަށް އޮތީ 25 މިލިއަން ރުފިޔާ އެވެ. އިތުރުވާ ފައިސާ އަކީ ކިހިނެއް ލިބުނު ފައިސާ ކަމެއް ބަޖެޓް ފޮތުގައި ނެތެވެ.

މިދިޔަ އަހަރު ރައީސްގެ ރަސްމީ ގެކޮޅުގެ ޚަރަދުގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ޚަރަދުވެފައިވެ އެވެ.

އަންނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ހުންނަވާ، ރަސްމީ ގެކޮޅަށް ހަރަދު ކުރާނީ، 31.6 މިލިއަން ރުފިޔާ އެވެ. އެއީ

މަހަކު 2.6 މިލިއަން ރުފިޔާ އެވެ. ދުވާލަކަށް އެގޭގެ ހަރަދަށް ޖެހޭނީ، 87،680 ރުފިޔާއެވެ.

އަންނަ ހޮނިހިރު ދުވަހު ރައީސް ޔާމީން ހިލާލިގެ އިން ނިކުމެ ވަޑައިގަންނަވަން ޖެހޭނެއެވެ. މިހާރު ގެންދަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގޯތި ކަމަށްވާ ހ.ނޫފަރުގައި އިމާރާތެއް ކުރަމުންނެވެ. އެއިމާރާތުގެ އެންމެ ތިރީ ދެބުރި ވަނީ މިހާރު ނިމިފައި ކަމަށް ބެލެވެއެވެ. އެހެންކަމުން ރައީސް ޔާމީން ހޮނިހިރު ދުވަހު ބަދަލުވެ ވަޑައިގަންނަވާނީ އެގެއަށް ކަމަށް ބެލެވެއެވެ.

އަންނަ ހޮނިހިރު ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދިރިއުޅުއްވާނެ ތަނެއް އަދި ހާމައެއް ނުކުރައްވައެވެ. އެމަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ ދައުލަތުގެ ބަޖެޓުން އަމިއްލަފުޅު ގެއަށް ޚަރަދެއް ނުކުރާނެ ކަމަށާއި ދިރިއުޅުއްވާނީ ދައުލަތުން ހަމަޖައްސަވާ ގެކޮޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Miadhu

    ހިލާލީގެ ކިހިނެއް ރައިސް ޔާމީނުގެ ގެކޮޅަށްވީ. ޢެއި ރައީސުލް ޖުމުހޫރިއްޔާ ހުންނަވާ ގެކޮޅު ނުވަތަ ގަނޑުވަރު ނޫންތަ

  2. ސަޓޯ ތުރާކުނު

    ޕިސް ޕިސް ޕިސް... ރައްޔިތުންގެ ފައިސާ ކަނީ...

    • ހިލާލީ ދަރިކޮޅު

      ކޮންމެވެސް ކަމެއް ވެގެންދޯ ރެއާ ދުވާލު ވެރިކަމަށް ނޭރިގެން އެންމެން އުޅެނީ

  3. ކިޔުންތެރިޔާ

    ފަގީރުން އަދިވެސް ފަގީރު ވަނީ. މުއްސަނދިން އަދިވެސް މުއްސަނދި ވަނީ. ގައުމުގެ ހާލަތު