ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފާރިސް މައުމޫނު އިއްޔެ ވިދާޅުވި ބަސްފުޅު "މިނެމެނީ" ބާރުލާ "ހަމަކަށަވަރުން ނިންމާނަން" ކަމުގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންނަށް ތައުރީފް ކުރައްވަވާ ނަޝީދު ކުރެއްވި މިޓުވީޓްގައި ފާރިސް މައުމޫންގެ ހިއްވަރަށާއި ކެރުމަށްވަނީ ތައުރީފް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމަށްފަހު، ދޫނިދޫއަށް އަނބުރާ ގެންދިއުމަށް ލޯންޗަށް އެރުވި ވަގުތު ފާލަން ކައިރީ ތިބި މީހުން މެސެޖަކީ ކޮބައިތޯ ފާރިސް އަރިހުން އެހުމުން ވިދާޅުވި ވިދާޅުވުން، "މިނިމެނީ ނިމެނީ"ގެ، ވީޑިއޯކޮޅެއް ލައްވާ ނަޝީދު ޓުވީޓް ކުރެއްވިއިރު، އިދިކޮޅު ފަރާތްތަކުން ދިވެހި ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިއޮތް ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މިދިޔަ ހުކުރު ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހާ މާލެ ހަލަބޮލިކުރަން އިދިކޮޅު ފަރާތްތަކުން ރޭވިއރު، ފުލުހުންވަނީ އިދިކޮޅު ފަރާތްތަކުގެ ޕުލޭން ފެއިލްކޮށްލާފައެވެ. މީގެއިތުރުން ވުޖޫދުގައި ނެތް އަމުރެއް ތަފްފީޒް ކުރުމަށް ގޮވާލާ މާލެތެރޭގައި ހިންގާ ޣައިރު ޤާނޫނީ އެއްވުންތައްވެސް ފުލުހުންދަނީ ރޫޅާލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ަކަލޯ ތިހުރީނު ޖަލު ދެކެ ބިރުން އަމިއްލައަށް އަރުވާލެވިގެން

  2. ނުނިންމޭނެ އިންޝާﷲ

  3. އޭނާ ކަމެއްކުރާނެކަމަށް ބުނުއްވައިފި، އެކަމެއް ނުކުރާނެއެވެ. އެޢީނޫންތޯ ޑީމޮކްރަސީއަކީ.

  4. ބަޢާވާތާދެކޮޅު

    ހަމަކަށަވަރުން ތިކަލޭގެ ވެރިކަން ނިމިއްޖެ އިންޝާﷲ....

  5. މާތް ﷲ ހުރިހާކަމެއް މޮޅައް ދެނެވޮޑިގެންވަނީ އަހަރުމެންވެސް ބުނާނީ މާތް ﷲ އިރާދަ ކުރެއްވިއްޔާ ނުނިމޭނެޔޭ ދެން ކީކޭ ނަޝީދު ބުނާނީ