އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ އުސޫލުތަކުން ބޭރު އިސްލާމްދީނާއި ހިލާފު އަދި އިސްލާމްދީނަށް ތައުހީނުކޮށް ވާހަކަދައްކާފައިވާ އައިޝަތު ވެލިޒިނީ އަކީ މޮޔައެއް ކަމަށް ބަލަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުރެގެން ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށް އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މުރުތައްދުގެ އެންމެ މަތީ ދަރަޖައަށް ވެލެޒިނީ ވަނީ ވާހަކަދައްކާފައި ކަމަށެވެ.

"ވެލިޒިނީ މުރުތައްދުވި މައްސަލަ ތަހުގީގުކޮށް ހުކުމް އިއްވެން ޖެހޭނެ ކަމަށް ވެލެޒިނީއަކީ މޮޔައެއް ކަމަށް ވާހަކަދައްކާ މީހަކު ފުރަތަމަވެސް ރައްޔިތުން ކުރިމައްޗަށް އަންނަންވާނީ ވެލެޒިނީއަކީ ސައިކޭޓިސްޓުން ބުނެފަ އޮންނަ ލިޔުމެއް ހިފައިގެން" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ބާލިޣުވެފަ ހުންނަމީހާ ތަކުލީފު އުފުލަންޖެހޭނެ ކަމަށާއި ތަކުލީފު އުފުލަންޖެހޭނެ ކޮންމެ މީހަކުވެސް ބޮޑުވީމަ ކަމަށެވެ. ވެލެޒިނީ އަކީ މޮޔައަކަށް ހަދައިގެން އެނާ ދެއްކި ވާހަކަތަކަށް އަދަބު ނުލިބޭނެ ކަމުގެ އިހްސާސް ކުރެވޭގޮތަށް އަމަލުކުރުމަކީ ކަމުދާ ކަމެއް ނޫން ކަމަށް އަލްހާން ވިދާޅުވިއެވެ.

ނެދަލޭންޑްސްގެ ދަ ހޭގުގައި އުޅުމަށްފަހު ވެލެޒިނީ ރާއްޖެ އައީ މިދިޔަ އަންގާރަ ދުވަހުއެވެ. ވެލެޒިނީ ރާއްޖެ އައުމުން، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ވެލިޒިނީ ހައްޔަރު ކުރީ އަމިއްލަ ފޭސްބުކް އަދި ޓްވިޓާ އެކައުންޓު ބޭނުންކޮށްގެން އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ އުސޫލުތަކުން ބޭރު އިސްލާމްދީނާއި ހިލާފު އަދި އިސްލާމްދީނަށް ތައުހީނުކޮށް ވާހަކަދައްކާފައިވާ މައްސަލަ އާއި ގުޅިގެނެވެ.

ޖުޑިޝީއަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ ވެލެޒިނީ ހައްޔަރުކުރުމާއެކު، އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ ސީނިއާ މެންބަރުން އަދި އެކްޓިވިސްޓުން ވަނީ އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.

ވެލިޒިނީއަށް ފަރުވާ ދިނުމަށް އިއްޔެ އައިޖީއެމްއެޗަށް ގެންދިޔުމުން އޭނާ ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އަދި ވެލެޒިނީގެ ބަންދާމެދު ގޮތެއް ނިންމަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދިފައެއްވެސް ނުވެއެވެ. ފަހުން ފުލުހުން ވަނީ ބަންދުން ދޫކޮށްލުމަށްފަހު ވެލެޒިނީ އާއިލާއާ ހަވާލުކޮށްފައެވެ.

ވެލިޒިނީ އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މޫސާ ހަލީލް

    އަނެކާ އަނެއް މޮޔަ ތިއީވެސް މޮޔައެއްހެެއް މަށަށް ހީވަނީ

  2. ބްރޯ

    އޭރުން ދޯ ދީނަށް މަލާމަތްކުރާނެ މީހަކު ބެހެއްޓޭނީ މިނިވަންކޮށްފަ،،

  3. ތަލަ

    މޑޕ ލާދީނީ ކުދިންގެ ލާދީނީކަންކަމުގެ ތެރެއައް އަމުނަމުންދާ ބޮޅުފައްޗައް އިތުރުވި 100 ކެރެތުގެ ރަންބޮޅެއް އެހެންވީމައޭނާކުއްވެރިވާނެއެއްވެސްގޮތެއްނުއޮއްނާނެ މީވަަރައް ވާހަކަ

  4. އަލީ

    އޭނަގެ ނަފުސާނީ ބައްޔެއް ހުރިކަން ފާހަގަ ކުރެވޭނަމަ އެކަހަލަ މީހުންނަށް ފަރުވޭތަނަތަން ރާއްޖޭގައި އިބަހުރިއެވެ. ގުރައިދޫގައި ބަހައްޓައިގެންވެސް ފަރުވާދެވިދާނެ ނަމަވެސް ނަފުސާނީ ބައްޔެއްހުރުމުން އޭނަ ޢާއްމުންގެ ތެރެއަށް ދޫކޮށްލުމަކީ ދުރުމުސްތަގުބަލަށް ދުރުމިއަޅާބަލާއިރު މިގައުގައޮތް އިސްލާމްދީނަށް ނުރައްކާކޮށްފާނެކަމެކެވެ. ފުލުހުންނަކަށްވެސް އޭނަ ޢާއްމުންގެ ތެރެއަށް ދޫކޮށްލާކަށް ނުވަތަ އާއިލާއާ ހަވާކުރާކަށް ނުޖެހޭ ސަބަބަކީ އޭނަހުރީ ބޮޑުވެގެންވާ ކުށެއްކޮށްގެން ކަމަށްވާތީ މީނާއާމެދު މިރާއްޖޭގެ ޢިލްވެރިންވަނީ މީނަ މުރުތައްދުވިކަމަށް ކަޑައއަޅައިފައި

    • ފާއިޒު

      ޢިލްމުވެރިންގެ އެބަސް މިހާރު އޮންނާނީ މަންސޫޚުވެފައި. ޔާމީންގެ ވެރިކަމުގައި އެކަހަލަ ސިޔާސީ މީހަކާ މެދަށް ކުރެވުނު ކޮންމެ ޙުކުމެއް ބާޠިލް.
      ފިނިފެންމާ ލޯންޗުން އެރި ދުންގަނޑުވެސް ނާރާ އެއްޗަކަށް ހުކުމް ކޮށްފާނެ.

  5. Miadhu

    ވެލިޒިނީއަކީ މޮޔައެެއްކަމަށް ބަލަންޖެހޭ ސަބަބަކީ އޭނާއަކީ އެމްޑީޕީގެ ސަޕޯޓަރަކަށްވުން

  6. ޢަލްޙާން

    ވެލަޒިނީ މޮޔައެއް ނޫނިއްޔާ ކަލޭ މޮޔަކަމަށް މި ނިންމީ އެހެން ނޫނަސް ތީ މި ގަޢުމުދުއް އެންމެ ބޮޑު އެއް މޮޔަ

  7. ރުޒާނާ ޗޮއްޕަޓު

    އޭނައަކީ މުރުތައްދު ވެފައިވާ މީހެއް. ރީނދޫ ބާގައި މީހެއް. ވެރިކަމާ ހަވާލުވާން އުޅެނީ އެބާގަ މީހުން. ދެން އޭނަ މޮޔައަކަށް ހަދަން އުޅޭ ސަބަބު ނުވިސްނޭ މީހާ ވާނީ މޮޔައަކަށް.

  8. ބީ އެމް

    ވެލަޒީނާޢެަށް ހައްގު ވަނީ މަރު ވެލަޒިނާއަށް މިގައުމުން ޖާގަދީގެން ނުވާނެ

    • މުހަންމަދު

      ކަލެއަށްވެސް ހައްގުވަނީ ހަމަ އެގޮތް

  9. ބައްޕް

    ކަލޯ ދަރިފުޅާ އަލްހާނު! ހިމޭނުން ހުރެބަލަ. އޭނައަކީ ސައިކޭޓިސްޓެއް ކަމުގެ ލިޔުން ހޯދަން ނިކަން ފަސޭހަވާނެ. މިހާރުވެސް ދުނިޔޭގެ އެތަން މިތަނުން އޭގެލިޔުންތައް ވެލެޒިނީއަށް ތައްޔާރު ނުކުރާކަމެއް ނޭނގެ. ޑރ ޝަހީދު މިހާރު އެކަމާ ދުވަން ފަށާފާނެ.

  10. ހުސޭނުބޭ

    އަނެއްކާ ތި ދައިތާ އެއީ އިސްލާމިކް މިނިސްޓަރު ނޫންބާ!

  11. Anonymous

    ހަމަނުލަ ފާކަމުން އެކަހަލަ ކަންތައް ކުރާނީ އިިސްލާމް ދީުން ބޭރުު ވިމީ ހަކު ދެެން ބަހައް ޓާނެ ކަމެއް މެއް