އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ހާއްސަ ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖައްސައިފިއެވެ.

މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިއަދު މެންދުރު ދޭއް ޖަހާއިރު ހޮޓެލް ޖެންގައެވެ. އިދިކޮޅު ހަތަރު ލީޑަރުން މިއަދު ފުރަތަމަ ފަހަރަށް ބައްދަލުކުރާއިރު މިއީ ތާރީހީ ބައްދަލުވުމަކަށްވާނެ އެވެ.

މިބައްދަލުވުމުގައި ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދާލަތުގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް މައުމޫން ބޭސްފަރުވާއަށް މެލޭޝިއާގައި ހުންނެވުމަށް ފަހު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައިވާއިރު މިއީ ވޭތުވެ ދިޔަ ދުވަސްތަކުގައި ހަތަރު ލީޑަރުން އެއްތަނަކުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރު އެވެ

ރައީސް ނަޝީދާއި ޝައިހް އިމްރާން މިވަގުތު މިނިވަންވެފައި ތިއްބެވީ މި ދެބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން އަލުން މުރާޖައާކޮށް ގޮތެއް ނިންމަންދެންނެވެ. ނަމަވެސް ރައީސް މައުމޫނާއި ގާސިމް އިބްރާހީމްގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މި މަހު 17 ވަނަ ދުވަހު ހުވާ ކުރައްވާއިރު އެމަނިކުފާނުގެ ކެބިނެޓްގެ މިނިސްޓްރީތައް ބެހިގެންދާނީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫނުގެ އެމްއާރުއެމްގެ މެދުގައި މިނިސްޓްރީތައް ބެހުމަށް ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސަރުކާރުގެ ކެބިނެޓްގައި ބަންޑާރަނައިބާއި އެކު 23 މިނިސްޓަރުން ތިއްބަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަނގަބީލު

    ބާޣީ އަކާއި ޚުދު މުޙްތާރަކާއި
    ޕާޓޭ އަކާއި ޙާބީއަކާއި
    ގުޅިގެން ގެނައި ކޯޅޭޝަނެއް
    ނިމިގެން ނުދާނޭ ގޮތެއް ނެތޭ

  2. ހާލާ

    އެކަކު އަނެކަކުގެ ކަރުގަ ހިފަން ކައިރިވަނީ.

  3. އަލީ

    ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަނީ ކޮންބައެއްކަން މިހާރުއިގެއްޖެ! ވެރިކަމުގެ ހުވާކުރުމުގެ މާކުރިން ބޮޑެތި މުޖުރިމުން ދޫކޮށްލީ ނުފޫޒުފޯރުވައިގެން ރިޔާސީ އިންތިޚާބުގެ ކެންޕިޔަނުގެ ތެރޭގައި އިބޫވަނީ މުޖުރިމުން ދޫކޮށްލާނެކަމަށް ބުނެފައި ރާއްޖޭގެ ރައްޔިތުންނޭވޭ މިއީހަމަ މޖުރިމުން މައްސަލެއް ނުވަތަ ސިއްރުކުރާނޭ ކަމެއްނެތްނަމަ މައުމޫނު ފޯނު ނުދޭންވީ ސބަބެއްނެތް! ފޯނުދިންނަމަ ޖަލަށްދާކަށްވެސް ނުޖެހުނީސް ނަމަވެސް ޖަލަށްލިޔަސް ހެއުކަމަށް ފޯނުނުދިނީ ކޮންމެވެސް ސަބަބެއްއޮވެގެން! ރާއްޖޭގެ އަދުލުއިންސާފުގޭތަކަކީ...........

  4. Miadhu

    މިއަދުގެ ބައްދަލުވުމުގެ ނިންމުންތަކުގައި 1. އިމްރާނަށް ލާދީނީ ވި އަންނި ސާލިހަކަށް ވުމާއި
    2 އަންނިއަށް ގޮޅާބޯވި މައުމޫނު ހުދުކާފޫރަށް ވުމުގެ އިތުރުން
    3 އަންނިބުނި ރިސްވަތު ދޭ މަހުޖަނު ދީލަތި މަހުޖަނަކަށް ވާނެތަ

  5. އދ

    ރާއްޖޭގެ ހަލާކު ތިއައީ