ގާނޫނީ ވަކީލް އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަކީލް ކަމުން ދެވަނަ ފަހަރަށް ސަސްޕެންޑުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އަންގާފައިވާ ގޮތުގައި އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކުރީ، ކޯޓުގެ ނިންމުންތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވައި، އެކަމަށް ހިތްވަރު ދޭ ގޮތަށް ދައްކަވާފައިވާ ވާހަކަތަކުގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނޭ، އަލީ ހުސެއިން ދައްކަވާފައިވާ ވާހަކަތަކަކީ ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދާ ޚިލާފު ވާހަކަތަކެއް ކަމަށް ވެސް ކޯޓުން ފާހަގަކޮށްފައި ވެއެވެ.

"އެވާހަަކަތަކަކީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހެ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ހަތަރުވަނަ ނަމްބަރާއި ހަވަނަ ނަމްބަރު އަދި އަށްވަނަ ނަމްބަރާއި ހިލާފު ވާހަކަތަކެއް ކަމަށް ބެލެވޭތީ އެމައްސަލަ ތަހުގީގު ކުރައްވައި ވަކި ގޮތެއް ކަނޑައަޅުއްވަންދެން،" އިއުލާނުގައި ބުނެފައިވެ އެވެ.

އޭނާގެ ވަކީލު ކަމުގެ ހުއްދަ ދޮޅު އަހަރެއްހާ ދުވަސް ވަންދެން ކުރިން ހިފެހެއްޓާ، އަލުން ވަކީލް ކަމުގެ ހުއްދަ ދިނީ މިދިޔަ މަހު އެވެ.

މިއަދުން ފެށިގެން މައްސަލަ ތަހުގީގުކޮށް ނިމެންދެން އަލީ ހުސެއިން ވަކީލު ކަމުން ހުންނާނީ ސަސްޕެންޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަމްޒީނާ

    ތަނަކުހުރި މަރުމޯލެއް!

  2. ރ

    ތި ބޮޑު މޮޔަ މީހާ ދާއިމަށް ސަސްޕެންޑް ކުރަންވީ. ތި ދެން ކާކު

  3. Anonymous

    އައްޔާ ލާހިކު ކުޅަދާނައެއްނޫން ދެން ކެންދޫ ދާއިރާއައް ހޮވާކައް.. ދޮގުވެރި މަކަރުވެރިއެއް ކެޕްމޭނު ދުވަސްވަރު ދެއްކި މޮޅެތި ވާހަކަތައް އަދިވެސް ހަނދާން އެބަހުރި ވޯޓުހޯދަން އަންނަ ދުވަހައް ރެޑީވެގެން މިހުރީ .