ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ، ޤާނޫނީ އިޖުރާއަތުތައް ފުރިހަމަ ކޮށްފައި ނޫނީ އެއްވެސް ފިޔަވަޅެއް އަޅުއްވާނެ ބޭފުޅެއް ނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކްރެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ޑރ.ހަލީލް ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ މިހާތަނަށް އައިއިރުގައި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ ކުރިއަށް އެއްވެސް ފިޔަވަޅެއް އަޅުއްވާ ބޭފުޅެއް ނޫން" ކަމަށެވެ.

ސަލާމަތީ ބާރުތަކުން ޤާނޫނީ އިމުގެ ބޭރުން ކަންކަން ކުރައްވާކަމަށްބުނެ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތަތަކުން ދައްކާ ވާހަކަތައް ޕީޕީއެމް އިން ގަބޫލު ނުކުރާ ކަމަށާއި، އިދިކޮޅު ފަރާތްތަތަކުން މިކަހަލަ ވާހަކަތައް ދައްކަނީ ސިޔާސީ މަޤްޞަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށް ޑރ.ހަލީލް ވިދާޅުވިއެވެ.

ޕީޕީއެމް އިން އަބަދުވެސް ޤަބޫލުކުރަނީ، ސަލާމަތީ ބާރުތަކަކީ ޤާނޫނުތައް ނަގަހައްޓައި، ރާއްޖޭގައި އަމަން އަމާންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމަށާއި، ސަލާމަތީ ބާރުތަކުގެ އެންމެ މަތިވެރި ވާޖިބަކީ ވެސް އެއީކަމަށްވެސް ޑރ.ހަލީލް ވިދާޅުވިއެވެ.

ހަލީލް މިހެން ވިދާޅުފައިމިވަނީ، ޤާނޫނީ އިމުގެ ބޭރުން ސަލާމަތީ ބާރުތަކުން އަމަލު ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަކީ ހުރިހާ ވެރިކަމެއްގައިވެސް، އަދި ވަކިން ހާއްޞަކޮށް ޕީޕީއެމްގެ ވެރިކަމުގައި ޤާނޫނާ ހިލާފް ކަންތައްތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުންތަކެއް ހިމެނޭ ޕާޓީއެއް ކަމަށާއި، ދެވަނައަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޖުމްހޫރީ ޕާޓީއަކީ އެ ޕާޓީގެ ލީޑަރުގެ ހިމާޔަތުގައި މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި ފާހަގަ ކުރެވޭކަމަށްވެސް ޑރ.ހަލީލް ވިދާޅުވިއެވެ.

ޤައުމުގައި ހަމަ ނުޖެހުން އުފެއްދުމަކީ ގައުމުގެ ކުރިއެރުމާއި، އިޖުތިމާއީ ހަމަޖެހުމަށް އަދި އިޖުތިމާއީ އަދާލަތަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށް ހަލީލް ވިދާޅުވިއެވެއެވެ. އިތުރަށް އޭނާ ވިދާޅުވީ ޕީޕީއެމް އިން އަބަދުވެސް ގޮވާލަނީ އަމަން އަމާންކަމާއި ހަމަޖެހުމަށް ކަމަށާއި، އިދިކޮޅު ފަރާތްތަތަކުންވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތް ކުރެއްވުން އެދޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އެދާ މަސައްކަތްތަކަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަންކަމަށްވާއިރު، އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ހަރުއަޑުން ގޮވާލައްވާކަމަށްވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވިއެވެ.

ޑރ.ހަލީލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިއުމާއި އެކު، ރައީސުލް ޖުމްހޫރިއްޔާ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައި އަދި ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން އިދިކޮޅު ފަރާތްތަކުން ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސްލަސްކަން ނަގާލައި އާންމު ރައްޔިތުންނަށް ދަތިވާފަދަ ގޮތްތަކަށް މުޒާހަރާކޮށް، ބޭރުގެ ފަރާތްތަކުން ރާއްޖެއަރައި ރާއްޖެ ހަމަމަގަށް އެޅުވުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޤުއްޓޭ

    އެހެންވެއްޖެ ނަމަ 1 ފެބްތުއަރީ ސްޕްރިމް ކޯޓުން ކުރި ޙުކުމަށް ތަބާވާން ނޫލުއްވަނީ ކީއްވެގެންތޯ!

  2. ސަނދުވާ

    ރައީސް ޔާމީން މަޅިއެއްގައި ބެއްދޭ ވަރަށްވުރެ މާހުޝިޔާރުވާނެ. ޤާނޫނަށްފައްތަވައިގެން ނޫންގޮތަކަށް ކަމެއް ނުނިންމަވާނެ. ހިނދުހިނދުކޮޅު އަންނަ ބޭފުޅެއްނޫން. އަބަދަު ހުންނަވާނީ ހަމަހޭފުޅުގައި.

  3. ފްރީޑަމް މޫވްމެންޓް

    ލަދިހަޔާތެއްނެތަސް ތިޔައީ ބޮޑުވަރު. ގާނޫނީ އިޖްރާއަށް ފުރިހަމަ ކުރާނީ ކޮންގޮތަކަށް ގާނޫނު އަސާސީ ހިލާފްކަންކަން ކުރަމުން. ރައީސް ޔާމިން އަދި ރައްޔިތުން މަޖްލިސްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލަން. މި ސަރުކާރު ގެ ގާނޫނީ ހައިސިއްޔަތުވަނީ ގެއްލިފައި.

  4. ވަތުތަށި

    ރައީސް ޔާމީން އަކީ ގަވްމު ދުށް އެންމެ ހިކުމަތްތެރި ރައީސް ގަޓް ރައީސް އިދިކޮޅޭމެން ދުވާލަކު ތިންފަހަރުވެރިކަމުން ވަށްޓާރައީސް...ދެން ލަލަލާ............

  5. ޚާލިދު ވަޙީދު

    ފްރީޑަމް އޭ ކިޔައިގެން ތިޔަ އުޅެނީ ގަމާރެއްތަ ވާނުވާ އެނގޭތަ؟ ފެބްރުއަރީ 1 ގަ ޤާސިމް ބުނެގެން ކުރި ޙުކުމުގެ ޞައްޙަ ކަމެއް މިހާރަކު ނެތޭ މޮޔަޔާ

  6. ޖޫސް

    ހެހެ.... ޖޯކެއް!