އިންޑިއާގެ ކޮޗިންގައި ގެސްޓް ހައުސްއެއްގެ ތެރޭގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ނިޔާވެފައި އޮއްވާ ފެނުނީ މ. މުލަކު، ހުސައިން ލަތީފް ނަމަކަށް ކިޔާ ޒުވާނެކެވެ.

އޭނާ ނިޔާވެފައި އޮއްވާ ފެނުނީ، އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލް ކުރިމަތީ ހުންނަ ރޯސް ގެސްޓް ހައުސް ތެރޭން ކަމަށް މައުލޫމާތު ލިބެއެވެ.

މުލަކު ކައުންސިލްގެ ރައީސް އަޝްރަފް ޖަމްޝީދު "ވަގުތު"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ނިޔާވި ޒުވާނާއަކީ ކޮއްކޮއެއްގެ އޮޕަރޭޝަނެއް ކުރުމަށް އިންޑިއާއަށް ގޮސްގެން އުޅޭ ޒުވާނެއް ކަމަށެވެ. އަދި އެ ޒުވާނާ އެކޮޅަށް ގޮސްފައި ވަނީ، ކޮއްކޮގެ އިތުުރުން މަންމައާއެކުގައިކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

"މިއަދު ހެނދުނު ނުހޭލައިގެން ގޮސް ބެލިއިރު، ކޮޓަރި ތެރޭގައި ނިޔާވެފައި އޮތީ". އަޝްރަފް ވިދާޅުވިއެވެ.

އެ ޒުވާނާ ނިޔާވީ ސީދާ ކީއްވެގެން ކަމެއް ނޭގޭކަމަށް އަޝްރަފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އޭނާ ނިޔާވިއިރު އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްވަ

    ދުނިޔޭގަތިބި މީހުންނަށް ޢިބުރަތެއް. ޢިސްލާހް ވުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހޮޔޮގޮތުގައިހިފާށެވެ.

  2. އެކުވެރިން

    ލައްޗޭ އަކީ ރަނގަޅު ހީވާގި މަޖާ ހެސްކިޔާފަ ބުރަކޮށް މަސައްކަތް ކުރާ މީހެއް.. މާލެ ކެލާ ދެމެދު ދަތުރު ކުރާ ބޯޓެއްގެ ހިއްވަރު ގަދަ އެކުވެރި އެއް.. އެހާ ބުރައިރުވެސް މީހަކާ ދިމާއަށް ރުޅިއަސްގެން އެއްޗެއް ނުބުނާނެ.. މީހުންނާ ގުޅޭނެ..ލިބޭއެއްޗަކުން ފުދިގެން އަނބިދަރިނަ އުފަލުގައި ފަހުރުވެރި ކަންމަތީ ބެހެއްޓި ބައްޕައެއް.. ފިރިއެއް.. އޭނާ ފުދޭވަރެއް ގިނައިން އެނަޖީ ޑުރިންކު ބޮއެ އުޅުނު.. ފެނެއްވުރެވެސް އެކްސެލް ގިނައިން ބޮވިފަ ހުރި ދުވަސް މަދެއްނުވާނެ...