އޭނާގެ ނަމަކީ އިބްރާހިމް ނައީމެވެ. މިހާރު ކިޔައި އުޅެނީ އަބްރަހަމް ނައީމެވެ. އެއް ޖިންސުން ގުޅުން ހިންގަން ފާޅުގައި ގޮވާލާ ދިވެއްސެކެވެ. ދިރިއުޅެނީ ނިއުޒިލޭންޑްގައެވެ. އެގައުމުގެ ހިމާޔަތުގައި ކަމަށް ބުނެވެއެވެ. އޭނާ އަކީ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ގެ ކޮއްކޮ އެވެ. އިބްރާހިމާއި މުޖޫ އެވަނީ ދިވެހިން ބަލައިގެންފައިވާ އިސްލާމީ އުސޫލުތަކުން ބޭރުވެފައެވެ. ދިވެހި ރައްޔިތުން އެމައްޗަށް އަމަލު ކުރަން އިޤުރާރުވެފައިވާ ޤާނޫނީ ހުރިހާ އުސޫލަކާއި ޚިލާފު ވެފައެވެ. ދެމީހުން ވެސް ދިރިއުޅެމުން އަންނަނީ ރާއްޖެ އިން ބޭރުގައެވެ.

ސުވާލަކީ މާދަމާ އިބްރާހިމް ނައީމް ރާއްޖެ އައުމުން އޭނާ މިހާރު އުޅެމުން އެއަންނަ ދިރިއުޅުމަކީ ނަފްސާނީ މައްސަލަތަކެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށް ނިންމާ ޙުކުމް ކުރުން އެއީ ހަމަ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ނަފްސާނީ މައްސަލަތަކަކީ މިއަދު ދުނިޔޭގެ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. ނަފްސާނީ މައްސަލައެއް ހުންނަ ކޮންމެ މީހަކީ އަޑުގެ ކޮޅަށް ހަޅޭލަވާ، ގަޔަށް ބާރު އަރާ، އެހެން މީހުންނަށް އަނިޔާކޮށް އުޅޭ މީހުން އެކަނި ނޫން ކަން ވެސް ގަބޫލު ކުރަމެވެ.

ރާއްޖޭގައި ވެސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން ނަފްސާނީ ތަފާތު މައްސަލަތައް ދިމާވެފައިވާ ގިނަ ބަޔަކު އެބަތިބިކަން ދިރާސާތަކުން ދައްކައެވެ. މިހަޤީޤަތް ގަބޫލު ކުރުމާއި އެކު ވެސް ބުނަން ބޭނުންވާ ވާހަކައަކީ ކޮންމެ މީހަކު ކޮންމެ ކަމެއް ކުރުމަށް ފަހު އެއީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށް ބުނެ އެކަމުން ރެކުމުގެ ފުރުސަތު ދިނުން އެއީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ.

ގާތް މީހަކު، ނުވަތަ ތިމާ ބޭނުންވާ ގޮތައް އުޅޭ މީހަކު ޖަލުގެ ގޮޅިއެއްގައި ހައްޔަރު ވުން އެއީ ތިމާ ބޭނުންވާ ގޮތަކަށް ނުވާނެއެވެ. ގާތް މީހަކު ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް އެއީ ކުށެއްކަން ބަލައިގަތުމުގެ ހިތްވަރު ހުންނާނީ ވަރަށް މަދު މީހެއްގެ ކިބައިގައެވެ. ނަމަވެސް މުޅި މުޖުތަމަޢާއި ގުޅިފައިވާ ވަރަށް ހާއްސާސް މައްސަލަތަކުގައި ކުށްވެރިން ދޫކުރަން ގަދައަޑުން ގޮވާލާއިރު އެހެން މީހުންގެ ޙައްޤުތަކާއި މެދު ވިސްނާލަން ޖެހެއެވެ.

ނަފްސާނީ މައްސަލަތައް ހުންނަ ކޮންމެ މީހަކީ ކުށަކުން ބަރީޢަ ވެފައިވާ މީހަކަށް ނުވާނެއެވެ. ނަފްސާނީ މައްސަލަތައް ހުރިކަން ސާބިތުވެފައިވާ ބައެއް މީހުންގެ މައްސަލަ ރާއްޖޭގެ ކޯޓުތަކުގައި މިހާރު ވެސް އެބަ ހިނގައެވެ. މިސާލެއް ދަންނަވާނަމަ އިބްތިހާލްގެ މަންމަ އާފިޔާ އަހްމަދެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރި ނަފްސާނީ މައްސަލަތަކަކީ އޭނާ ކޮށްފައިވާ ކުށުން ބަރީޢަވެ، ބަންދުން ވީއްލަން ޖެހޭ ސަބަބެއް ކަމަށް އަދި ފަނޑިޔާރަށް ފެނިވަޑައެއް ނުގަންނަވައެވެ.

މިއީ އަޑުގަދަ މީހުން ބޭނުން ގޮތަކަށް ހުރިހާ ކަމެއް ނިމެމުންދާ ޒަމާނެވެ. އެންމެ މީހެއްގެ "ޙައްޤު" ހިމާޔަތް ކުރަން އެތައް ބައެއްގެ އެތައް ޙައްޤެއް ގުރުބާން ކުރުން އެއީ މައްސަލައެއް ކަމަކަށް ނުވެއެވެ. ރަނގަޅު ގޮތް ފެންނަނީ ހަމައެކަނި ތިމާމެންނަށް ކަމަށް ބައެއް މީހުން ހީކުރެއެވެ. އެހެންމީހުންގެ ޚިޔާލާއި ފިކުރަކީ ޒަމާނަށް ނުފެތޭ ކަޓު ޚިލާއި ފިކުރު ކަމަށް ނިޔާ ކަނޑައަޅާ އެގޮތުގެ މަތިން ކަންތައް ކުރަމުން އެބަގެންދެއެވެ.

ހުޅަނގުގެ ގައުމުތަކުގައި ހިނގާ ތަފާތު ހާދިސާތައް ޚަބަރުތަކުން އިވެއެވެ. މުސްލިމަކު ހަމަލާއެއް ދީފިނަމަ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އެގައުމަކުންނާއި އަދި ދުނިޔޭގެ މީޑިއާ އިން ވެސް ނިންމައެވެ. ނަމަވެސް ހަމަލާ ދިން މީހަކީ މުސްލިމަކަށް ނުވެއްޖެނަމަ އެމީހަކީ ނަފްސާނީ ކޮންމެވެސް މައްސަލައެއް ހުރެގެން އެފަދަ ހަމަލާއެއް އޭނާގެ ގަސްދެއް ނެތި ދެވުނު މީހެއް ކަމަށް ނިންމައެވެ. މިއަދު ރާއްޖޭގެ ކަންކަން ވެސް ހިނގަމުންދާ ގޮތައް ބަލާއިރު މިފަދަ ކަންކަން ހިނގުން އޮތީ ވަރަށް ގާތުގައެވެ.

ނަމަވެސް ވަކި ބަޔަކަށްޓަކައި އެހެން މީހުންނަށް ދެވޭ މިފަދަ ކޮންމެ ގެއްލުމެއްގެ ނަތީޖާ އާއި ދިގު މުއްދަތެއް ފަހުން ވެސް ކުރިމަތިލަން ޖެހޭނެކަން މިކަން ކުރި ބަޔަކު ހަނދާން ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. ފަރީޝާ

    ވަރަށް ރަނގަޅު އާޓިކަލެއް. ވެލެޒިނީ ރާއްޖޭން ބޭރުގައި ހުރި ގައުމެއްގައި ނަފްސާނީ ބައްޔަށް ފަރުވާކުރިބާ؟ ޢެތަނުގައި އޭނާބަރިިގެ މީހެއްނެތްގޮތަށް އުޅެފަ މާލެ އައި ފުލައިޓުގަބާ އޭނާއަށް ނަފްސާނީ ކަމެއް ދިމާވީ؟ ހީހީހަލާކު. ކޮންމެ ކުށެއްކޮށްފަވެސް ނަފްސާނީ ބަޔެއް ހުންނަ މީހެއްކަމަށް ބުނެ ނަފްސާނީ ޑޮކްޓަރެއްކައިރީގަ ބުނެގެން އެކުށުގެ އަދަބުން ބަރީއަކުރާނެ. ޢޭގެ ދެދުވަސްފަހުން ބޮޑެތި ވަޒީފާތަކުން ފެންނާނެ. ޢެއްޗެކޭ ބުނާެއިރަށް ދެން ބުނާނެ އޭނާ ފަރުވާ ހޯދައިގެން ރަނގަޅުވެފަޔޭ މޮހާރު އެހެރީ.

  2. ހާމަ

    ދީނަށް ފުރައްސާރަކުރާމީހުންނަށް ދީނުގަ ވާއަދަބު ދިނުމަށް ގޮވާލަން. ކޮން ނަފްސާނީ އެއް. މިލިއުން ވަރަށް ފުރިހަމަ

  3. ައާންމުން

    ވ ބޮޑު ތެދެއް

  4. ދުރުމީ

    ޢާދަމް ނަވާޒޫ ކީއްކުރާނީ. ތީ ހަމަ ނުބައި ނުލަފާކަން. ޢިޒްރޭލުމީހުނންކީވެސް ނަފްސާނީ ކުދިންކޮޅެއް.

  5. Ihushaxoo

    ރަގަޅު ވާހަކަޔެން . މަވެސް މީ މޑޕ މީހެއް އެކަމަކު ތިކަހަލަ ކަން ކަމާ ދެ ކޮޅު....????

  6. ނިއުމާގެ އަމާ

    ރަނގަޅު ލިޔުމެއް

  7. ދިވެހިތރ

    ދިވެހި ބައެއް މީހުން ބޭމީހުންގެ ރުހުން ހޯދަން ދީންވެސް ވިއްކާލާކައް ފަހެއް ނުޖެހޭ. ބަލާ މޯދީމެން، މީހުންބަޑައް ޖައްސާފަވެސް، ބުދެއް ހަދާލީ.

  8. ނީބުމަ

    އަސްލެއް .. ވަރަށް ތެދުހަގީގަތެއް.

  9. ޒަވިޔަނި ދާލު

    ޢަހަރެންގެ ސުވާލަކީ ވެލިޒިނީ އަކީ މުރުތައްދު ވެފއިވާ މީހެއްކަމަށް އިސްލާމިކް މިނިސްޓްރީން ނިންމި އިރު ތިބުނާ މީހުން އެދުވަހު އޭނާ އަކީ ސިކުނޑި މައްސަލަ ތަކެއް ހުރި މީހެކޭ ކިޔައިގެން ވާހަކަ ނުދެއްކީ ކީއްވެގެންހޭ؟؟ އެމަންޖެ ހައްޔަރު ކުރީމަތަ އެގުނީ އޭނާ އަކީ މޮޔައެއްކަން....
    ޝެއިޚް ޑރ. ޢިޔާޒް މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނިބާ؟؟ ސިޔާސީ ގޮތުން މީހަކު އެއްޗެއްބުނާ އިރަށް އެއަށް ރައްދު ދޭމީހެއް ވަީމަ މިހެން މިއަހާލަން ޖެހުނީ...

    • ޝަހްދާން

      އަހަރެންގެ ސުވާލަކީ އިސްލާމިކު މިނިސްޓަރީ އިން އޭނާ މުރުތައްދުކަމައް ނިންމުމުގެ ކުރީން އޭނަގެ ސަފްސާނީ ބަލިކަމެއް ނުވަތަ ބުއްދީގެ މައްސަލައެއް ހުރިތޯ ތަޖުރިބާކާރުންގެ ޒަރިއްޔާއިން ބެލިތޯއެވެ.؟ އަދި އޭނާ މުރުތައްދުވެފައި ވާނަމަ އޭނައައް ނަސޭހަތްދީ ތައުބާވާން އަދި ރިހިބިލިޓޭޓް ކުރަން އެއްވެސް ޕުރޮގުރާމެއް ހިންގިތޯ އާއި އަދި އެއީ ކިހާ މުއްދަތެއްގެ ޕުރޮގުރާމެއްތޯއެވެ. އަދި މިކަންކަން ނުކޮއް އޭނާގެ މައްޗައް މުރުތައްދުގެ ހުކުމް ކުރީ އެއީ އިސްލާމީ އުސޫލްތޯއެވެ.؟

      • ޒަވިޔަނި ދާލު

        ޢަނހަ!! ބަލަ ތިމީހުންނެއް ނޫންތޯ ބުނަނީ ޔާމީނު ވެރިކަމުގަ އެއްވެސް ކަމެއްނެތޭ އިންސާފުން ކޮށްފަ... އެހެންވީމަ އިންސާފަށް ގޮވާލާ މީހުން އެދުވަހު އެއްޗެކޭނުބުނީ ކީއްވެގެންހޭ؟؟ ތިމީހުންނަކީ ކިތަންމެ ކުޑަ ކަމެއް ވިޔަސް ސޯޝަލް މީޑިއާގަ ވާހަކަ ދައްކާ މީހުން... ޢެދުވަހު އިސްލާމިކް މިނިސްޓްރީން އެހާ ބޮޑު ނިންމުން ނިންމި އިރު ހަޕް ކިޔައިގެން ތިބީ ކިއްވެ؟؟

  10. މަރީ

    ތިޔައީ ހަމަ ހެޔޮ ވާހަކައެއް..

  11. ކިޔާމީހާ

    ބުރަދަންހުރި ލިޔުމެއް.އެކަމަކު ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަނެތް ފަރާތްތަކަށް.

  12. ޙާމް

    ނަފުސާނީ މައްސަލަ ހުންނަ މީހުންނަށް ކުރި ކުށުން ބަރީއަ ވެވޭ ނަމަ ށ.ގޮއިދޫގައި 5އަހަރުގެ ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި އެކުޑަ ކުއްޖާގެ މަންމަވެސް އެބަޖެހޭ ވަގުތުން ދޫކޮށްލަން

    • ސަމްސަރާ

      އެހެން ވިއްޔާމުން ގުރައިދޫގަ ގެންގުޅޭ ނަފްސާނީ މައްސަލަ ހުންނަމީހުންގެ ތެރެއިން އެއްބައިފަހަރު ރަނގަޅުވެފަ އަނެއްބައިފަހަރު ގޯސްވާ ވައްތަރު މީހަކު ދީނުންބޭރުވާކަހަލަ ބަހެއް އޭނާ ރަނގަޅައް ހުރި ދުވަސްވަރު ބުނެފިއްޔާ އޮންނާނީ ހަމަ މަރުގެ ހުކުމްދޯ.. ތިޔަ ބުނާ ގޮތުން.

  13. މިލިޓަރީ

    މިކަހަލަ މީހުން މި ޤައުމުން ބޭރުކުރޭ.

  14. ާޢާއިޝާ

    މީހުން މަރަނީވެސް ސިކުނޑީގެ މައްސަލަ އުޅޭމީހުން. ޖިންސީގޯނާ ކުރަނީވެސް އެކަހަލަ މިހުން. މަސްތުވަނީވެސް އެފަދަ މީހުން. ނޯމަލް މީހުން ނުކުރާނެ އެކަހަލަ ކަންކަމެއް. ވިމާ، ޖަލުތައް، ނަފުސާނީ ބަލި ހުރިމީހުން ބަިއިތިއްބާ މަރުކަޒު ތަކަށް ބަދަލުކުރަން ގޮވާލަން.

  15. އްފްޝިން

    މީނާގެ ކޭސް އާއި ވެލިޒިނީގެ ކޭސް އާއި ތަފާތެވެ. ކެއްސާ ކޮންމެ މީހަކީ އަދި ރޯނގާ ޖެހިފައިވާ މީހަކައް ނުވާހެން.. ދީނާއި ޚިލާފު ވެގަންނަ ކޮންމެ މީހަކީ ބުއްދިގޯސް މީހަކައް ވާކައް ނުޖެހެއެވެ. އެހެންވީމަ ޖެހެނީ އެމީހުން ބުއްދިގޯސްތޯ މެޑިކަލްކޮއް ނުވަތަ ނަފުސާނީ ޗެކަޕް ހަދައިގެން ދެނެގަންނަން. މިނޫން ގޮތަކައް އަމަލު ކޮއްފިނަމަ އެކުރެވެނީ ދެކޮޅު ނުބަލާ.. އެއީކީ އިސްލާމީ އުސޫލެއް ނޫނެވެ. ދެކޮޅު ނުބަލާ ރަނގަޅައް ނޭނގި ތިބި ފަތުވާދިނުމުންވެސް ބޮޑެތިގެއްލުންތަކެއް ވެއެވެ.

    • އާންތު

      ހަހަ އެކަންވެސް މަކަރުން ސިހުރުހަދައިގެން ބަލިކަމަށް ނުދެއްކިދާނެ؟ މީނާ މަރާ

  16. ޕީސީ

    އަންހެނަކަށް ބަދަލުވެފަދޯ

  17. Miadhu

    ފަޑިޔާރު މީހާއަށް ކިތަންމެ ހަދިޔާއެއް ލިބުނުކަމުގަވިއަސް ކުއްކުރާމީހާ ކުއްކުރުމުގެ ކުރިން އޭނާ ނަފްސާނީ މައްސަލައެއް ހުރިކަމަށް ޑަކުޓަރު ކަޑައަޅާފައިނުވާނަމަ އޭނާ ކުއްކުރީ ސިކުޑީގެ މައްސަލައެއް ހުރެގެންކަމަށް ކަޑައެޅިގެން ނުވާނެ އެހެންކަމުގައިވާނަމަ މުއްސަދި. ފަގީރު ނުބަލާ ކުށުގެ ތުހުމަތަށް ހައްޔަރުކުރާ ކޮންމެ މީހަކު ފުރަތަމަ ގެންދަނަޖެހޭނީ ސިކުޑީގެ ޓެސްޓެއް ހަދަން އެހެންވީމަ ސިކުޑީގެ ބަލިތަކަށް ޚާއްސަ ކުލިނިކެއް ޕޮލިހުގައި އުފައްދަން ވެއްޖެ. ޢައުސަރުކާރުން އެކަން ކުރަންފެނޭ

  18. ބޯގޯސް

    އައްސު ހަމަ ބޯ ހަމަނުޖެހޭ އަބުއި މީހުން އެއް ޖިންސުން ގުޅުން ހިންގައި އަންހެނަކަށް ހެދިގެން އުޅޭނީ.

  19. އަޒީ

    ކަލޭމެން ތީ ވަރައްރަނގަޅު ބައެއް ތިވާހާކަ ދައްކަން...

  20. ވޮއިސް އޮފް ހުވަދޫ

    ހުޅަނގުގެ ޑިމޮކްރަސީ ނުވަތަ މޫނު ބޭގެ ދިމާކުރާތީ އުސޫލު ތަށް ގޮވަނީ ، ހައިވާނުންގެ އުސޫލު އެއީ އެންމެ ކަމުދާ އުސޫލަށް ، ޖަނަވާރުންގެ ގިންތީން އެއްކިބާވުމަށް އިސްލާމްދީން އިންސާނުނަށް ބާރު އަޅާއިރު އަހރުމެން ދިވެހީން މިދީނަށް ބޮލާލާ ޖަހމުން ދާތަން މި އަދު މިވަނީ އާމްވެފައެވެ. ދީނަށް ފުރައްސާރަ ކުރާ ދިވެހީން މިއަދު މި އާމުވެ މި ދެކެނީ ނަފުސާނީ ބަލި ކުދީންގެ ގޮތުގައި، ސުބުހާﷲ ! ރަސޫލު ކަމަށް ދައުވާކުރި މެލަ ޒިނޭ ވެސް އެދޫކުރީ ނަފުސާނީ ބަލީގަ ، ދެން ދޫކުރާނީ ލޭ ޑީ ބޯއީ ، ދެން ގޭ ބޯއީ ، ވިސްނާލަ ބައްލަވާ މި ވެސް ސައްތަ އިން ސައްތަ އިސްލާމީ ހަޝާރަތެއް ، ހިތާމަ ހުރި.....

  21. ރާއްޖެ

    އަބޫ ޖަހުލު އެއީ ވެސް ނަފްސާނީ ބަލީގެ މީހެއް. ބުއްދި ހަމަ ޖެހޭ މީހެއް ނަމަ ކުރިމަތީގައި މުއުޖިޒާތް ފެންނަ އިރު އީމާން ވާނެ.

  22. ސަންގުމަރުމަރު

    އަދި ތިކަލޭގެ ވެސް ރާއްޖެ އަންނާނެ. އޭނާ މިމުޖްތަމައު ތެރޭގައި ވެސް އުޅޭނެ. ޖަޒީރާ ރާއްޖެއަކީ ހުރިހާ ކަމަކާ ހުރިހާ ދީނެއް ހުއްދަ ތަނެއްގެ ގޮތުގައި ހަދަން މިޔަހޫދީ އެމްޑީޕީ ބައިގަނޑު އުޅޭކަމީ އެނގޭ ކަމެއް. އެކަމަކު އެކަން ޤަބޫލެއް ނުކުރެވޭނެ އެމްޑީޕީ ބޮނޑިބަތް ކޭ އެކަކަށްވެސް.

  23. ގުޑުގުޑާ ދޫނި

    ޕޮލިސް ކޮމިޝަނަރ އަކަށް ވެސް ދީން ޤަބޫލް ނުކުރާ މީހަކު ޢައްޔަން ކުރަން އުޅޭ ކަމަށް ބުނެވެއެވެ.އެމީހަކީ ކުރިން ވެސް ޕޮލިސް އޮފިޝަރެކެވެ .މިހާރު ދިރި އުޅެނީ އޮސްޓްރޭލިއާ ގައެވެ.މިކަން މިމަގުން ހިންގުމުގެ ބޭނުމަކީ ވެލެޒިނީ މެން ފަދަ މޯހުނަށް ފުރުސަތު ދީގެން
    ޢެހެން ދީން ތަކަށް ފުރުސަތު ދިނުނެވެ.އެކަން މި5 އަހަރުގެ ތެރޭގައި ވަރަށް އާލާ ކުރާނެއެވެ.

  24. ާަްަަައެންޓި އަންނި

    ވަރަށް ސަޅި.ނައިސް ޖޮބް

  25. ޝައިޚް

    ދީނުގައި މުރުތައްދުވެފަތޯ ނޫންތޯ އާއި އަދި މުރުތައްދު ވެއްޖެނަމަ ދެން ހިންގަންޖެހޭ އިޖުރާއަތްތަކުގެ ކަންކަން އޮޅުން ނުފިލާ ވަރައް ގިނަ ދިވެހީން އެބަތިބިކަން ކޮމެންޓުތައް ކިޔާލުމުން ދޭހަވޭ..

  26. ކަނބުލޮ

    ތި ހަންޑި ތިއީ އަންހެނެއްތަ ؟ ފިރިހެނެއްތަ ؟
    އަންހެނަކަށްހެދިގެން އެއުޅެނީ ވެދާނެއެއްނު ފިރިހެން ހައްޓެއް ނެތީކަމަށް.

  27. މައިނޯރިޓީ

    އާއްމު އުސޫލުތަކާ އާދަތަކާ އާއްމު ވިސްނުމާ ތަފާތުކޮށް އުޅޭ މީހުންނަކީ މުޖުތަމަުގެ ރައްކާތެރިކަން ލިބެންޖެހޭ ބަޔަކަށް ހެދުމަށް ވިސްނުމަކީ އެހާގޯސްކަމެއްބާ. އެފަދަ މީހުން ތަފާތުކޮށް ފެނުމަކީ އެމީހުންނަކީ މުޖްތަމައުގެ މަދުބައެއްކަން އެނގޭކަމެއް. މެޖޯރިޓީ މީހުން މަދު ނިކަމެތި އެހެންމީހުނާ ތަފާތު ބަޔަކަށް ގޯނާކުރުމަކީ އަޅެ ބުއްދި ހަމަޖެހޭކަމެއްބާ. އިންސާނީ ވިސނުމުން ވިސްނުމަކީ އެހާ ގޯސްކަމެއްބާ

  28. ޢަލް

    ވަރަށް ރަނގަޅު އާޓިކަލް އެއް

  29. ާާަަިިިއ.އިސްމާލު

    ރަގަޅު

  30. ބަހޫ

    އާނ، އެއީ ސިކުނޑީގެ މައްސަލަ. އަޤީދާ ބަލިކަށިވެ ޖާހިލުކަން އިނތިހާޔަށް ދިޔާމަ ސިނކުނޑިއަށް ޖެހޭ ބައްޔެއް.

  31. ޢަލީ

    ދިސް އިޒް ދަ ބެސްޓް އާޓިކަލް އޮފް ޔުއާސް ސޯފާރ

  32. އާދަމް/މާލެ

    ވަރަށް ރަނގަޅު ލިޔުމެއް ކަމުގަ ދެކެން.

  33. ވާރޭ

    ޥަރަށްމޮޅު

  34. ިމީމު

    ހަޤީގަތުގައި ވަރަށްވެސް ފުރިހަމަ

  35. އަޒާ

    ވެލެޒިނީ އަކީ ނަފުސާނީ މައްސަލަ ހުރި މީހެއް ކަމަށް ޤަބޫލެއް ނުކުރަން، ނަފުސާނީ މައްސަލަ ހުރިނަމަ ޔޫރަޕުގައި ނޫޅެވޭނެ. އޭނާ އެއައީ ޖެނީވާ ގައި ހުރެފައި. އެއި ސުވިޒަލޭންޑް، ސުވިޒަލޭންޑަކީ ޔޫރަޕުގެ އެންމެ ކުރިއަރާފައިވާ އެންމެ މުއްސަނދި އެއް ޤައުމު..

  36. ހުސެން

    ވެލެޒިނީ އެއްވެސް މެންޓަލީ މައްސަލައެއް ނެތް.އޭނާ އައީ ރާއްޖޭގަ ސިޔާސީ ބާރުވެރި ޕާޓީއިން އަންނަން އެދިގެން.އޭނާ އަށް ހިމާޔަތްދޭނެ ކަމުގެ ޔަގީންކަމާއި އޭނާ ހައްޔަރުކުރުމުން ދޫކޮށްލާނެ ކަުމގެ ފުރިހަމަ ފެހި ސިގުނަލް ލިބުމުން އެއައީ.އަދި އޭނާ ދޫކޮށްލުމުގެ ގޮވާލި މީހުންނަކީ ކޮބައިކަން ދިވެހި ރައްޔިތުންނަކަށް ނޯޅޭނެ.ހަމަ އެގޮތަށް ތިޔަ ދެ ނައީމުމެން އަންނާނެ.ބޭނުމަކީ މިތާގައި ދީނީ މިނިވަންކަން އޮތްކަން ބޭރުގަ ގައުމުތަކަށް ދެއްކުން،އަދި އެމީހަކު ބޭނުން ދީނަކަށް މިގައުމުގައި އުޅެވޭނެ ކަމުގެ ފޮޓޯ ބޭރަށް ދެއްކުން،މިއީ ވަރަށް ހީލަތްތެރިކަމާއި ރޭވުންތެރިކަމާއެކު ކުރާ ކަމެއް.އާދެ މޮޔައީ މިކަން އެގިތިބެމެ ދިވެހިން އަޅާނުލާތީ،އެއީ މޮޔައެއް ކަމުގައި ގަބޫލުކޮށްގެން މިތިބީ އަސްލު މޮޔައިން.ދިވެހިން މޮޔަ ހައްދަންވެގެން މި ކުޅޭ ކުޅިވަރަކީ ވަރަށް ނުރައްކާތެރި ކުޅިވަރެއް.

  37. ހަދީޖާ

    ރާއްޖޭގައި މީގެ ކުރީންވެސް ދީނުން ފާޅުގައި ބޭރުވެފައި ތިބި މީހުން ތިބި އިރު އެމީހުންގެ ތެރެއިން ގިނަބަޔަކުވަނީ އިސްލާމް ދީނައް ރުޖޫއަ ކުރެވުފައެވެ. އެއީ މަސައްކަތުންނެވެ. ވީމާ ހަމަ މީހަކު ދީނުންބޭރުކަމައް ބުނެލާއިރައް އަދި އޭނާގެ މައްޗައް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރީން އޭނާ ދީނައް އަނބުރާ ގެނައުމުގެ މަސައްކަތް ވަރައް ހިކުމަތްތެރިކަމާއި އެކު ކުރަން ޖެެހެއެވެ. އަދި އެކަމުގައި އެކަށީގެންވާ ވަގުތާއި މަސައްކަތް ކުރުމައްފަހުގައި ނޫނީ ހުކުމްތަންފީޒު ކުރުމަކީ އިސްލާމީ އުސޫލުން ބޭރުން ކުރެވޭކަމެކެވެ.

  38. ޢަލިފުތު

    ކޮބާތޯ ބަނޑުއޮޑި ޝައިޚް..!

  39. ހަސަންފުޅު

    ކީއްވެތަ ހުވާ ކުރަން ގާތްވީމަ ރާއްޖެ އަންނަން ކެރުނީ؟ ހަމަ ގައިމުވެސް އޭނާއަށް ހިމާޔަތް ދޭނެ ބަޔަކު ތިބިކަން ޔަޤީން ވީމަ ރާއްޖެ އައީ. އެކަން ވަރަށް ސާފް. މިކަމާއި ގުޅިގެން ޝެއިޚް އިމްރާން ކީކޭތޯ ވިދާޅުވަނީ؟ ނުވަތަ ދީނީ އިލްމުވެރިންތަށް ކޮބައިބާ؟ ޕާޓީ އަށްޓަކާ ދީން ވިއްކާ ނުލާތި އެއްވެސް މީހަކު. އިސްލާމްދީނަށް ފުރައްސާރަ ކުރަންޏާ ނުތިބޭނަން އަހަރުމެން. ބޯބުރި ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނަން. ހަނދާން ބަހައްޓާތި!!!!!!

  40. Anonymous

    ބޯކަނޑަން ޖެހޭ އެއްޗިސްތައް މީ

    • Anonymous

      ޝައިތާނުންގެ މަގުން ހިނގަންފަށައިފިއްޔާ ބޯ ކެނޑިޔަސް އިސްލާހެއް ނުވާނެ އެމީހުންނެއް.

  41. ނުރަބޯ

    ރީނދޫ ބާރުހިނގާ އެއްވެސް ސަރަޙައްދެއްގައި ކުރާ އިސްލާމްދީނާ ޚިލާފް ޢަމަލުތަކާ ނުރުހިގެން އެކަމާ އިދިކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން އެންމެހާ ދިވެހި ރައްޔިތުން ދަންނަންޖެހޭނެ. މޮޔައެއްގެ އަތަށް ގަޞްދުގައި ކަނޑި އެއްދިނުމުން އޭނާ އެކަނޑިން މީހުން ގެ ބޯބުރިކުރަމުން ހިނގަން ފެށީމާ ދެން އެކަމާ ދެރަވުމުގެ އޮތީ ކޮން ފައިދާއެއް؟ ކުރިއަށް އޮތީ ތިޔަ ބާވަތުގެ ހުރިހާ ހިތްހަމަ ނުޖެހޭ މައްސަލަތަކާ ކުރިމަތިވާނެ ދުވަސް.

  42. އަހަންމަދު

    މިހަަރު އެއްކަލަ ސޭކު އިލްޔާސް، ސޭކުއިޔާޒުވެސް ނަފްސާނީ ކަމެއް ހުރެގެން އަނގައިންނުބުނަން އުޅޭހެން ހީވަނި އެޔޯމެންނައް ފުދޭވަރުވީތޯ

  43. ާަަަައކ

    ކޮންމެހެން މިމީހުން އުޅޭގޮތް ޕްރޮމޯޓް ކުރަން ޖެހޭތަ. ޖަހާނެ އެއްޗެއް ނުލިބިގެންތޯ ތިއުލެނީ.

  44. މުނީ

    ޥަރަށް ރަނގަޅު ލިޔުމެއް. ޢަދީބު ފިނިފެންމާ ލޯންޗު ގޮއްވާލަން އުޅުނީވެސް ނަފްސާނީ މައްސަލައެއް ހުރެގެން އެކުއްޖާވެސް ދޫކޮއްލުމަށް ގޮވާލަން. ޢީވާމެން ވެލެޒިނީއަށްވުރެ ނަފްސާނީ މައްސަލަ ބޮޑުހެންހީވޭ

  45. ދަނބު އިއްބެ

    ނަފްސާނީ ބައްޔޭ ކިޔަނީ އުޒުރެއްގެ ގޮތުން...މީހަކު މަރާފަވެސް ނަފްސާނީ ބައްޔެއް. އިބްތިހާލް ނަމަކަށް ކިޔާ ތުއްތު ކުއްޖެއް ރަހުމުކުޑަކޮށް ރާލުމުންވެސްއީ ނަފްސާނީ ގޮތުން ބަލިވީމަ އޭނަ މަންމަ ކުރި ކަމެއް...މިދެން ޖޯކެއްނު!

  46. ސ

    ހިތަާމަ ހުރިކަމެއް.

  47. ހަސަންބެ

    ވަގުތު ކަލޭމެން ކޯއްޗެއް ސާބިތުކޮށްދޭންވެގެން ލިޔާ ލިޔުން ތަކެއްތީ...ހަޖަމް ކުރަން ދަސްކުރަން ވެއްޖެދޯ....ޔާމީން އަތުނ ކެވިފަހުރިލެއް ގިނަކަމުން އަލާ ނުކެންޑެނީ ދޯ އަދިވެސް...ގަޓެއްހުރިޔާ މި ކޮމެންޓު ޖަހާލަ ބަލަ....

    • ާައަހުމަދު

      ކަލޭވެސް ތީ ނަފްސާނީ ބަލިޖެހިފަ ހުރިމީހެއް ދޯ ފުރެންޑޫ؟

  48. އަމީން

    ރަގަޅު ވާހަކައެއް. ހުޅަގުގެ ހިޔާލު ގެންގުޅޭމީހުން މިހާރު ވަރަށް ގިނަ

  49. ޙަސަން ނިހާދު

    ޢަޅުގަނޑު ބުނެއްލަން އޮތީ އިސްލާ ދީނައް ފުރައްސާރައް ކުރާ މީހުން މޮޔާން ކަމައް ބުނެއް ދޫކޮއް ލުމައްކީ ރަނގަޅު ކަމެއް ނޫން އެމީހުން ހަޔަރުއް ކުރޭއް