ވެލާނާ އިންޓަނޭޝނަަލް އެއާޕޯޓްގެ އާ ރަންވޭ ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުގެ ޓްއަރިޒަމް ސީޒަން (ޑިސެމްބަރ-ޖަނަވަރީ) ގައި ކަމަށް އިންތިހާބީ ރައީސް އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީން ވިދާޅުވެއްޖެއެވެ.

ސްޓޭޓް އޯން އެންޓަޕްރައިސަސް އެނަލައިޒް ކުރުމަށް އުފެއްދި އިންތިގާލީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހުޅުވައިދެއްވި ހުޅުލޭގައި އަލަށް ތަރައްގީ ކޮށްފައިވާ ރަންވޭ ބޭނުން ކުރަން ފެށެނީ ސީޕްލޭން ޓާމިނަލް ބަދަލު ކުރެވިގެން ކަމަށެވެ.

ސީ ޕްލޭން ޓާމިނަލް ބަދަލު ކުރުމަށް ޓާމިނަލްގެ ކޮންސްޓްރަކްޝަން މަސައްކަތް ދަނީ ކުރިއަށް ކަމަށާއި މައުލޫމާތު ލިބޭ ގޮތުގައި އަންނަ ޖޫން މަހު ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެހެން ކަމުން އަންނަ އަހަރު ސީޒަނަށް އާ ރަންވޭ ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް އިލިޔާސް ވިދާޅުވިއެވެ.

ރަންވޭ ބޭނުން ކުރަން ފެށޭނީ އަންނަ އަހަރު ފަހުކޮޅު ކަމަށް އިލްޔާސް ވިދާޅުވި ނަމަވެސް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު "މިހާރު" ނޫހަށް ވިދާޅުވީ، އާ ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ރަންވޭ އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް ކަމަށެވެ. އެމަސައްކަތް ނިމި އަންނަ ޑިސެމްބަރ މަހު ރަންވޭ ބޭނުން ކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އާ ރަންވޭ ބޭނުން ކުރަން ފެށޭނީ އަދި އެއް އަހަރު ފަހުން ކަމަށް އަލަށް ވެރިކަމާއި ހަވާލުވާ ބޭފުޅުން ވިދާޅުވުމަކީ އެބޭފުޅުންގެ ނާގާބިލް ކަން ކަމަށެވެ.

"ރަންވޭގެ މަސައްކަތް ނިމި ދުނިޔޭގެ އެންމެ ބޮޑު ސައިޒަގެ މަތިންދާބޯޓް އެވަނީ ޖައްސާފައި. މާނަ އަކީ ރަންވޭ މިހާރު އެއްގޮތައް އޮވެ، އަދި މިހާރު ހުރި އިމާރާތްތައް ހުރި ގޮތައް ހުރެ ވެސް ރަންވޭ ގައި ފްލައިޓް ޖެއްސޭނެއޭ. އެދައްކަވަނީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން." އޮފިޝަލް ވިދާޅުވިއެވެ.

އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އާރަންވޭ އާއި އާޓާމަނިލް ނިމުމުން އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތް ދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މުހައްމަދު

    އަވަހަށް ރައީސް ޔާމީން އެޅި އެރޕޯޓް ޖީއެމް އާރަށް ވިއްކާލާ ލަސްނުކުރޭ

  2. މަ

    ބޭނުންކުރެވޭ ވަރުވާނީ*

  3. ބުއްޅަބޭ

    އިންޑިޔާއާ އަވަހަށް ހަވާލުކުރޭ!

  4. Anonymous

    އަވަހަށް ތިއެއާޕޯޓު ޖީއެމްއާރ އަށްދީ، ކުރީގެ އެއާޕޯޓަށްވުރެ މާފުރިހަމަ ބޮޑު އެއާޕޯޓެއްވީމަ އިންޑިއާމީހުން މިހާރު ތިބޭނީ ފަޔަށް ހިނިއަރައިގެން

  5. ދަންނަ ނުދަންނަ

    އޭރުން ބުނެވޭނެއެއްނު އެމްޑީޕީ ވެރިކަމެއްގައޭ އާ ރަންވޭގަ ފުލައިޓު ޖައްސަންފެށީ.

  6. ކޭ ބީ

    އަންނަ އަހަރު ސީޒަން ފެށޭނެ ޖެނުއަރީ 1، 2018

  7. ައަދުލު

    މަކަރުވެރިން އަބަދުވެސް ކަމަކައްވާނީ އޮޅުވާލުން އަނގައަރުވާމީހުންނަކީ އެއްވެސް ބައެއްނޫން

  8. އަބޯ

    މިމީހުން ވެރިކަމަށްއައިސް އަވަހަށް ރަންވޭއެއް ހަދައިފީމޭ ބުނަންތަ ލަސްކުރަނީ

  9. އަލީ

    ތިޔައިލިޔާސް ލަބީބުއަކީ ވަރަށްބޮޑެތި ދޮގުހާދާ ބޮޑުދޮގުވެރިއެއް! އޭނަ ދައްކާވާހަކަ ގަބޫލުކުރަން ހެއުނުވާނެ! އިންތިގާލީ ކޮމެޓީގައިތީ މުޅިންވެސް އެންޑިޕީމީހުން މިނިވަނަކުނެތް!