ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން އަމިއްލަ ގެކޮޅު، ގ.ދޫވެހީގައި ދިރިއުޅުއްވިއިރު، އެ ގެކޮޅުގެ ފާރުމަތީގައި ފެންސެއް ޖެހުން ފިޔަވައި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒް މިގޮތަށް ވިދާޅުވީ، ރައީސް ޔާމީން، ދޫވެހީގައި ދިރިއުޅުއްވިއިރު، ރައީސަކު ހުންނަވަން އެކަށީގެންވާ މިންވަރަށް އެތަނުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށް، މަރާމާތުކުރަން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގި ކަމަށް "މިހާރު" އިން ލިއުމުން އެކަން ދޮގު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މުއާޒް ވިދާޅޫވީ ދޫވެހީގައި ސަލާމަތާއި ރައްކާތެރި ކަމަށް ކުރި ކަންކަން އެހެރީ ފެންނަން ކަމަށެވެ. އެ ގެކޮޅުގެ، ދެ ފަރާތުގެ ފާރުމަތީގައި ޖެހި ފެންސްއެއް ފިޔަވައި އިތުރު ޚަރަދެއް ދައުލަތުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސެކިއުރިޓީން ތިއްބަވަން ދޫވެހީގެ 20000 ރުފިޔާ އަށް ކުއްޔަށް ދެވޭނެ އެޕާޓްމަންޓެއް ހަމަޖައްސަވައި ދެއްވި ކަމަށް މުއާޒް ވިދާޅުވިއެވެ.

އެެ ހަރަދަށް، ރައީސް ޔާމީނަށް ދައުލަތުން އެންމެ ލާރިއެއް ވެސް ލިބިފައި ނުވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

ދޫވެހީގައި ދިރިއުޅުއްވިއިރު ރައީސް ޔާމީން ނަންގަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަން ވެސް މުއާޒް ފާހަގަ ކުރެއްވެވިއެވެ.

ރައީސް ޔާމީން މިހާރު ގެންދަވަނީ މާދަމާ ހިލާލީގެ އިން ނިކުމެ ވަޑައިގެން އެމަނިކުފާނުގެ ދިރިއުޅުއްވުން އަމިއްލަ ގެކޮޅަށް ބަދަލު ކުރައްވަން ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޚަތހެެބ

    ޥަގެ

    • Anonymous

      ކޮބާ ހީވެއްޖެ ކަމެއް. ސިހުރު ބޮނޑިބަތް ތިވަރަށް ކެވޭނީ.

  2. ޙަމެ

    ކޮބާހީވެ މޑޕ އިން ރައީސް ޔާމިން އާބެހޭގޮތުން ހާދަހާ ދޮގެއް ނަފުރަތު އުފައްދަން ހާދާފަ ހުންނާނެ އެދޯ. ސުބުހާނައްﷲ .

  3. ނަބީހް

    ފަސްމާމުލުންގެ ފަަސްވަގުގެ ބޮޑުމީހާ

    • Anonymous

      ކެނެރީ ނަޝީދު ދޯ؟ އޭނާގެ އަޢުވާނުންނަށެއްނު ވޯޓު އޮޅުވާލާނެ ހުރިހާ ގޮތެއް މާކުރިން އެނގިފަ ތިބީ

  4. ޓީ

    ނަޒާހަތްތެރިކަމުގެ ނަމޫނާ.

  5. ތަދީ

    ގިނަގިނައިން ވައްކަނަ ކުރާ މީހުން އެހެން މީހުންނަށް ވަގަށް ގޮވާނި.

  6. ޚާލިދު

    މުއާޒު ތިހެން ބުންޏަސް ޤަބޫލު ކުރެވޭނީ ކިހިނެއް. ތެދުބަހުން ވާހަކަ ދައްކާނީ ހަމައެކަނި މިހާރު ނޫހާއި މިއަދު ނޫހާއި އެމްޑީޕީ ސަޕޯޓަރުން

  7. ރަޝީދުބެ

    ނާއްޕޭ ގާތުން ސުވާލުކުރުމުން އެގޭނެ ގަލޮޅު
    ދޫވެހީގެ ޖެހީހުސް ފެންސުތޯ؟

    • Anonymous

      ތި ސުވާލު ކުރާއިރު އަހައްޗޭ ދައުލަތުންތޯ ފައިސާ ދެއްކީ ނާއްޕެ އަށް. މީހުންނަށް އޮޅުވާލަން އުޅުނަސް ތީ ބޮޑުވަރު.

  8. ކަމަނަ

    ކުރިއަށް އޮތްތާ ރައްކާތެރިކަމާއެކު ކުރަނހުރިވައްކަންތައް ގިނަޥީމަ ވަގަށް ގޮވަނީ.. ތިބޭ ބަލަން

    • ޔަޝް

      ހޫނނނނނނ