ދިހަ ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އަދާލަތު ޕާޓީ އިން ފަށައިފިއެވެ. އަދާލަތު ޕާޓީ އަށް ދިހަ ހާސް މެންބަރުން ހަމަ ނުވާތީ އެޕާޓީ އަށް ދައުލަތުގެ ބަޖެޓުން ފައިސާއެއް ނުލިބެއެވެ.

އަދާލަތު ޕާޓީގެ ވޮލެންޓިއަރުންނާއި އެޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ރޭ ބައްދަލު ކުރައްވާ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ ކުރިން އަދާލަތު ޕާޓީ ދިހަ ހާސް މެމްބަރުން ހަމަކުރައްވާނެ ކަމަށާއި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށެވެ.

އަދާލަތު ޕާޓީގެ އާންމު މެންބަރުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އަދާލަތު ޕާޓީގެ އާންމު މެންބަރުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އަދާލަތު ޕާޓީއަށް ފައިސާ ލިބުން ހުއްޓުނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 2015 ވަނަ އަހަރު ގެނައި އިސްލާާޙާއި ގުޅިގެންނެވެ.

އިމްރާން ވިދާޅުވީ، އެޕާޓީ ނައްތާލުމަށް ވޭތުވެ ދިޔަތަނުގައި ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެެސް އަދާލަތު ޕާޓީ ސަލާމަތް ވެފައި ވަނީ އެޕާޓީގެ މެމްބަރުން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ.

އިމްރާން ވިދާޅުވީ، ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އަދާލަތު ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަކުރުމަށް ކުރަމުން އައި މަސައްކަތް ބަޔަކު ފެއިލްކޮށްލީ ވަރަށް ބޮޑަށް ރާވައި އޮގަނައިޒްކޮށްގެން ކަމަށެވެ. އެހެންވެ ޕާޓީއަށް ލިބިފައި ހުރި ފޯމްތައްވެސް ހުށަނާޅައި މަޑުޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބިފައި ހުރި ފޯމްތައްވެސް އަޅުގަނޑުމެން މިތިބީ މަޑުޖައްސާލައިގެން. މިދުވަސް އައުމުގެ ފޮނި އުއްމީދުގައި. ﷲ އިރާދަ ކުރެއްވީތީ އަޅުގަނޑުމެން ދިހަހާސް މެމްބަރުން ހަމަކުރުމަށް، ގާތް ގަނޑަކަށް 3500 ފޯމް ބޭނުން ވަނީ. އާދެ މިހާ ހިސާބަށް އަޅުގަނޑުމެންގެ ހިއްވަރުގަދަ މެމްބަރުންގެ މަސައްކަތުން ގާތް ގަނޑަކަށް ދެ ހާހެއްހާ ފޯމް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. ބާކީ އިތުރަށް ހޯދަން ޖެހެނީ 1500 ވަރަކަށް ފޯމް." އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އާންމު މެންބަރުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އަދާލަތު ޕާޓީގެ އާންމު މެންބަރުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އިމްރާން ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާއެއް ދޮޅު ހަފްތާއެއްގެ ތެރޭގައި އަދާލަތު ޕާޓީގެ މެމްބަރުން ވަރަށް ހިއްވަރާއި އެކު ނުކުމެވަޑައިގެން ޕާޓީއަށް 1500 ފޯމު ހޯއްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިމްރާން ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު އެޕާޓީގެ ޕާޓީގެ ދައުރު ފެނިގެން އެބަދާ ކަމަށެވެ. އަދި މިއަދާއި ހަމަށް އާދެވުނީ ދިވެހި ރައްޔިތުން ކުރި މަސައްކަތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޓާޓާ

    އިތުރު ނުވާނެކަމަށްބެލެވެނީ

    • ރިފޯމު

      އައިޑީކާޑުގަ ޖަހަންވެސް ފޮޓޯނެގުމަކީ ހަރާމްކަމެކޭ ކިޔާއުޅުނުމީހުން ޕާޓީ ޕްތޮމޯޓުކުރަން ޕޯސްޓަރުގަ އެހުރީ ފޮޓޯޖަހާފަ. ގެޔަށްވައްދާ ކިރުދަޅު ބޭރުގައިންނަ ގެރީގެ ފޮޓޯގަވެސް މާކަރުންކުރަހާ ފޮހޭމީހުން ކެންޕޭންގަ ކެންޑިޑޭޓުގެ ފޮޓޯޖެހުމުންވެސް އެކަމާދެކޮޅުވާމީހުން. މިހާރު ހަމަރަގަޅަށްވެސް މިތިބީ ހުޅަގުގެ ޑިމޮކުރަސީދަސްވެފަ. އީސީ ޝަރީފުކައިރީގަ ބުނަނިކޮށް އަދަދު ހަމަކޮއްދީފާނެ. ކޮންފޯމެފުރާކަށް.

  2. ނަސްރާ

    ފޮޓޯތަކައް ބަލާލާ އިރު ފެންނަނީ އަންހެނުންގެ މޭޒުތަކާއި ފިރިހެނުންގެ މޭޒުތައް މަސްހުނި ކުރެވިފައިވާ ތަން.. މިއީ އަޅުގަނޑުމެން ކުރީގަ ދެކުނު އަދާލަތު ޕާޓީއެއް ނޫން..

    • ނަސީމް

      އަދާލަތު އެއޮތީ ރިފޯމް ވެފަ.. އެހެންތާވާނީ އަހިވަކާ ޖެހުނީމަ ހަމަ އަނެއް އަހިވައްވެސް ހަލާކުވާނީ..އަދާލަތަކީ ވަރައް ގިނަބަޔެއްގެ ހަގީގީ އިޚްލާސްތެރި ނިޔަތުގައި ދީނައް ޚިދުމަތްކުރުމުގެ ރޫޚުގައި އެކުލަވާލި ޕާޓީއެއް..އެޕާޓިގެ އިސް ސަފުގައި ތިބި ބަޔަކު ސިޔާސީ މައިދާނައް މާބޮޑައް ހިއްކިޔައިގެން ޕާޓީގެ އަސްލު މަގުސަދާއި މިސްރާބުގެއްލުނީމަ އެތާގަ އުޅުނެ އަސްލު އިޚްލާސްތެރި ބޭފުޅުން އެއިން ދުރައް ޖެހުނީ.. އެފަހުން މިހާރު އެ ޕާޓީއަކީ ސިޔާސީ އޮއިވަރުތަކުގަ އެކިފަހަރު އެކި ގޮތައް މިސްރާބު އޮޅިފަ އެގޮަތް މިގޮތައް ދުވާ ޕާޓީއެއް.

  3. Miadhu

    މިއީ ކަލޭމެންގެ ސަރުކާރު ޝަރީފު ގާތު ބުނެލާ ރަޖިސްޓްރީ އަށް އިތުރު ކޮށްދޭށެ

    • ހެހެހެހެ

      ތި ނޫން ގޮތަކަށް ތިކަމެއް ނުވާނެ. ކާކު އަދާލަތު ޕާޓީއަށް ވަންނާނީ!

  4. ދޮންދީނި

    ހަދާންނައްތާލަ ދެންވާނީ މަދު

  5. ރއދ

    އެއްވެސް ދިވެއްސަކު އަދާލަތު ޕާޓީގެ ނަންބޯޑު
    ނަގަހައްޓަން އުޅުމަކީ ކުރަން ހިޔޮވާވަރުގެ ކަމެއްނޫނެވެ. އޭތިޖެހޭނީ ކުނިގޮނޑަށް އެއްލާލަން

  6. ބާނިޔޫސޭ

    މާބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ. ސްޕްރީމް ކޯޓުގެ ހުކުމަކުން ޢަދަދު ހަމަކޮށްލާ.

  7. މުހަންމަދު

    އެންމެންގެސަމާލުކަމަން އިޔަޕާޓީއަކީ މީހުންވަގަންވައްދާޕާޓީއެއް ސަމާލުވަޔާ

  8. ދދދދ

    އަދާލަތު ނައްތާލަން އުޅުނީ ކޮން ބައެއް؟ މީހުންކޮޅެއް ހޯދައިދިނީ ކޮންބައެއް؟ ކެރިބަލަ ބުނަން. ހާދަހާ ހަޔާތް މަދޭ މަގޭ ފަހަރި.

  9. ޢަންނި

    ޢުވާލާ އެކަކުވެސް ސޮއި ނުކުރާތި. ތީ ޖަޒީރާ ރާއްޖޭގަ އޮންނަންޖެހޭ ޕާޓީއެއް ނޫން.

  10. ޭަބޮއިހަލާކު

    ތަންކޮޅެއް ކުރިންވެސް ތިއަދަދަދު ހަމަކުރަން އުޅުނު ދީން ވިއްކައިގެން ކައިގެން ބޮއެގެން އުޅެނީ ޝުކުރިއްޔާ

  11. މުހައްމަދު

    މޮޔަވެގެންދޯ މިއުޅެނީ މަވާސަލާން ދެން ޖަރީމާޕާޓީ ހެހެހޭ

  12. ޔާމިން

    ތިޔައީމިގައުމުގެހަލާކު.ކާމިޔާބްނުވާނެ

  13. އަލީ

    ސާބަހޭ އިމްރާނޫ

  14. އަލީ

    ދެންތިޔަޕާޓޓީއަކަށް ވަންނާނެ ދިވެއްސަކުނެތް ދޫީނޭ ކިޔައިގެން އަމިއްލަ ފައިދާހޯދައި ދީނަށް ފުރައްސާރަކުރާ މީހުންނާގުޅިގެން ތިޔައުޅެނީ! ބަންގާޅުނ މީހުންގެނެސް ދިހަހާސް ހަމކުރޭ! ޓެރަރިސްޓް އިމްރާނު

  15. ހުސޭނުބޭ

    ޝައިޚް އިލްޔާސް ބުނީ ރާއްޖޭގައި އިސްލާމްދީން އޮންނަނީ ކޮންމެހެން ޔާމީނު ހުންނާތިއެއްނޫނޯ! އެހެންވިއްޔާ އަދާލަތު ޕާޓީވެސް އޮންނަނީ ކޮންމެހެން 10000 މެމްބަރުން ހަމަވެގެނެއްނޫންތާ! އަދި ނުވިތާކަށް އަދާތަތު ޕާޓީގެ މީހުން ދީނަށް ފުރައްސާރަކުރާ މީހުންނާއެކު މަޖިލީސްކުރިޔަސް އޯކޭނު!

  16. އިންސާނާ

    ތިޕާޓީއައް 10000 ހަމަވިޔަ ނުދޭން ކުރެވެން ހުރި ހުރިހާކަމެއްކުރާނަން