އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެލައްވަން ކުޑަތަންވުމުގެ އުފަލުގައި ކޯލިޝަންގެ ފަރާތްތަކުން ކުރިއަށް ގެންދާ ދުޅަހެޔޮ ހަށިހެޔޮ އީދުގެ ހަރަކާތެއްގެ ގޮތުން ސިނަމާލެ ބުރިޖުގައި ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އިބޫ މާދަމާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހުވާކޮށް އާ ސަރުކާރެއް އެކުލަވާލައްވާއިރު އެކަމާއި ގުޅިގެން ކުރިއަށް ގެންދާ ދުޅަހެޔޮ ހަށިހެޔޮ އީދުގެ ތެރޭގައި ހިމެނޭ ދުވުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ސިނަމާލެ ބުރިޖުގެ ރަންގެ ގޮތުގައި ކުރިއަށް ގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ 16:00 ގައެވެ. ދުވުމުގައި ބައިވެރިވުމަށް އާއްމުކޮށް އެންމެންނަށް ވަނީ ހުޅުވާލާފައެވެ.

މާލޭ ބުރިޖު ސަރަހައްދުން ފަށާދުވުން ހުޅުމާލެއަށް ގޮސް ހުޅުމާލޭ ބޮޑުމަގުގެ ވަކި ހިސާބަކަށް ދިއުމަށްފަހު އަނބުރާ މާލެއައިސް ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދުގެ ހަރަކާތުގެ ތެރެއިން ތަފާތު ކުޅިވަރުތައްދަނީ ރާވާ ހިންގަމުންނެވެ. އެގޮތުން މިހާރުވަނީ ކޯލިޝަންގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެން ފުޓްބޯޅަ މެޗްތަކެއްވެސް ވަނީ ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކީކޭބުނާނީ

    މިވީ ކޯއްޗަކަށް

  2. އަހަންމާދީ

    ދާން ބޭނުން އެކަމު އޮފީސް ދުވަހެއްނު އެއީ ?

  3. ދުރުމީ

    ނަސީބެއްނު ޔާމިނު ތި ބުރިޖު އެޅިކަން. ލަދެއް ހަޔާތެއްގެ ކަންފުޅެއްވެސް ކަލޭމެންގެ ނެތް ދޯ؟.ތިނޫން ތަނެއް ދުވަންވެސް ނުފެނުނުދޯ.

  4. ތޫބެ

    ވެލްޒިނޭވެސް ގެންދާތި ދުވަން

  5. ބުރިޖުބޮއިކަޓު

    ޔާމީނު ޗައިނާކުންފުންޏަކާ ހަވާލުކޮށްގެން ދިވެހިރައްޔިތުންގެ ލާބައަށް ހަދާފަދޫކުރި ބުރިޖުމަތީގަ ކޯލިޝަނުގެ ސަޕޯޓަރުން އުފާފާޅުކުރަން ދުވަނީއްޔޭ. އޭރު އެއްކަލަ ބުރިޖު ބޮއިކަޓުކުރި ލީޑަރުންތައް ތިއްބަވާނީ އަނެއްކާ ކޮންތާކުތޯ؟

    • ޅަދު

      ޢަންނިއަަ ގާސިމް ބުރިޖަށް އަރާނެބާ. ޙިތަށް ކެތްވާނެބާ. ޜައީސް ޔާމީންގެ މަސައްކަތް ފެނި ހިތް ފަޅައިގެންދާވަރުވާނެ

  6. .އާނ

    .އުމުރު ދުވަހު ތެޅުނަސް ތިބައިގަނޑާ ޖެހޭނީ ޔާމީން ފަހާ ދުވަން ޔާމީންގެފައިން ހިނގަންވެސްޖެހޭނީ މިހާރު މިގައުމުގާ ކުުރާނެމާ ބޮޑުކަމެއް ނެތްކަން ކަށަވަރުވީމާ ވެރިކަމަށް އަރާތިބިބައެއް ވެރިކަން ކުރާނީ ދޮގާ މަކަރާ ފަސާދައާ އަނގަ ވިއްކައިގެނ.

  7. ނަގޫރޯޅި

    ޗައިނާއައް ސަލާންޖަހައިގެންވެސް ބްރްއަޅާދިނީތީ ރ.ޔާމިނައް ސުކުރު އަދާކުރަން. އެހެންނޫންނަމަ ތިބުރިޖް އަޅަން އުޅުންއިރު ފުރައްސާރަޔާ މަލާމާތް ރައްދުކުރި މީހުން އުފާފާޅު ކުރުމައް އަރާނެ ބުރިޖެއްވެސް ނޯންނާނެ. ދެން އަތްޖަހާ.

  8. ޖަޒީރާ

    ބަލަ ތި ބްރިޖަކީ ޔާމިނުގެ ލާރީގަ އެޅި ބްރިޖެއްތަ؟ ތިއީ ރައްޔިތުންގެ ލާރީގަ ހުރިހާ ރައްޔިތުން ބޭނުން ކުރަން އޮތް ތަނެއް!

  9. އަހަންމަދު

    ރައީސްޔާމީނަށް ފަށްފަށުން ޝުކުރިއްޔާ އަޅުގަނޑުމެންނަށް މިހާފުރިހަމަ މިވަރުގެބޮޑު ބރިޖެއް އަޅުއްވައިދެއްވީތީ ތިވަރެއްނެތް. ތިޔައޭ މިގައުމުގެ ރޫހަކީ. މާދަމާ އަހަރެމެން ބުރިޖައް އަރާ އެންމެންވެސް މަނިކުފާނު ގައުމަށް ކޮށްދެއްވި ރަންޚިދުމަތްތަކުގެމަތިން ހަނދާންކޮށް އެކަމުގެހަނދާން އާކުރާނަން. މާދަމާއާކީ މަނިކުފާނުގެ އަގުވަޒަންކުރާދުވަސް

  10. ޤައުމު

    ކީއްކުރަން ތިޔަ މީހުން ބުރިޖްއަށް އަރަނީ. ބުރިޖްއަކީ ރައީސް ޔާމީން ހެދި ތަނެއް. ބުރިޖްއަށް ނާރަން ބަޔަކު ފޫކަހަ ކަހާފަވެސް އުޅުނު. އެހެންވީމަ ރަނގަޅު ގޮތަކީ ތިޔަ މީހުން ތިޔަތަން ބޭނުން ނުކުރުން.

  11. ގަމާރު

    އަޅޭ..! މަނަމަ ތިޔަ ބުރިޖަކާ ވައިވެސް ނޭޅުނީސް .!