އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދާއި ހަމައަށް ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލިފައިވާކަމަށާއި، އަދި އިންސާފު ނުލިބިފައިވާކަމަށް ގަބޫލުފުޅުކުރެވޭ ކަމަށެވެ.

އެހެންވެ އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުގެ އެދުމުގެ މަތިން އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަތުމަށް ނިންމާފައިވާކަމަށް މުއާޒް ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާދަކުރައްވައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ނާކާމިޔާބުވުމުން، ފުރަތަމަ އެ ނަތީޖާ އެމަނިކުފާނު ގަބޫލުފުޅު ކުރައްވިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ އިންތިޚާބު އޮޅުވާލާފައި ކަމަށް ބުނެ، އިންތިހާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ސާބިތު ނުވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އަދި އޭގެ ފަހުން ރިޔާސީ އިންތިޚާބުގެ ކަންކަން ތަހުގީގު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތެވެ. ނަމަވެސް ކޯޓުން އެކަމަށް ވަކި އަމުރެއް ނުނެރުނެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ނުރަބޯ

    ރަގަޅު ނިންމުމެއް.

    • Anonymous

      ގަޓެއް ނެތް ފިނޑިއެއް.

  2. ވަހީދު

    އެހާ ޚަރަދު ބޮޑު ހުވައެއް ކުރާ ތާކަށް ދާން ހެޔޮވެސް ނުވާނެ.

  3. ދިވެހި ދަރިއެއް

    ރަގަޅު ނިންމުމެން.

  4. ޝާ

    ސާބަހޭ ރައީސް ޔާމީން .ތިއީ އަބަދުވެސް އަހަރެމެންގެ ރައީސްއަކީ އަހަރެމެންވެސް ޤަބޫލެއްނޫން ބައިވެރިވާކަން.

  5. ފާތުން

    ތިޔަ ނިންމުމަށް މަރުހަބާ.

  6. ތަކުރު

    މާބޮޑަށް ހާޓް ވީ ދޯ؟

    • ޭސާނިޔާ

      އާނ ބިރުގަތީ އެ ??

  7. މޯދީ

    އާނ ދާނެކަމެއްނެތް.????

  8. ޟުބީ

    ލޮލް

  9. އާދަނޫ

    ހަޖަމް ނުވީދޯ

  10. އަބުލޯ

    ރަގަޅު މިއަދާ ހަމަޔައް އާއިރުވެސް ވޯޓާބެހޭ ޖަވާ ނުލިބާ ޕާޓީ ޔާ ބެހޭގޮތުނަ ވެސް ގޮތެއް ނުނިއްމާ ފަސް ކުރީ

  11. ކޯ.

    މަރުހަބާ.

  12. ގަޓޭ

    ކޮބަަ ގަޓުބެ، ނެއް ދޯ ހިއްވަރެއް؟ ެހހެހެހ

  13. ސަނާ

    ކަޑަވީ ދޯ

  14. ބިކަ

    ތިޔައީ ރަނގަޅު ރައީސެއްގެ ރަނގަޅު ނިންމުމެއް ސާބަސް ރައީސް ޔާމީން.

  15. ާަނަހުލާ

    ސާބަހޭ ރައީސް ޔާމީން ???

  16. ޙަސަން

    ސާބަސް! ލޮބުވެތި ރައީސް. އޮޅުވާލުމާ މަކަރުގެ އެ ޙަފްލާގައި ބައިވެރިވެ ވަޑައިގަންނަވާނެކަމެއްނެތް.

    • ސަންފަ

      ރައްޔިތުން ކުރިމަތީ ވޯޓުލާ، ވޯޓުގުނާ، ނަތީޖާ އިއުލާން ކުރީ.. ކުރީގެ ރައީސް ޔާމިނު ނުފޫޫޒުން، އޭނާ ބޭނުން މީހުން ވޯޓުލާ މުރުކަޒުތަކާއި ފޮށިތައް ކައިރީ ތިބީ. އޭރު އެއެެްވެސް މައްސަލައެއް ނެތް. ވަގުތީ ނަތީޖާއަށްފަހު ބަލި ގަބޫލުކޮށް، ދެން ފަހން ނަތީޖާ އޮޅުވާލާފައޭ ބުނުންވެސް އިންސާފެއް ނޫން.. މީގެ ކުރިން ކޯޓުތައްވެސް ބަރާބަރު.. ދެކޮޅަށް މައްސަލަ ނިމުމުން ކޯޓުވެސް ފަނޑިޔާރުންވެސް ގޯސް.

      • ނޫރާ

        ކޮޔާ ބޯގަޅި ވާހަކަ ނުދައްކާ..ކުރިން ނޭގޭ ކިތައް ކަންތަން ފަހުން ފަޅާއަރާ...މަންޖެ އެހެން ފިރިހެނަކާ ހިތާގެން އެތައް ދުވަހެއް އުޅުނު ފަހުންދޯ މަންޖެ ފިރިސޮރަށް އިނގުނީވެސް...ކަޑަވެފައެއްނު ދެންހުރީ

  17. ނަހުލާ

    ސާބަހޭ ރައީސް ޔާމީން ???

  18. Anonymous

    ބަރާބަރު.

  19. މެޑަމް

    ސާބަހޭ ރަައީސް ޔާމީނު

  20. ސައީދު

    ަކަރަޕްޓަރުންނަކަށް ކުކެރޭނެ ލަދުން ވެސް ަބުރުވެރި ހަފްލާތަކުގަ ބައިވެރިވާކަށް.

  21. ޖަޒީރާ މޭން

    ތިއީ ތެދެއް. ރައީސް ނަޝީދަށް ބަލި ގަބޫލު ކުރަން އެނގޭ. މި ޔާމިނަކަށް ބަލި ގަބޫލު ކުރާކަށް ނޭގުނު. މިހާރު އެއޮތީ ރައްޔިތުންނާއި ސުޕުރީމް ކޯޓުގެ ފަނޑިޔާރުން ވެގެން ޔާމީނުގެ ސޯޓާއި ޖަނގިޔާ ބާލައިފަ..

  22. ކުނދީނާ

    ސާބަހޭ.

  23. ނުކެރޭ މީހާ

    ޔާމީނަކީ ދުނިޔޭގެ ފެންވަރުގެ ބޮޑުވަގެއް!
    ޔާމީނަކީ ދުނިޔޭގެ ފެންވަރުގެ މުޖުރިމެއް!
    އެކަލޭގެ ސޯޓްއޮތީ ބޭލިފަ ދެން.ނުކެރޭނެތާ ދާކަށްވެސް
    ﷲ ގެ ރަހުމަތުންނޭކިޔާ ޑްރަގްހުއްދަކުރި ލާދީނީ އަދި
    ހާމުދުރުން (ބުދަަށްއަޅުކަންކުރާމީހުން)ގެނެސްގެން
    ކަލާންގެވަންތަކަމުގެ ބާރުއޮތްމީހެއްކަމަށް އެމީހުން ބުނީތީވެ
    އެކަން.ވެސް ޤަބޫލުކޮށް ފަންޑިތަހަދާއިގެންވެސް
    ލިބުނީފަހަތުން އެއްވަނަ
    ވީމާނުކެރޭނެތާ ދާކަށް ލަދުން ވެސް !މިކޮމަންޓް ޖަހާލާހާހިތްވަރެއް ވަގުގުތު މީހުންގައިގަވެސް ނުހުން ނާ ނެ ކަން އެނގިހުރެ މިލިޔުނީވެސް

    • ހައްވަ

      ބުއްދި ހަމަ ޖެހޭ މީހެއް ތަ ތީ؟

  24. ނޫޫސްކިޔާމީހާ

    ސޯލިހް ތީ ރ ޔާމީނުގެހައްގެއްކަންދައްނާތި ﷲގެދަރުބާރުގަ ޖަވާބުދާާރީވާންޖެހޭނެކަންހަނދާނުގަ ބަހައްޓާތި މީވަރައްވާހަކަ

  25. މިނިވަން ރައްޔިތޭ

    ޔާމިނަކީ ސޮޑު ފިނޑި ވަގެއް! ޕަކާސް

  26. ނިޝާ މުހައްމަދު

    މިހާ ތަނަށް މިފަދަ ޙަފްލާއެއް ބޯއިކޮޓް ކުރި ހަމަ އެކަނި ރައީސް، ތާރީޚް ހުތުރުކުރި ރައީސްއެއްގެ ރޭންކް ތިޔަ ހޯއްދެވީ ވަރަށް ތަނަވަސް ޢަޣްލަބިއްޔަތުން، ވެރިކަން ވެއްޓުނަސް ދެފައި ތަޅާ ރޮއި ހެދުމަކީ ވަރަށް ހަޑި ހުތުރު ޢަމަލެއް، ތަރައްޤީ ގެނެސް ދެއްވި ފަދައިން، ޑިމޮކްރަސީގެ ތާހިރު ސިފަ އަށަ ނުގަތުމަކީ މަނިކްފާނުގެ ސަޕޯޓަރެއްގެ ޙައިޞިއްޔަތުން ނިހާޔަތަށް ހިތާމަކުރާ ކަމެއް

    • އައިމިނަ

      ސަޕޯޓަރެކޭ؟ ކިހިނެއް؟ ޔާމިނަށް ސަޕޯޓް ކޮއްފަ އިބޫ އަށް ވޯޓް ލުން. ހަމަ ޖެހޭ ވާހަކަ ދައްކަން ވީނުން

  27. އަންބަރީ

    މިހާ ތަނަށް މިފަދަ ޙަފްލާއެއް ބޯއިކޮޓް ކުރި ހަމަ އެކަނި ރައީސް، ތާރީޚް ހުތުރުކުރި ރައީސްއެއްގެ ރޭންކް ތިޔަ ހޯއްދެވީ ވަރަށް ތަނަވަސް ޢަޣްލަބިއްޔަތުން، ވެރިކަން ވެއްޓުނަސް ދެފައި ތަޅާ ރޮއި ހެދުމަކީ ވަރަށް ހަޑި ހުތުރު ޢަމަލެއް، ތަރައްޤީ ގެނެސް ދެއްވި ފަދައިން، ޑިމޮކްރަސީގެ ތާހިރު ސިފަ އަށަ ނުގަތުމަކީ މަނިކްފާނުގެ ސަޕޯޓަރެއްގެ ޙައިޞިއްޔަތުން ނިހާޔަތަށް ހިތާމަކުރާ ކަމެއް

    • ނޫރާ

      އެމަނިކުފާނު ގައުމު ތަރައްގީ ކުރިކަމަށް ގަބޫލުކުރީތީ ޝުކުރިއްޔާ!!

  28. ޝަަަަަަަަބަސް

    .މަރުހަބަަޔަަމިިިން

  29. ޢަލީ

    ޤައުމު މިހާތަނަށް ދުއް އެއްމެ ފިނޑި ރައީސް

  30. ކޮލެޖް

    ރައީސް ޔާމީން ބޭނުންފުޅެއްނުވޭ މުސްލިމުންމަރާ މިސްކިއްތައްތަޅާ ގެރިމޯދީ އާއި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ގުޅިގެން ބާއްވާ އިވެންޓްތަކުގައި ބައިވެރިވާކަށް ވޯޓް ވަގު އިބޫ ބާއްވާ ތިއިވެންޓަށް މަދުވާނީ ހައްގުން ކަމަކާނުލާ އެތައްލައްކަ މުސްލިމުންނެއް މަރާފައިވާ އަދީ ﷲ ގެ ގެކޮޅަށް އަތްގަދަކޮއްގެންއުޅޭ ނަތަންޔާހޫ އޭނަ ނައީމަ އިބޫ ހުރީ ވަރަށް ދެރަވެފަ.

    • ނިޝާ

      މޯދީގެ ....... ކިޔައިގެން އެކި އެކި އުޒުރު ދައްކާނެ ކަމެއް ނެތް، ތިވެސް ހަމަ ވެދާނެ ސިޔާސީ މަޤާމެއްގެ މުއްދަތު ހަމަވި މީހަކަށް،،،،، ދެން ލަ ލަ ލަ

  31. ކޭ ބީ

    އޭނައަށް ދާކައް ހިތަކަށް ކުޅަދާނައެއްނުވާނެ

  32. Anonymous

    ހިތްދަތިވީދޯ

  33. ވިސްނާލާ

    ކޮންމެގޮތަކަށް ކަންތައް ގޮސްފައޮތްކަމުގައިވިއަސް ހިތްވަރުކޮއްފަ ރަސްމިއްޔާތައް ދިއުން ރަގަނޅީ މިބުނީ ވަރަށްވާހަކަ. އަދިވެސް ވިސްނާލާ!

  34. ޔާމިން

    އުފާވެރި ނިންމުމެއް

  35. ހަސަނު

    ކުރީގެ ރައީސް ޔާމިން... ހަހަހަ.. ބުރިޖު ހުޅުވަން މާ ބޮޑު ހަރަދުކުރި.. އެކަމު އޭރު އަނގަނަގައިގެން ގޮސް އެތަނުގައި ތިބި.. މިހާރު ކޮން ވާހަކައެއް.. ޓެބްލެޓް ވަގު. ބުރިޖު ހުޅުވަން ހަވާ ވަގު. އެއަރޕޯޓު ވަގު.

    • ނޫރާ

      ބަލަ އެމަނިކުފާނަކީ ވަގެއްވިިއްޔާ ވައްކަންކޮށްގެން ހޯދާފަހުރި އެއްޗެތީގެ ބޭނުން ނުކޮށްބަލަ....ވައްކަން ކުރިމީހެކޭ ވަގަށްނެގި އެތި ބޭނުންކުރާ މީހެކޭ ވާނީ އެއްވަރު..ސަމްޖޭ!!

  36. ފުނަދޫ

    ރައީސްޔާމިނު ރަތްޔިތުންނައްޓަކާ އަޅާދިންބުރިޖު ހުޅުވަން ހަވާކޮޅެއްއަރުވަން ކުރިހަރަދު ބޭކާރުވީ މީބޭކާރުހަރަދެއްނޫންތޯ އިދިކޮޅުމީހުންނާސުވާލުކުރަންބޭނުން މިއަދުއެމީހުންނައް އޯކޭވާނެ ކޮއްމެއެއްޗެއްހެދިޔަސް ރައީސްޔާމިނައް މަރުހަބާ

  37. މަޒާއަންމަދު

    މިކަމުންވެސް މިއެނގުނީ ޔާމީނުގެ ކިބުރު ވެރިކަމާ ބޮޑާކަން. ޔާމީނަށް ސަޕޯޓްކުރާ އެތައް ބަޔަކު ތިކަމުގެ ސަބަބުން ޔާމީނުދެކެ ރުޅިއަތުވެއްޖެ.ޔާމީނަށް ވޯޓްލީ 90ހާސްމީހުންނެއްނޭދޭ ތިގޮތަށް ކަންތައްކުރާކަށް . ރީތިގޮތުގައި ވެރިކަން ނިންމާލުމުގެ ބަދަލުގައި ތިމާގެ ޚަސީލަތުގައި ހުރި ގޮތްދޫނުކުރުމުގެ ނުބައިކަން ރައްޔިތުންނަށް ތިޔަދައްކަނީ. ތިފަދަ ކަންތަކަކުން ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ. އިންތިޚާބުންބަލިވީވެސް ރައްޔިތުންގެ އާދޭހުގެ އަޑުނާހާ ބޮޑާބަސްބުނެ އެހެންމީހުންނަކީ އެއްވެސް ބައެއްކަން ނުދަތުމުން. ދެންހިޔެއްނުވޭ ދުވަހަކުވެސް މިރާއްޖޭގައި ޔާމީނަސް ވެރިކަން ލިބޭނެހެނެއް. ހަނދާނަށްއަންނަނީ ރޯދަމަހުކިޔާ ސިޔަރަތުގައި ބަދުރުހަނގުރާމައިގެދުވަހުގާ އަބޫޖަހުލު ގަތުލުވެގެން މަރުވަމުން ދެއްކިވާހަކަ. އަބޫޖަހުލުގެހުރި ގޮތްދުނުކުރުމުގެ ވާހަކަ އާއި އޭނާމަރުވެދިޔަގޮތް.

  38. އަހުމަދު687

    ރާއްޖޭގެ ޤާނޫނުތަކަށް ވުރެ މަތިން އުޅޭ ފަސްމާވަލުގެ ފަސްވަގުން ދާތަނަކަށް ރައީސް ޔާމީންފަދަ ޢާއިލާއަކަށް ރައްޓެހިންނަކަށް ނުބައްލަވާ ޤައުމީ މަސްލަހަތު އިސްކުރައްވާ ހަމަހަމަކަމާއި އެކު ޤާނޫން ތަންފީޒުކުރެއްވި ވެރިއެއް ވަޑައިގަންނަވާނެކަމެއްނެތް!
    ރައީސް ޔާމީން އަކީ މިރާއްޖެ ދެކުނު އެންމެ އިންސާފުވެރި ބޭފުޅާ!

  39. ސުލައިމާނު

    ޙަޖަމްނުވީއެއްނޫން ތަކުރާ! ދުލަށް އައިހާ އައުގުރާނައަކާ ، ހަޑިހުތުރުގޮވައި ، ވަގަށްގޮވައި ، ޢަބުރު ކަތިލާ ، މިވަރުންނުވެގެން ރައީސް ޔާމީނަށް ލިބުނު 45000 ވޯޓުވެސް ފޭރިގެން ރައީސްކަމަށް ލެޑުނު މީހެއް ސަންގޯރު އިބޫއަކީ! އަހުރެމެން ކިޔާނީވެސް ފޭޜިގަތްވެރިކަން. ސާބަސް ރައީސް ޔާމީން!

  40. ފާތުމަ

    ކަޑަވާނެ! މަ ނަމަވެސް ކަޑަވާނެ! ދެން ގޭގަ އޮވެގެން ހުވާކޮށްލާ! ތީ ފިނޑިއެއް.

    • ނޫރާ

      ކަލޭމެން މަކަރާއި ހީލަތުން މޮޅު ހޯދިޔަސް އެމަނިކުފާނުގެ އަޒުމެއް ނުގުޑާނެ

  41. Anonymous

    ތިހެއްދެވީ އެންމެ ރަނގަޅައް.

  42. ވާނުވާ

    ރަގަޅު ނިންމުމެއް

  43. މުޑި

    މިސްކިތްތަޅާ މުސްލިމުން ދިރިތިއްބާ މަރަމުންދާ މީހެއް މޯދީ އަކީ../ ގައުމުގެ މިނިވަންކަން އޮތް މިންވަރު ސާފު ... ވަލުޒިނޭ ރާއްޖެ ގެނަސް ފަސް އަޅަން އުޅުނު ކުޅިގަނޑު މި އަދު ރައްޔިތުންނަށް ފެންނާނެ... 15 މިލިއަން ހަރަދުކޮށްފަ މޯދީ ބޭނުންވަ ގަޑީގަ ހުވާވެސް މިކުރެވެނީ ../ ރައްޔިތުން ވިސްނާ ފިކުރުކުރޭ ...

  44. ކަސަބު

    ރަކިވެގެން ލަދުންދާންނުކެރުނީ

  45. ކަސަބު

    ރަކިވެގެން ލަދުންދާންނުކެރުނީ??

  46. Anonymous

    ޙަމަ ސާބަސް...

  47. ޢަދުލު

    ޙުވާކުރަން އިންޑިއާއިން ގެރިކަލާންގެ ހުންނާނީ ގެނައިސް މުސްލިމު މުޖުތަމައަކަށް އެކަށީގެން ނުވޭ ސޭކުއިލް ޔާސްއާއި ސޭކުންތައް ތިބޭނެ

  48. ޏަމްޏަމް

    ނުދިޔަކަން ނަސީބު ލާދީނީ ސަރުކާރު ހުވާކުރާތަނައް ދިޔުމަކީވެސް ލާދީނީ ވުންރައީސް ޔާމީންއަށް ޝުކުރިއްޔާ .