ރައްޔިތުންގެ މަޖިލީހަށް ރައްޔަތުން ވޯޓުލއިގެން އިންތިޚާބު ކުރީމާ މަޖިލީހަށް ނުދަނީ ނޫންކަމަށާއި ރައްޔިތުން މަޖިލިސް ފެށޭގަނޑީގައި އެތާން ތިއްބަވާކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިއްޔެ ރޭ ސަންގު ޓީވީގެ ޚަބަރަށްފަހު ޕޮރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލިސް ކުރާ މާލަމަށް އިދިކޮޅު ފަރާތްތަކުން ނުވަންނަ ސަބަބު ތަކެއް އެބަހުރި ކަމަށެވެ.

" އަޅުގަނޑުމެން ރައްޔަތުން ފޮނުވީމަ މަޖިލީހަށް ނުދަނީކީއެއް ނޫން. އަޅުގަނޑުމެން މަޖިލިސް ފެށޭގަނޑީގަ އެތާ ތިބެން. އެހެންނަމަވެސް އަޅުގަނޑުމެން މަޖިލިސް ކުރާ މާލަމަށް ނުވަންނަ އެއްސަބަބަކީ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވި ބޭފުޅާއަކީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވޭނެ ބޭފުޅެއް ކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. " ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ 45 މެންބަރުން ސޮއިކޮށް ނޯކޮންފިޑެސް މޯޝަންއެއް ލާފައިވާކަމަށާއި އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ އިތުބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ނެތްކަމަށެވެ. މިހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި ޙައްޤެއް މަސީހްއަށް ލިބިވަޑައެއް ނުގަންނަވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ދެ ވަނަ "ކޮންޕްލައިން"އެއްގެ ގޮތުގައި ރޮޒައިނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަންޖެހޭ ޤާނޫނުތައް ފާސްކުރުމަށްޓަކައި ކޯރަމް ހަމަކޮށްދޭ "ޕޕެޓް" ތަކެއްހެން ސަރުކާރުގެ ބޭފުޅުން ގެންގުޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އެބޭފުޅުން ނުގެންގުޅުއްވޭނެކަމަށެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ލިބުނު މެޖޯރިޓީ ނައްތާލާ 12 މެންބަރުން މަޖިލީހަށް ނުވެއްދޭގޮތް ހެދުމަށްފަހުވެސް ޕީޕީއެމްގެ ބޭފުޅުން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތަކުންގޮސް ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ސަރުކާރުން ނިންމާ ނިންމުންތަކަށް ވޯޓުލާން ކޯރަމް ހަމަކޮށްދޭން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުންދަނީ ރައްޔިތުންގެ މަޖިލިސް ހިންގަވަމުންދަނީ ޤާނޫނާ ޚިލާފަށްކަމަށްބުނެ، މަޖިލިސް ޖަލްސާތަށް ބޮއެކަޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަށް ބައިވެރި ނުވުމުގެ ސަބަބުން ރައްޔިތުންގެ ފައިދާއަށް ހުރި ގިނަ ބިލްތަކެއްގެ މަސައްކަތް މަޑުޖެހިފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދޮންބެ

    މިއަދުވެސް މަޖިލީހައް ގޮސް ސުއޫރު ފަޅު ނުކުރީ ކިވެތޯ މިއަދު ވަދެ އިދިކޮލައް ވެސް ވޯޓު ލެވުނީސްދޯ

  2. ަގ

    ދައުލަތުފައިސާއިން މުސާރައާއި އިނާޔަތްތައްނަގައިގެން މަޖިލީހުގެ މަސައްކަތުގައި ބއިވެރިނުވާ މެންބަރުންގެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އެންމެހާ
    ފަރާތްތަކަށް ގޮވާލަމެވެ

  3. ހަބޭސް

    ހަމަ ނުދަނީ ރަޢިއްޔަތުންގެ ލާރިގަނޑު ނަހައްޤުގޮތުގައި ކައިގެން ތިބެނީ ރަޢިއްޔަތުންގެ ޙައްޤުގައި ބަހެއް ބުނަންވެސް ބޭނުންނެތީ ނުބައިނުފަމީހުންތަކެއް މަޖިހުގައި އެބަތިބި

  4. ހަބޭސް

    ޖަލްސާއަށް ނުދަ މީހުންނަށް މުސަރަ ނުލިބޭނަމަ ގަދަކަމުންވެސް ދަނެ ގެންދާށޭވެސް ބުނާނެ

  5. މަހަށްދޭބަލަ

    މިހާރުތިލިބޭ މުސާރަ ޙަލާލެއް ނުވަނެ! ޒިންމާޔާ ހާވާލުމެ ޡިންމާ ނުގާ ލާރިކަނީ،
    ތިހެން މީހަކު ބުނައިރަށް ރައީސް ދާކަސް ނުޖެހޭ، އޭވެސް ބަޔަކު ވޯޓުދީގެން އެތަންގަ ޢިޏި، ޚަމުދަންޏާ ޥޯޓަކުން ބާލާ،

  6. ހުސޭނުބޭ

    ހަމަ ނުދަނީ. ކާކުތަ ރޮޒޭ މަންޖެގެ ދެފައިގައި ހިފަހައްޓަނީ!..... އެތަނަށް ދިޔަޔަ ނުދޭން.

  7. ތިގޮތެކަމަކުނުދޭ

    އޯކޭ މުސާރަ ނުނަގާ.. މުސާރަ ނަގާކަމަށް ވަންޏާ މަސްއޫލިއްޔަތު އަދާކުރަންޖެހޭނެ.. ޒިންމާއެއްނެތް މަސްއޫލިއްޔަތެނެތް ވަޒީފާއެއް ރައްޔިތުންނުދޭ ތިމީހުންނަކަށް.. ދެން އޮތްގޮތަކީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރޭ ޖަލްސާތަކަށް ވަންނަންވީތޯ ނުވަދެ ސޮއިކޮއްފަ ސާއި ބައްލަވާގެން ކިއްލިކާއިގެން ގެޔަށްދާންވީތޯބަލަން... ދެން ދާއިރާގެ ޕާޓީކުދިންނާއެކަނި ބައްދަލުކުރިޔަސް ނުފުދޭނެ.. ތިޔަތަނަށް ކަލޭމެންގޮސް އައްޑިހަ ފަސްހާސްރުފިޔާ ނަގާއިގެން ކުޅިސަމާޖަހަން ރޭގަޑު މަގުމަތަކުގަ ޒުންބާޖެއްސުމަކުން ރައްޔިތުމީހާއަށް ދާއިރާގެ ރައްތަކަށް ކުރިއެރުމެ ތަރައްގީއެއްނާދޭ.. ވީމާ މަތީގަ ބުނެވިދިޔަފަދައިން ކޮންމެވެސް އެއްގޮތެ ހަދާ....

  8. ??ހ މ ޒ??

    ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ޤާނޫނާ ޚިލާފަށް ޙައްޔަރުކުރިކަމުގެ ކުށް ސާބިތުވެ ނަޝީދުގެ މައްޗަށް ވަނީ ތޭރަ އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ❗️?

  9. އހ

    ޙަޔާއި ކުޑަ ދައްކާވާހަކަ ބަލާބަ. ބަލަގަ ހިމާރާ ކަލޭ ކޮންބަޔަކަށް އޮޅުވާލަން ތިއުޅެނީ

  10. އަނަސް

    އެތަނަށް ދަނީ މުސާރަ ނަގަންވާއިރަށް ސޮއިކުރަން. އޭރުންތާ މުސާރަލިބޭނީ. އަހަރެމެންދިން ވޯޓްގެ އެއްވެސް ފައިދާއެއްނެތް. ދެން ދުވަހަކުވެސް ތިޔަމަޤާމަށް ޑޮނާޑު ލުއްޗާ އާދެބަލަ. ހަރާމް ފައިސާ ކައިގެން ފަހުދުވަހުން ބަނޑުން ހުޅުފަޅާތަން ދައްކަވާށި. އާމީން