"ޕާލަމެންޓޭރިއަންސް ފޯރ ގްލޯބަލް އެކްޝަން" އިން ދޭ ޑިފެންޑަރ އޮފް ޑިމޮކްރަސީ 2018 އެވޯޑު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަހުލޫފަށް ލިބިވަޑައިގެންފިއެވެ.

ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ މަހުލޫފަށް، މި އެވޯޑު އަރުވާފައިވަނީ ޔޫކްރެއިންގެ ކިއެވްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެވޯޑު ލިބިވަޑައިގެންފައިވާކަން ހާމަކުރެއްވުމަށްފަހު، ބައެއް ފޮޓޯތަކާއެކު ކުރައްވާފައިވާ ޓްވީޓެއްގައި މަހުލޫފު ވިދާޅުވެފައިވަނީ މި އެވޯޑު ހިއްސާ ކުރަން ބޭނުންފުޅުވަނީ އޭނާގެ އަނބިކަނބަލުންނަށާއި ދަރިކަނބަލުންނަށް، މައިންބަފައިންނަށް އަދި ކުރި މަސައްކަތްތަކުގައި ފުރާނަ ގޮސްފައިވާ ފަރާތްތަކާއި އެތައް ދުވަހެއް ޖަލުގައި ހޭދަކޮށްފައިވާ ފަރާތްތަކަށްކަމަށެވެ.

މީގެއިތުރުންވެސް، މަހުލޫފުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ޑިމޮކްރަސީ އާއި، އިންސާނީ ޙައްޤުތައް އަދި ޤާނޫނުގެ ބާރު ދެމެހެއްޓުމަށް މަސައްކަތް ކޮށްފައިވާ ހުރިހާ ރައްޔިތުންނާ، އޭނާގެ އެވޯޑު ހިއްސާކުރަން ބޭނުންފުޅުވާކަމުގައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރެއިން މަހުލޫފު ހައްޔަރުކޮށް، އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެހެންނަމަވެސް، ފަހުން އެދައުވާތައް ވަނީ ބާޠިލު ދައުވާތަކެއް ކަމުގައި ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާފުށި މާންބެ

    ތިޔައީ މަކަރުވެރިއެއެ.

  2. ކުމާރު

    އެންމެ ގިނަ ރީލޯޑް ކުރިފަރާތައް ދޭ އެވޯޑްވެސް ލިބުނު

  3. އާންމު އާދުމީ

    މިސް ބުނީމަ ބަސްއަހައިގެން ކަންކުރީމަ ސްޓާރ އަކާ ބެޖެއް ދިނީމަ ދެން ހެއްލިފަ ތިބޭ.. ކެކެކެކެ

  4. ޢަމާ

    މުޖަތަމާއުތެރެ ދޮގާ ހަމަނުޖެހުން ފެތުރުމުގެ އެވޯޑް މިސޮރައް މިލިބުނީ

  5. ޖުހާ

    އެންޑް އޯލްސޯ އައި ތޭންކް ދޯޒް ހު ހެލްޕް މީ ރިލޯޑް އޯވަ އެންޑް އޯވަ އަގެއިން!

  6. އަހްމަދު

    ދޮގާމަކަރު ހަގީގަތާ ހިލާފަށް ވާހަކަފަތުރައިގެން ކާފަރުންއަތުން ތިގޮތަށް ލިބޭކޮންމެއެވޯޑަކީ އާހްރަތްދުވަގަ ނަރަކައިން ލިބިގެންދާޖާގައެއްކަންޔަގީން

  7. ރާނީ

    ބާރަށް ހެއެްލޭ ހެއްލޭ!

  8. ހެހެ

    ދައްޖާލު އަށް ސާކުރާ ކައްކައިދީގެން ހޯދި އެވާޑެއް

  9. މޮޑާރން

    އަނެއްކާ އަނެއް އެޖެންޓު އުފައްދަނީ މިރާއްޖެ ހަލާކު ކުރަން.

  10. ޖޮއްބެ

    އަސްތާ ނޫނޭވާ ހަމަ ހުކުރު ހައްޖެއް ތިޔަލިބުނީ. ބާރަށް ހިފަހައްޓާތި. އަޑުބަރު ރިލޯޑޭ.

  11. ފާތުމަ

    ދޮގުލޫފު.ދޮގު ހެދުމާއި ފިތުނަ އުފެއްދުމުން އެވޯޑުލިބުނި

  12. ހޭމަހޭމަ

    ތިޔަލިބުނީ ސުވަރުގެއިން ގަނޑުވަރެއްކަލޯ ބާރަށް ހިފަހައްޓައިގެންހުރޭ ދެން ފަރައްޖީންދޭ ރާފޮދުވެސް ބޯލަީމަ އިތުރު އެވޯޑުތަށް ލިބޭނެ އެކަމަކު...

  13. ޢ ޢަބްދުﷲ

    ދީނާއި ޤައުމަށް ގިނައިން ޙަރާންކޯރުވާ މީހުންނަށް، ދޮންމީހުން ދޭ އެވޯޑުތައް ގިނައިން ލިބޭނެ.