ދިވެހިރާއްޖޭގައި މިއަދު އައު ވެރިކަމެއް ފެށިގެންދާނެއިރު، އިންޑިޔާ ސަރުކާރުން ރާއްޖެއާ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމަށް ޝައުގުވެރިވާކަން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހާމަކުރައްވައިފިއެވެ.

މިއަދު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން، މޯދީ ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް އަންނައިރު، އިންޑިޔާ ސަރުކާރުން ރާއްޖެއާ ގުޅިގެން ރާއްޖޭގެ ތަރައްޤީ އަށް މުޙިއްމު ދާއިރާތަކުން މަސައްކަތް ކުރަން ޝައުގުވެރިވާކަމުގައެވެ. އެގޮތުން، އުމްރާނީ ތަރައްޤީއާއި، ޞިއްޙަތާއި، މުވާސަލާތު އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން ހިމެނޭކަމަށް ވިދާޅުވެފައިވެއެވެ.

"އަހަރެން ރާއްޖޭގެ ރައީސް ޞާލިޙުގެ ސަރުކާރަށް ދަންނަވާނަން އިންޑިޔާ ސަރުކާރުން ބޭނުންވެޔޭ އެމީހުންގެ (ރާއްޖޭގެ) ތަރައްޤީގައި އިސްކަންދޭ ކަންކަމަށް ގާތުން މަސައްކަތް ކުރަން، ޚާއްޞަކޮށް އުމްރާނީ، ޞިއްޙީ، މުވާސަލާތު އަދި އިންސާނީ ވަސީލަތް ތަރައްޤީ ކުރަން." ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވެއެވެ.

މީގެއިތުރުންވެސް، މޯދީ ވިދާޅުވެފައިވަނީ އިންޑިޔާ އިން ދެކެން ބޭނުންވަނީ ރާއްޖެއަކީ ހަމަޖެހޭ، ޑިމޮކްރަސީގެ އުސޫލުން ކަންކުރާ އަދި ފުދުންތެރި އަމާން ޤައުމެއްގެ ގޮތުގައިކަމަށެވެ. ހަމައެހެންމެ، މި އަހަރުގެ ރިޔާސީ އިންތިޚާބުން ދައްކައިދެނީ ދިވެހި ރައްޔިތުން ޑިމޮކްރަސީ އާއި ޤާނޫނީ ހަމަތަކާއި ފޮނި މުސްތަޤުބަލަކަށް އެދޭ މިންވަރުކަމަށެވެ.

މޯދީ ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި، އިންތިޚާބީ ރައީސް އިބޫ އަށް މަރުޙަބާ ދަންނަވާފައިވެއެވެ. އަދި، މިއަދު ރާއްޖެ ވަޑައިގަންނަވާކަންވެސް ހާމަކުރައްވާފައިވެއެވެ.

މިއަދު ހަވީރު، އިބޫ، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވަން ހަމަޖެހިފައިވާއިރު، މޯދީގެ އިތުރުން ޤައުމުތަކުގެ އެހެންވެސް އިއްޒަތްތެރިން އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    1- އެއަރ ޕޯޓް އަލުން ހިބަކޮށްދިނުމުގެ ދާއިރާ
    2- ރާއްޖެއަކީ ކެރެލާ ސްޓޭޓްގެ އަވަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ދާއިރާ
    3- ރާއްޖޭގެ ހުރިހައި ހޮސްޕިޓަލްތަކެއް އިންޑިޔާގެ ބާރުގެ ދަށުގައި ބޭއްވުމުގެ ދާއިރާ
    4- އިބޫއަކީ މޯދީގެ ކަނީޒެއްގެ ގޮތުގައި ހުރުމުގެ ދާއިރާ
    5- އައްޑޫގައި އިންޑިޔަ ސިފައިންގެ މިލިޓަރީ ބޭހެއް ޤާއިމްކުރުމުގެ ދާއިރާ!

  2. ފުނަދޫ

    މޯދީވަރައްބޮޑައް ސައުގުވޭ ދިވެހިރާއްގަ އެއްޖިންސުންކަެިވެނިކުރުން ގެރިކަލާނގެއައް އަޅުކަންކުރުން ޒިނެހަލާލުކުރުން އަންހެންކުދިންރޭޕުކުރުން މިކަންތައް ފަހިކޮއްދޭނެކަމުގެ އުއްމީދުގަ އެވަޑައިގަންނަވަނީ މިކަންނުކޮއްދީފިއްޔާ ހަމަޔާމިނުސަރުކާރައް ފިއްތިހެން ހަމަފިއްތާލާނެ ތިޔައީނިއްކުރީގަ ގެރިގުއިވަށާގެން އުޅޭރުނޑިމޯލެއް

  3. ރަދުން

    ސިއްހީގޮތުން އަހަރުމެން އަޅުވެތިކުރުމަށަައި މުވާސަލާތީގޮތުން ޖާސޫސް ކުރުމަށް ނޫންގޮތަކަށް އިންޑިޔާއިން ކަމެއް ނުކޮށްދޭނެކަން ކަށަވަރު.

  4. ރަސީދު

    މިހާތަނައް ތިއިންޑިޔާއިން ދިން ތަރައްގީފެނިއްޖެ

  5. Miadhu

    ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ ރާއްޖެ އަޅުވެތިކޮށްގެން އޮވެ 50 އަހަރުން ނުދެވުނު އެއްބާރުލުމެއް ދެންފަހެ ދެވޭނީ ކިހިނަކުން؟

  6. ގެރިމޯދީ

    މޯދީ ! ފުރަތަމަ ތިމާގެ ގައުމުގެ ކަންކަން ކޮށްބަލަ! 50% މީހުން ލިޔަންކިޔަން ނޭންގޭ // ހައްގަކާ ނުލާ ކަތިލާ މުސްލިމުން އަދި މުސްލިމުންނަށް ކުރާ ގޯނާ ހުއްޓުވަބަލަ!!އަދި ކުރިން މިގައުމުގަ ފެށި ކަންކަން ވެސް ހުރީ ނުނިމި.. އަނެއްކާ މި ގެނައީ އިންޑިޔާ !!!ހެޔޮވެރިކަމެއް ބާ މި ފެށެނީ؟؟؟؟

  7. ކިއުންތެރިއެއް

    ފުރަތަމަ ކަމަކަށް ރޭޕްއިންޑިއާގެ ހާލަތު ރަގަޅުކޮށްފަ އައިސްސަ އެހެނިހެން ގައުމުތަކުގެ ކަންތަތައް ތަކުގެ ވާހަކަ ދެއްކުން މާރަގަޅުކަން ނޭގެ.

  8. ޢަހުމަދު

    މިދީ މާތާހިރުވާނެ އަމިއްލަ އެދުން ދޫކޮށް ތިމާގެޤައުމަށް ބޯހިޔާވަހިކަމާއި އަމާންކަން ހޯދަދީބަލަ.
    ޚޮންފަދަ ބޮޑުވެގެްވީ މުސީބާތެއްތަ.

  9. ކިނބޫ

    އަޅުގަނޑުމެން ބޭނުންވޭ މިރާއްޖޭގައި ގެރި އާލާކުރުމުގެ ބޮޑު މަޝްރޫޢެއްހިންގަން.

    • ާއާނ

      ޙަލާލު ގޮތުގަ ކަތިލައިގެން ކެއުމަށްޓަކައި... ޔަމް ޔަމް..

    • އިބޫ

      ރާއްޖެ އަށް ހެޔޮ އަގުގައި ގެރި އެކްސްޕޯޓް ކޮއްދެއްވާނެ ކަމަށް އުންމީދު ކުރަން..

  10. Anonymous

    ތަރައްޤީގެ ނަމުގައި ބެއިނުންވާ ކަމެއްއެޤައުމަކުން ނުފުދުނީމާ ގައުމުގެ ދުވަސްދުއްވާލުމަކީ އިންޑިޔާގެ އާދައެއް އަވަށްޓެރި ޤައުމުތައް އަޅުވެތި ކުރުމުގެ ފަލްސަފާއެއް ގެންގުޅޭ ނުލަފާބައެއް . މޯދީ ރާއްޖެއަށް ގެރިގުއި ލިބޭނެގޮތް ހަމަޖައްސައިދީ.

  11. މާމުޓާ

    މިކަލޭގެ ޔަށް ކުރެވޭނެ ކަމަކީ ރަތްކުޅުތެޅުމާއި ގެރިމަސް ރާޖޭގައި ނުކެއުމާއި ޒިނޭ އާންމުކުރުމާއި އެއްޖިންސުން ގުޅުންހިންގުމުގެ މުޑުދާރު އަމަލުތަށް.