12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު ހުށަހެޅި މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި ޖަލްސާ އަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

މި ބިލް ރައީސް ތަސްދީގު ކުރައްވައިފިނަމަ ގޮނޑި އާއި މެދު ސުވާލު އުފެދިފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލުނުކަން ކަށަވަރުވާނެއެވެ.

އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ.

ނަމަވެސް ޕާޓީއަކާ ގުޅިވަޑައިގަތުމަށް ޕާޓީ ބަދަލު ކުރުން ނުވަތަ ވަކި ކުރުން ނުވަތަ ވަކިވެއްޖެ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅިނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމު ނުގެއްލޭނެ ކަމަށް ބުނާ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

އެންޓި ޑިފެކްޝަން ބިލް ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ޖުލައި 13 ފަހުން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެޤާނޫނުގެ ބާރު ހިނގާނެ ކަމަށް ކަނޑައަޅާފައެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހަށެވެ. އެހެންކަމުން ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން ގޮނޑި ގެއްލޭނެ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

 

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކޮއްކޮ

    ހަމަ ލޮލް

  2. ނަސީދު

    ސާބަހޭ އިޒަތްތެރި މެމްބަރުންނަން

  3. މެސީ

    ސާބަހޭ ރައީސް ޔާމިން

  4. ގަންގޫލީޔާނު

    ދެން ބާރަށް އަތްޖަހާ.

  5. ނުރަބޯ

    ކޮބާ ރީނދޫމީހުން އަވަހަށް ދުއްވައިގަނޭ ދޮންމީހުންގާތަށް. މިބާހަކަ ބުނެގެން ނުފޫޒު ފޯރުވޭތޯބަލަންވީނު.....؟؟؟

  6. މުހައްމަދު

    ސާބަހޭ ޜައީސް ޔާމީން.

  7. ބަނާ

    ދެން ތިބޭ ރަނގަޅަށް ކައިގއން ބޮއެގެން........ފޮނިވެގެން އުޅޭ މީހުނަށް ވާ ނީ މިހެން ހީހިހީޙީހީހީ ހަލާކުވޭ

  8. މުހައްމަދު

    ގައުމާއިގެން ކުރިޔަސް! ތަރައްގީޔާއިގެން ކުރިޔަށް... ސާބަހޭ ޔާމީން

  9. Anonymous

    ގައުމާއިގެން ކުރިޔަސް! ތަރައްގީޔާއިގެން ކުރިޔަށް... ސާބަހޭ ޔާމީން

  10. އަލީ

    އަލްހަމްދުލިﷲ . މިހާރު ތިބެނެ ރާކަނި މަސް ކެވިފައި. ހަހަހަ

  11. އަލިމާ

    ސާބަސް

  12. އާއާއާއާ

    އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކޮށްފި ނަމަ އެއީ މަމެންނަށް އުފާ ވެރިކަން ލިބިގެން ދާ ކަމެކޭ ކުދިންނޭ. ހުންނާނެ ރަންރީނދޫ ޓްވިޓަރޭ މެންނަށް މިހާރު ދަ ނަހަލާލު ޕެޓިޝަން ގައި ސޮއި ކުރި 12 ޒޮންބީން މަޖްލީހަށް އަނބުރާ ވެއްދިފައި. ދިއްދޫ ލައްޗޭ ގާތު ބުނޭ އޭނާ ކުރުކުއްލި ޖަހާ ދަ ކަންޓްރީ ސައިޑް ފެލުން ފެލިގެން ގުޑާނީ އޭނާގެ ރަށު މީހުން ކަމަށް މަމެން ދަ ގްރޭންޑް މާލެ ނުގުޑާނަމޭ އެމެން ފަދަ ކަނޑުކޮހުން ދައްކާ ވާހަކަ ތަކަށް. އެއީ އެންމެ 3000 އެއްހާ އާބާދީ ދޯ. މަމެން މީ 2 ލައްކަ ބިގް މުއްސަނދި އާބާދީީ ކެޕިޓަލް ސިޓީ ދޯ. އައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް އަސް ކޭން ޔޫ ބީ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ އާއާއާއާ އާއާއާއާ އާއާއާއާ...

  13. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  14. މަނޭސް

    ބިލު ފާސްކުރީމަ 12 މެންބަރުން ލައިގެންތިބި ޖަނގިޔާވެސް ވެއްޓުނު.ތިމަރަ ތަފާ ބުނީ ދެންއޮތީ ހިއްވަރުކޮށްފަ ކޮންމެސް މީހެއްގެ ލަނޑާކޮޅު ފޭރިގަނެގެން ވައްކަމެއް ކޮއްލުންކަމަށް

  15. ބޮލިހިލާ

    އެންޓި ޑިފެކްޝަން ބިލް ފާސް ވުމުން ދެން މީގެއިން އެގިގެން ދަނީ ކެނެރީގެ ނަޝީދަކީ އެއީ އޭނާގެ ޕާރޓީ އަށް ވެސް އަދި ފްލޯރ ކްރޮސް ކުރި 12 މެމްބަރުންނަށް ވެސް އޮޅުވާލައިގެން އެމެން ނަށް ސްޕްރީމް ކޯޓުން ދަ ނަހަލާލު އަމުރު ނެރެގެން މަމެންގެ ވެރިކަން ބަދަލު ނުކުރެވޭނެ ކަން މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ އަށް އިނގެންވާނެއެއް ނޫންތޭ ރީއްޗަށް. ތަމެން ރަނޑު ޓްވީޓް ކޮށްލަ ކޮށްލާ ތިބެން ޖެހޭނީ ތަމެން ފަދަ ރަނޑުންނަށް މަމެން ޕިންކީން ފަދަ ޖެންޓުލްމެން ސްޓައިލް ގެ ސަރުކާރެއް ވައްޓާ ނުލެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ އިންޑިއާ މަހަށް ދޭބަލަ އެމެރިކާ މަހަށް ދޭބަލަ އިނގިރޭސިން ރަންރީނދޫ ޓްވިޓަރޭ އާއި އެކު ހުޅުދޫ ދިގު ފަރަށް ބޮލި ހިލަން ދަގަ. ދަގަ ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާ ދޯ.

  16. ޑައުން

    އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކުރުމުން ދެން ރަންރީނދޫ ޓްވިޓަރޭ މެން ޖެހޭނީ އެމެން ނެރެން އުޅޭ އެއް ކެންޑިޑޭޓްގެ މައްސަލަ އޮޅާލަން އޭ އެމެންނަށް އެއް ކެންޑިޑޭޓެއް ވެސް ދެން ނެެރެޔަ ނުދޭނަމޭ. ސޯ ބޭބީ ޑޯން ވޮރީ ޔޫ ވިލް ބީ މައި އޮންލީ ޔޫއާރ ގޮއިންގް ޑައުން ޑައުން ޑައުން ޑާއުން ޑާއުން ޑާއުން ޖަސްޓް ލެޓް އިޓް ބީ. މަމެން ޕިންކީން މިއުޅެނީ އެންޓި ޑިފެކްޝަން ބިލް ލާރޖް ކޮށް ޖައްސާ ދަނަހަލާލު ޕެޓިޝަނުގައި މިލިއަނުން ކަޓް ޖައްސާލައިގެން ސޮއި ކުރި 12 ފަސްމާމުލޭ މެން ނަގާ މާރސްގެ ގޮނޑަށް އެއްލާލަންއޭ. ޑޯންޓް ޔޫ އެވަރ ސީ މަމެން ހާ ބާރުގަދަ ސަރުކާރެއް އެމެރިކާ ޖެހޭނީ ދަނޑި ދަމަން އިނގިރޭސިން ގޮވައިގެން ދޯ. ބޭބީ ޔޫއާރ ގޮއިންގް ޑައުން ޑައުން ޑައުން ލައިކް އަ ވޯޓަރ ޑްރޮޕް ޕްރޮބަބްލީ އެން އޮނެސްޓްލީ އެން ޝުއަރލީ ހަހަހާހަހާހާހާ ހަހަހާހާހާހާ ހަހަހާހާހާހާ...

  17. މަހަށްދޭބަލަ

    އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކޮށްފި ނަމަ މަމެން އުފާވެއޭ އެކަމާއި މެދު ވަރަށް ބޮޑަށް ބިކޮޒް އެއީ މަމެން ޕިންކީންގެ މެނިފެސްޓޯ ގައި ހިމަނާފައިވާ ކަމެކޭ. އެމެން ރަންރީނދޫ ޓްވިޓަރޭ މެން އެންޓި ޑިފެކްޝަން ބިލް ފާސް ވިޔަ ނުދޭން ވެގެން ފެތުރި ޕްރޮޕެގެންޑާ ދިޔާ ޗޮކުހުންނޭ ދެން އައި ނީޑް ސަމް ކޭޝް މެން ކޭޝް ބޮނޑި ވަރު ވަރު ނަގާ ބަލަ ރެޑޭ އަތުން. ނުވާނެ އެކަމެއް އެގޮތަށް. ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީމަ އެއް ނޫންތޭ ރަނޑު ޒާތަކަށް އައި ނީޑް ސަމް ކޭޝް އޭ ބޮޑު ސޭޓް ގާތު ބުނާނީ ވެސް. މީ އޭނާ ކުރި މަސައްކަތުގެ އުޖޫރަ ކަމަށް ބަލައިގެން އޭނާ އަށް ބިލް ކޮށްގެން ވެސް މިފައިސާ ހޯދޭނެ ނޫންތޭ. އެހެން ވެސް އެކަން ކުރަން ނުކުރި އައި ނީޑް ސަމް ކޭޝް ކިޔާ އެހާ ފައިސާ އަށް ދެވި ހިފާފައި ތިބޭ ކޮރަޕްޓް ލޯރޑުން ތަކެއް ހެޔޮ ނުވާނެއޭ ދެން މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ބައިތިއްބަން ޕާރޓީގެ ނަމުގައި ތިބެ ފްލޯރ ކްރޮސް ކުރެވޭ ގޮތަށް. އައި ނީޑް ސަމް ކޭޝް މަހަށްދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.

  18. ބުއްޅަބޭޭ

    ކޮމްމެވެސް ބަޔަކު ކުރަންޖެހިފަ ނުކޮށް ހުރި ކަންތައް މިހިރަ ކުރަމުންދަނީ! މައުމޫނަކީވެސް އެހާރާއި މިހާރުގެ ޖަލުގެ ރަހަ ލިބެންޖެހޭ ބެފުޅެއް! މައުމޫނުވެސް، އަދި ބައެއްދިވެހިންވެސް ހީކުރީ އަދި ހީކުރަނީ އެއީ ރަސްކަލެއްހެން! މިހާރު އެއްމެންނަށްވެސް އެނގި ސާބިތުވެއްޖެ އެއީ ރަސްގެފާނު ނޫންކަމާއި އެއީ ހަމަ އެހެންމީހުންކަހަލަ އިންސާނެއްކަން! ބަންދުކުރަން ޖެހުނީމަ ކުރާނެކަންވެސް ވަރަސް ރަނގަޅަށް އެނގި ސާބިތުވެއްޖެ!

  19. ފައިޒް

    ސާބަހޭ ރައީސް ޔާމިން ހިތްވަރުގަދަ ބަތަލެއް... 2018 ހިތާއި ރޫހުން މަނިކްފާނަށް..

  20. ޖޮއްބެ

    އަލްޙަމްދު ލިﷲ. 12 ބާޣީން ގެ ގޮނޑި ތިޔަ ގެއްލުނީ، ދެން މަހައްދޭ. ރިޝްވަތު ކުޅިގަނޑު ކުޅުނީމާ ތިޔަތިބީ މަގުމަތި ވެފަ ހެހެހެހޭ.