އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރާއްޖެ ވަޑައިގެންނެވުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރާވަޑައިގެންފިއެވެ.

މޯދީ ފުރާވަޑައިގެންފައިވަނީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. "އެއަރ އިންޑިޔާގެ" ފްލީޓުގައި ހިމެނޭ ބޮޑުވަޒީރުގެ ޚާއްޞަ މަތިންދާބޯޓުގައި މޯދީ ފުރާވަޑައިގެންފައިވާއިރު، މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާނީ މިއަދު މެންދުރުފަހުއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި މާލޭގެ ބައެއް ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަންވަނީ ވަރުގަދަކޮށްފައެވެ.

އިންތިޚާބީ ރައީސް އާއި އިންތިޚާބީ ނައިބު ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީގެ އިތުރުން، ގިނަ އަދަދެއްގެ ބޭރު ޤައުމުތަކާއި ޖަމާއަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 17:00 ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

މިއީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތސަ

    ނޫޅެން އޭނަ ބަލާކަށް

  2. ޢަހަންމާ

    ރޭޕިސްތާނުގެ ބޮޑުވަޒީރު ގެރިމޯދީ ވެސް އަންނާނެ ލާދީނީ ބައިގަނޑެއް ވިއްޔާ ވެރިކަމަށް މިއައީ.

  3. އަހުމަދު ހުސައިން އަލީ

    ތި ގެރިގުއި ރޭޕްސްތާން ރާޖަވަލާ ހެޔޮ ދުވަހަކު ނަޔަސް.

  4. ފާއިޒް

    ހާމޯޝް ރޭޕިސްތާން ގެ ބޮޑުވަޒީރު ރާއްޖެ މިއައީ ރޭޕް ތައާރަފް ކުރަންތަ...

  5. އަބުދުއްލޯ

    މީ މޯދީއައް ބާއްވާ ހުވާކުރު މެއްބާ 35 މިލިޔަން ހަރަދު ކޮއްގެން

  6. ޣައުމުގެވިންދު

    މުސްލިމުން ނިކަމެތި ކުރާމީހެއް މީނާގެމަގުސަދު ވަރަށް ސާފު އިސްލާމް ދީން ފީކުޜީގޮތުން ޢަޅުވެތިކުރުން... ސިޔާސަތު ހާމަވަމުން މިދަނީ....
    ތައުލީމް ނެތިވެ ތާކުޒަމާނާއިއެކުވެގެން
    ތަންދާނެޔެ ބުއްދީގެމަގުން އެއްކިބާވެގެން

  7. ޖަހާންގީރު

    ޝައިޠާނުން ވަޑައެއް ނުގަންނަވާނެ

  8. ގަލޮޅު މީހާ

    ޔާﷲ މިނުބައި މީހާގެ މުޑުދާރު ފައި މިދިވެހިރާއްޖޭ ބިމުގަ ނުޖައްސަވާނދޭވެ.

    މުސްލިމުންގެ ހަތުރު ނިކަމެތި ކުރައްވާށި އާމީން

  9. ރޭޕިސްތާން

    ރޭޕިސްތާން ގެރިމޯދީ ﷲ މިކަލޭގެ ހަލާކުކުރައްވާށި މީ އިސްލާމުދީނުގެ އަދުއްވެއް އިބޫގެ ވެރިކަން ނިމުންއަވަސްކުރައްވާށި އާމީން އިންސާ ﷲ....