ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ އިބްރާހީމް މުޙައްމަދު ޞާލިހު ކުރައްވާ ރަސްމިއްޔާތުގެ ފޮޓޯ ނެގުމުގެ ފުރުސަތު ފަސް ފޮޓޯގްރާފަރަކަށް ދީފިއެވެ.

މީޑިޔާތަކަށް، މި ރަސްމިއްޔާތުގެ ފޮޓޯ ނެގުމަށް ފުރުޞަތު ދޭނެ ފޮޓޯގްރާފަރެއްގެ ނަން ހުށަހެޅުމަށް ފުރުޞަތު ދިނުމަށްފަހު، ނަން ހުށަހެޅި މީޑިޔާތަކުގެ ފޮޓޯގްރާފަރުންގެ ތެރެއިން ފުރުޞަތު ދީފައިވަނީ އެންމެ ފަސް ފޮޓޯގްރާފަރުންނަށެވެ.

ނަން ހުށަހެޅުމަށް ދިން ފުރުޞަތުގައި "ވަގުތު" އިން ފޮޓޯގްރާފަރެއްގެ ނަން ފޮނުވިކަމުގައިވިޔަސް، ފުރުޞަތު ދީފައި ނުވެއެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ "ވަގުތު"ގެ ފޮޓޯގްރާފަރެއްގެ ނަން އެމްއެންޑީއެފް އަށް ފޮނުވުމުން ބަލައިގަނެފައި ނުވާކަމުގައެވެ. އަދި، އެމްއެންޑީއެފް އިން ނިންމާފައިވަނީ ފަސް ފޮޓޯގްރާފަރުންނަށް ފުރުޞަތު ދިނުމަށްކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ރައީސް އޮފީހުން ވިދާޅުވި ވާހަކަ އެމްއެންޑީއެފް އިން ވަނީ ދޮގުކޮށްފައެވެ. އެގޮތުން، އެމްއެންޑީއެފް އިން ވިދާޅުވީ ރައީސް އޮފީހުން ފޮނުވި ހުރިހާ ފޮޓޯގްރާފަރުންނަށް ރަސްމިއްޔާތު ކަވަރުކުރުމުގެ ފުރުޞަތު ދިންކަމަށާއި އެހެންނަމަވެސް، "ވަގުތު" ގެ ފޮޓޯގްރާފަރެއްގެ ނަން، ރައީސް އޮފީހުން ފޮނުވި ލިސްޓުގައި ނެތްކަމަށެވެ.

ގުޅިފައިވާ ކޯލިޝަނުންވަނީ، އެފަރާތްތަކުގެ ސަރުކާރެއްގައި މީޑިޔާތަކަށް ހަމަހަމަ ފުރުޞަތުދީ، މީޑިޔާގެ މިނިވަންކަން ކަށަވަރުކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރިޔަމް މޫސާ

    އިންސާފަކީ މިއީ ނޫންތޯ؟ 5 މީހުން ދިވެހިރާއްޖެ ބަހާލާއިގެން ދިރުވާލާނެ. ރައްޔިތުން ގުނބޯ ހެދިފަ ތިބޭ.

  2. Anonymous

    މިފެންނަނީ ނޫސްވެރިކަމަށް ހުރަސްއަޅާ ނޫސްވެރިކަމުގެ މިނިވަންކަން ކުރިމަގުގައި ނުލިބޭނޭ ކަމުގެ ނިޝާނެއް

  3. ހުސެން

    ނަންވީ ރ.ޔާމިން، މިހާރު ވެރިކަމައް މިއައީ ބޭރުފުއްވަރައްރީތި ވަރައް ހަސީލަތްެތެރި ބައެއް.