ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމަށް ފަސް އަހަރު ފުރި، ވެރިކަން ނިމި ޤާނޫނީ ގޮތުން ހުސްކަމެއްގެ ތެރެއަށް ގޮސްފިއެވެ.

މި ޤާނޫނީ ހުސްކަމުގެ ތެރެއަށް ގޮސްފައިވަނީ ރައީސް ޔާމީންގެ ވެރިކަމަށް މިއަދު 13:21 އަށް ބަރާބަރު ފަސް އަހަރު ފުރުނުއިރު، އިންތިޚާބުވެފައިވާ ރައީސް އަދި ހުވާ ނުކުރައްވާތީއެވެ.

އިބޫ އާއި ފައިސަލް ނޫސްވެރިންގެ ބައްދަލުވުމުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އިބޫ އާއި ފައިސަލް ނޫސްވެރިންގެ ބައްދަލުވުމުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރައްވަން ހަމަޖެހިފައިވަނީ މިއަދު 17:00 ގައެވެ. އެހެންކަމުން، މިއަދު 13:21 އިން ފެށިގެން 17:00 ގެ ނިޔަލަށް ރާއްޖޭގެ ވެރިކަމުގައި އެއްވެސް ރައީސަކު އަދި ނައިބު ރައީސަކުވެސް ނުހުންނަވާނެއެވެ.

ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސް އާއި ނައިބު ރައީސް ނެތް ޙާލަތުގައި، ޤައުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ބެލޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ. އެމަޤާމުގައި މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމެވެ.

އިންތިޚާބީ ރައީސް އާއި އިންތިޚާބީ ނައިބު ރައީސް ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. އެކަމަށްޓަކައޮ ދަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައްޔުބެ

    މަރުޙަބާ ރައީސް ..ގާސިމް އިބްރާހީމް .

  2. ހުސްނީ

    އެހެން ވީމާ ޤައުމުގެ ރައީސް ކަމުގައި 9540 ސިކުންތު ވަންދެން ޤާސިމްބެ އަށް ވެރިކަން ކުރެވޭނެ ތާ. ލައްކަ ވަގުތު އެއީ.

  3. ދޮންދީނި

    އެހެންކަމުން މިއަދުގެ 13:21އިން 17:00އަށް މިދިވެހި ގައުމުގެ ރައީސަކީ ރައީސް ގާސިމް އިބްރާހިމް. ކުޑަހިނދުކޮޅަކަށް ވެރިކަމުގއި ހުންނެވިއަސް އެއީވެސް ގައުމުގެ ރައީސެއް ކަމުގައި ބަލައިގަންނަން ޖެހޭނެ.

    • ދާނާ

      ޢެކަމެއް އޭނާޔކަށް ނޭނގެޔޭ ދެން ކީއްކުރާނީ އެނގުނު ނަމަތާ!

  4. ހަރީ

    ތިޔޮށްލިބުނީނުން ސޭޓައްވެރިކަން ސާބަސްސޭޓު

  5. Miadhu

    މިހާތަށް ގައުމު މިގެންދިޔައީ އިބޫ ސާލިހު އޭނަޖެހޭނެ މިއަދު 13:21 ގެ ކުރިން ހުވާކުރަން އެއީ ގައުމަށް ވީ ހިޔާނެެއް ގާސިމުގެ އެދުންވެސް ފުދުނީ 3 ގަޑިއެެްހާއިރަށް ނަމަވެސް ރައިސްކަން ކުރެވުނީ އެހެންކަމުން ރައިސްކަން ކުރިމީހަކަށް ޤާނޫނީގޮތުން ދޭ ހުރިހާ ޢިނާޔަތެއް ޤާސިމަށް ލިބެންޖެހޭނެ

  6. އައިޝާ

    މަޖުލީސްގެ ރައީސް ޤާސިމު އަކީ ކޮމާންޑައިން ޗީފު މިވަގުތައް!

  7. ޓުވިޓީ

    ޤާސިމް އަށްވެސް ވެރިކަމުގަ ވަގުތުކޮޅަކަށް ނަމަވެސް ހުރެވިއްޖެ.ހެހެހެހެ

  8. ޒިމްޒިމް

    ރައީސްކަން 5 ގަޑިއިރަށް ބުރުމާ ޤާސިމްއަށް..

  9. ވިސްނުން

    ގާސިމަކީ 65 އަހަރު ވެފައިވާ ބޭފުޅަކަށްވާތީ
    ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ސަރުތު
    ހަމައެއް ނުވެއެވެ ކިތަންމެކުޑަ ވަގުތު ކޮޅަކަށް
    ނަމެސް ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ ޒިއްމާތައް އދާކުރެވޭނީ ގާނޫންގައި ބަޔާންކުރާ
    ސަރުތުތައް ހަމަވާ މީހަކަށެވެ އެހެންކަމުން
    ރައްޔިތުން މަޖިލީހިގެ ރައީސްގެ މަގާމަށް
    ގާސިމް އައްޔަމްކުރެވުނު ގޮތާމެދު ސުވާލު
    އުފެދެއެވެ

  10. އަބޯ

    ވެރިކަމެއްނުނިމޭނެ ހަވާލުވާމީހާ ހުވާކުރުމުގެ ކުރިޔަކުން. ގާނޫނީ ހުސްކަމެއް ނާންނާނެ.

  11. ޖުހާ

    ކޮބާ ގާސިމަށް ރައީސްކަން ލިބުނީ.

  12. އަހުން

    ކޮބާބުރުމާ ތިޔަނުލިބިގެން އުޅުނުވެރިކަން ލިބުނީނު ހެހެހެ.