ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަހުލޫފު ކުރި ޓްވީޓަކާއި ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.

މަޚްލޫފުގެ މައްޗަށް އުފުލާފައިވާ ހިނގާފައި ނުވާ ކަމެއްގެ މަޢުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރުއެވެ.

މަޙްލޫފުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ޖަލުގައި ނުހިނގާ ކަންތައްތަކެއް ހިނގިކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފް ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓުގައި މަޚްލޫފު ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ މައުލޫމާތު ދިނުމަކީ އާންމު މިންގަނޑުން ބަލާނަމަ ފޯރު ކުރުން ނުވަތަ ރައްދު ކުރުން ކަމަށެވެ. އަދި މަހްލޫފުގެ ޓްވީޓަކީ ގާނުނު ތަންފީޒު ކުރާ މުވައްސަސާތައް އިސްތިސްނާ ނުވާ ގޮތައް މުޅި މުޖްތަމައުއަށް ހުޅުވިގެން ދިން މައުލޫމާތެއް ކަމަށް ވިދާޅުވެފައިވެއެވެ.

އެ ދައުވާއަށް އިންކާރުކޮށް މަޙްލޫފު ވިދާޅުވެފައިވަނީ އަމިއްލަ ޓްވިޓާ އެކައުންޓުން ކުރާ ޓްވީޓުތަކަކީ ފުލުހުންނަށް މައުލޫމާތު ދިނުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ޓްވީޓު ކުރުމަކީ މަނާ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ޓްވީޓު ކުރެއްވީ އޭގައިވާ ވާހަކަތައް ކުރެވިފައިވާ ތަޖުރިބާތަކުގެ ސަބަބުން ގަބޫލުފުޅު ކުރައްވާތީ ކަމަށްވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.

މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތްވެފައިވާއިރު، މަޙްލޫފަކީ މިއަދު ހުވާ ކުރައްވާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އައު ސަރުކާރުގެ ޔޫތް މިނިސްޓަރުގެ މަޤާމުން ފެނިގެންދާނެ ޒުވާން މިނިސްޓަރަކަށް ވާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކެރެޓް

    ތިޔަ ސާބިތެއް ނުވާނެ

  2. Anonymous

    އެއްވެސް މިނިސްޓްރީ އެއް ހަވާލު ކުރާކައްނުވާނެ. މިނިސްޓްރީގެ ބަޖެޓް.ރީލޯޑް ކޮއްލާނީ އަމިއްލަ އެކައުންޓައް

  3. އަހްމަދު

    ކޮބާ އަދިވެސްނުވޭތަ ތިޔަޑްރާމާ ކުޅުންހުއްޓާލާކަށް

  4. ޓުވިޓީ

    ތިޔަ މަގާމެއްނުލިބިގެން އުޅޭތާލައްކަ ދުވަސް ވެއްޖެ. ަ

  5. މާމަތީގައި

    ތީ މިހާރު މާމަތީގައި އުޅޭ މީހެއް ހިތިނިމުމެއް ކައިރީގައި ވާހެން ވަރައްހީވޭ ފުމެއަރާގޮތުން ހަމަބިމަށް ވެއްޓޭ ދުވަހަކުން އަހަރެމެން އަތްޖަހާނަން ފިސާރި ވަރަކަށް....

  6. Anonymous

    ??????

  7. ޣަބުސ

    ސާބިތެއްނުވާނެ