19:45

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް: އަބްދުﷲ ޝާހިދު

18:12

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހު އާއި ބައްދަލުކުރައްވައިފި. މިހާރު ކުރިއަށްދަނީ ދެ ބޭފުޅުންގެ ހާއްސަ ބައްދަލުވުމެއް.

18:12

ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ފުރަތަމަ ފަހަރަށް ރައީސް އޮފީހަށް ވަޑައިގެންފި. އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް އޮފީހުގެ އިސް ބޭފުޅުން.

17:48

މިހާރު ކުރިއަށްދަނީ މަޖިލީހުގެ މެމްބަރުން ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް އާއި ސަލާމް ކުރެއްވުން.

17:46

ރައީސް ޞާލިޙް ހުވާ ކުރެއްވުމުގެ މަޖިލީހުގެ ޖަލްސާ ނިމިއްޖެ. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހު.

17:46

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް: އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަހަތްޕުޅުގައި ދެމި ތިބޭނެކަމުގެ ޔަޤީންކަން އަރުވަން. އަދި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އަރުވަން.

17:41

ރައީސް ސޯލިހު ވާހަކަފުޅު ނިންމަވާލައްވައިފި.

17:41

ރައީސް ސޯލިހު: މި ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭ ސަރުކާރަކަށް.

17:40

ރައީސް ސޯލިހު: އިރާދަކުރެއްވިޔާ ސަލާމަތީ ބާރުތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ގަދަރުވެރި 2 މުއައްސަސާއަށް ވެގެންދާނެ

17:39

ރައީސް ސޯލިހު: އިންޑިއާ އާއި އަވަށްޓެރި ޤައުމުތަކާ އޮތް ގުޅުން ބަދަހި ކުރާނަން

17:38

ރައީސް ސޯލިހު: ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންކަން މިއަދު އަޅުގަނޑު ހާމަ ކުރާނަން.

17:37

ރައީސް ސޯލިހު: ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަނޑުވެރިކަމުގެ ތަކެތިން ޑިއުޓީ ކަނޑާލެވޭނެ. ގްރީން ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ ހަމައެކަނި ތިމާޥެށި ރައްކާ ކުރުމަށް. ނަފްސާނީ ބަލިތަކަށް އާސަންދަ ލިބެން ފަށާނެ.

17:35

ރައީސް ސޯލިހު: ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ
ހެނދުނުގެ ނާސްތާ ލިބޭނެ. ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނެ.

 

17:34

ރައީސް ސޯލިހު: މިރާއްޖެއަށް ގެނެވޭ ތަރައްޤީ ވާނީ ތިމާވެއްޓާ އެއްކީލަ ތަރައްޤީއަކށް.

17:33

ރައީސް ސޯލިހު: ތަރައްޤީގެ ނަމުގައި ރާއްޖޭގެ ގުދުތަރީ ވެށި ހަލާކު ކުރުމަކީ ދަރިންނާއި، ދަރިންގެ ދަރިންނަށް ވެވޭ ހިޔާނާތަކަށް ނޫނީ ނުވާނެ.

17:32

ރައީސް ސޯލިހު: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މި ސަރުކާރު އިހުމާލު ނުވާނެ.

17:32

ރައީސް ސޯލިހު: މަދަނީ ޖަމާއަތްތަކާއި، ޖަމްއިއްޔާތަށް ބާރުވެރި ކުރުމަށްޓަކައި ފުރިހަމަ އެއްބާރުލުން މި ސަރުކާރުން ދޭނެ. އެކަމަކީ މި ސަރުކާރުގެ މިނިސްޓްރީ އޮފް ޔޫތްގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ކަމެއް.

17:30

ރައީސް ސޯލިހު: ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނެ ހެން އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި ސިޓީ ކައުންސިލް ބާރުވެރި ވާންޖެހޭ. އެކަން އަޅުގަނޑު ކުރާނަން.

17:30

ރައީސް ސޯލިހު: ޤާނޫނު އަސާސީ އާއި ދިވެހި ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް އަޅުގަނޑު އަޅަން ފަސްޖެހޭނެ ފިޔަވަޅެއް ނޯންނާނެ.

17:29

ރައީސް ސޯލިހު: ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދޭނަން.

17:29

ރައީސް ސޯލިހު: މިކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ އިދާރާތަކުގައި އަށަގެންފައިވާ ކޮރަޕްޝަނުގެ މޫތައް ނައްތާލުން.

17:28

ރައީސް ސޯލިހު: ހައްޤު ގެއްލިފައިވާ ފަރާތްތަކަށް އެ ހައްޤުތައް ހޯދައިދޭންޖެހޭ. ދިވެހި ދައުލަތުގެ ހަޒާނާއިން ގެއްލިފައިވާ ފައިސާ ދިވެހި ރައްޔިތުންނަށް ހޯދައިދޭންޖެހޭ. ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ ރައްޔިތުންގެ ހަޤީގަތް ހޯދަންޖެހޭ.

17:27

ރައީސް ސޯލިހު: ދައުލަތުގެ މާލިއްޔާ މިހާލަތުގައި އޮތް ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެއްވެސް ބުރޫއެއް ނާރައި ގެންދަވާނަން.

17:26

ރައީސް ސޯލިހު: ޚިޔާނާތާއި، ވައްކަމުގެ ސަބަބުން ދައުލަތުގެ ހަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި. ގެއްލިފައިވާ ފައިސާގެ މިންވަރު އަދިވެސް ސާފު ނުވޭ.

17:25

ރައީސް ސޯލިހު: އެންމެ އިސްކަމެއްގެ ގޮތުގައި ކުރާނެ އެއް މަސައްކަތަކީ ނަޒާހަތްތެރި ފަނޑިޔާރު ގެއަކަށް ހެދުން.

17:24

ރައީސް ސޯލިހު: އަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ. ރައްޔިތުންނަށް ޖަވާބުދާރީ ވާ ތަނަކަށް ހަދަންޖެހޭ.

17:24

ރައީސް ސޯލިހު: އިރާދަކުރެއްވިއްޔާ އަލަށް އުފެދޭ ސަރުކާރުން އެމީހެއްގެ ނަސްލަށް، ކުލަޔަށް، ރަށަކަށް، އާއިލާއަކަށް، ޖިސްމާނީ ނުކުޅެދުންތެރި ކަމަކަށް ބަލައި ތަފާތެއް ނުކުރާނަން. އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެއްވެސް މީހަކު ބާކީވެގެން ނުދާނެ.

17:22

ރައީސް ސޯލިހު: އިސްލާމް ދީނުގެ ރިވެތި އުސޫލުތައ ނަގަހައްޓާ ރައްޔިތުންނަށް ޖަވާބުދާރީވާ ސަރުކާރަކަށް ވާނަން.

17:22

ރައީސް ސޯލިހު: މިއަދު އަޅުގަނޑު ކުރަން މިފަށާ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަމެއް ޤާނޫނު އަސާސީގެ މަގަށް ގެނެސް އިންސާފުވެރި ވެރިކަމެއް ކުރުން.

 

17:21

ރައީސް ސޯލިހު: ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަޤަށް ރާއްޖެ ގެންދަން، އަމާން ވެއްޓެއް ޤާއިމު ކުރުމަށް، ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް، ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޯށްދިނުމަށް. އެއިން އެއްވެސް ވައުދެއް ހަނދާން ނައްތާނުލާނަން.

 

17:19

ރައީސް ސޯލިހު: ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްކި ގޮތަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށް އިހުލާސަތެރި ކަމާއެކު ޚިދުމަތް ކުރުންމަތީ ދެމިހުންނާނަން.

 

17:18

ރައީސް ސޯލިހު: އެންމެ ފުރަތަމަ ކަމަކަށް ކަށަވަރުކަން މި އަރުވަނީ ކުރި ހުވަޔާ އެއްގޮތަށް ދެމި ހުންނާނެކަމުގެ ޔަޤީންކަން.

 

17:17

ރައީސް ޞާލިޙް ޤައުމާ މުހާޠަބުކޮށް ވާހަކަފުޅު ދައްކަވަން ފައްޓަވައިފި.

 

17:16

ދެން އޮންނާނީ ޤައުމާ މުހާތަބުކޮށް ރައީސް ޞާލިޙް ވާހަކަފުޅު ދެއްކެވުން.

 

17:16

ރައިސޫލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މެންބަރުންގެ ނަމުގައި ޤާސިމް އިބްރާޙީމް މަރުޚަބާ ދަންނަވައިފި.

17:15

ރައިސޫލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގެ އިޤްރާރުގައި ފައިސަލް ނަސީމް ސޮއި ކުރައްވައިފި.

 

17:12

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނައިބު، ފައިސަލް ނަސީމް ރައިސޫލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގެ ހުވާ ކުރައްވައިފި.

 

17:11

އިންތިހާބީ ނައިބު ރައީސް ފައިސަލް ހުވާ ކުރައްވަން ފައްޓަވައިފި.

17:10

ކުރިއަށް ދެން އޮތީ އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު މަގާމުގެ ހުވާ ކުރެއްވުން.

17:10

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެމްބަރުންގެ ނަމުގައި ރައީސް ސޯލިހު އަށް މަރުހަބާ ދަންނަވައިފި.

17:09

ހުވާގެ އިގުރާގުގައި ރައީސް ސޯލިހު ސޮއިކުރައްވައިފި.

17:06

ރައީސް ސޯލިހު ހުވާ ކުރެއްވުމާއެކު ގައުމީ ސަލާމް މިހާރު ދަނީ ކުޅެމުން.

17:05

އިބްރާހީމް މުޙައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމާއި އެކު 21 ބަޑީގެ ސަލާމެއް މިހާރު ދަނީ އަރުވަމުން.

 

17:03

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވައިފި.

17:02

އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރަން ފައްޓަވައިފި.

 

17:01

ޖަލްސާގައި ކުރިއަށް އޮތީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރެއްވުން. ހުވާ ލައިދެއްވާނީ އުއްތަމަ ފަނޑިޔާރު.

17:00

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ހުވާ ކުރެއްވުން.

16:59

މިއަދުގެ ޖަލްސާގައި 67 މެމްބަރުން ހާޒިރުވެ ވަޑައިގެން އެބަތިއްބެވި.

16:58

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިއްޖެ.

16:57

ރައީސްކަމުގެ ހުވާކުރުން އޮންނަން ޖެހެނީ ރައްޔިތުންގެ މަޖިލިހުގެ ރަސްމީ ޖަލްސާއެއްގައި. އެހެންކަމުން ގުރުއާނަށްފަހު މި ޖަލްސާ ފެށިގެންދާނެ.

16:57

ގުރުއާންގެ ބަރަކާތުން ރަސްމިއްޔާތު ފަށައިފި.

16:54

އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގައުމީ ސަލާމުން ފައްޓަވައިފި.

16:51

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ދެކަނބަލުން ވަޑައިގެންފި.

16:50

އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީހަށް އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމްވެސް ވަޑައިގެން ހުންނެވި.

16:47

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމް އަދި އަނބިކަނބަލުން ފާތިމަތު ނަހުލާ މި ރަސްމިއްޔާތަށް ގަލޮޅު ދަނޑަށް ވަޑައިގެންފި.

 

16:47

ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކަ ވެސް ރަސްމިއްޔާތަށް ވަޑައިގަންނަވައިފި.

16:44

އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު، ރަސްމިއްޔާތު ބާއްވާ ސަރަހައްދަށް ދާދި ދެންމެއަކު ވަޑައިގެންފި.

16:42

ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާރުކޮޅުގައި ދަތުރުފުޅު ފައްޓަވައިފި.

16:41

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ދިދައާއި ގައުމީ ދިދަ ޤަލޮޅު ދަނޑުގައި ނަގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ދަނޑުގައި ފެށިއްޖެ.

16:37

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ.

16:36

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި ރަސްމިއްޔާތަށް ވަޑައިގަންނަވާނެ.

16:34

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ރަސްމިއްޔާތަށް ވަޑައިގެންފި. މީގެއިތުރުން ވެސް އެކި ގައުމުތަކުން ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުން ވެސް މިހާރު ދަނީ ވަޑައިގަންނަވަމުން.

16:30

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ރަސްމިއްޔާތަށް ދާދި ދެންމެއަކު ވަޑައިގެންފި.

16:28

ކުރީގެ ރައީސް މުޙައްމަދު ވަހީދު އަޙްމަދު ވެސް ރަސްމިއްޔާތަށް ވަޑައިގެން އެބަހުންނެވި. މީގެއިތުރުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވެސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ.

 

16:27

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި އަނބިކަނބަލުން ވަޑައިގަންނަވައިފި.

 

16:16

އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު.

މޯދީ ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ފޮޓޯ: އޭއެންއައި
މޯދީ ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ފޮޓޯ: އޭއެންއައި

16:03

ހުވާ ކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ގަލޮޅު ދަނޑުގެ ބޭރުގައި ބޮޑު ކިޔޫއެއް ވަނީ ހަދާފައި.

ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ކިޔު ހަދާފައި - ވަގުތު އިމޭޖެސް: އަލީ ވިސާމް
ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ކިޔު ހަދާފައި - ވަގުތު އިމޭޖެސް: އަލީ ވިސާމް

15:59

15:55

އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާއިރު، މޯދީއަކީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެންމެ ޝަރަފްވެރި އެއް މެހްމާން.

 

15:48

އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދި ދެންމެއަކު ރާއްޖެ ވަޑައިގެންފި.

 

15:44

މިއަދު މަގާމުގެ ހުވާ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު ވެގެންދާނީ، ރާއްޖޭގެ ހަތްވަނަ ރައީސަށް. އެގޮތުން މީގެކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި، އެ ބޭފުޅުން ރައީސްކަމައި ހޭދަކުރެއްވި މުއްދަތު ތިރީގައި މިވަނީ:

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީން ދީދީ

ރައީސްކަމުގެ މުއްދަތު: 1 ޖަނަވަރީ 1953 އިން 21 އޯގަސްޓް 1953

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު

ރައީސްކަމުގެ މުއްދަތު: 11 ނޮވެމްބަރު 1968 އިން 11 ނޮވެމްބަރު 1978

ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް

ރައީސްކަމުގެ މުއްދަތު: 11 ނޮވެމްބަރު 1978 އިން 11 ނޮވެމްބަރު 2008

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު

ރައީސްކަމުގެ މުއްދަތު: 11 ނޮވެމްބަރު 2008 އިން 7 ފެބްރުއަރީ 2012

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު

ރައީސްކަމުގެ މުއްދަތު: 7 ފެބްރުއަރީ 2012 އިން 17 ނޮވެމްބަރު 2013

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން

ރައީސްކަމުގެ މުއްދަތު: 17 ނޮވެމްބަރު 2013 އިން 17 ނޮވެމްބަރު 2018

15:41

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ އިސްވެރިން އަދި ދައުވަތު ދެވިފައިވާ އިސް ފަރާތްތަށް ރަސްމިއްޔާތަށް މިހާރު ދަނީ އަންނަމުން.

15:40

ކުރިއަށް އޮތް ފަސް އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި އިންސާފުވެރި ފަސް އަހަރަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެ.

15:38

15:19

މިއަދު ރާއްޖެ ކުރިމަތި މިލަނީ އުއްމީދުން ފުރިގެންވާ އާ މަރުހަލާ އަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ. ރައީސް މައުމޫން އަކީ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަނުގެ ބައިވެރިއެއް.

15:17

އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސްކަން މީގެކުރިން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ވަނީ ދައުވަތު އަރުވާފައި. ނަމަވެސް މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިނުގަންނަވަން ވަނީ ނިންމަވާފައި.

15:15

ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ދިވެހި ގައުމާއި އިބޫ މުހާތަބު ކުރެއްވުމަށް ވަނީ ހަމަޖެހިފައި. އަދި އެއަށްފަހު މިރޭގެ ވަގުތެއްގައި އިބޫގެ ކެބިނެޓް އިއުލާން ކުރުން ވެސް އޮންނާނެ.

15:14

މި ރަސްމިއްޔާތުގައި ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގަންނަވާނެ. އޭގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ހިމެނިވަޑައިގަންނަވާ.

15:13

އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވިފައިވާ އާއްމުން ގަލޮޅު ދަނޑަށް ވަންނަން މިހާރު ވަނީ ފަށާފައި.

15:12

އުމުރުފުޅުން 54 އަހަރުގެ އިބްރާހިމް މުހައްމަދު ޞާލިހް ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ އުމުރުފުޅުން 30 އަހަރުގައި ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ހިސާބުން.

ސެންކަންޑްރީ ފެންވަރަށް ތައުލީމް ހާސިލް ކުރައްވާފައިވާ އިބޫގެ އެއްބަނޑު އެއްބަފާ 13 ބޭފުޅުން ތިއްބަވާ. އިބޫ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ފަޒްނާ އަހްމަދާއި. އެ ދެކަނބަލުންނަށް ވަނީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފައި.

15:11

އިބޫ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ މިދިިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހޯއްދަވައިގެން. އެގޮތުން އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 134،705 ވޯޓު (58.4 ޕަސެންޓް) ހޯއްދަވައިގެން. އިބޫ ވެގެން ގޮސްފައިވަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ބާއްވަން ފެށީއްސުރެ މިހާތަނަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ފުރަތަމަ ރައީސަށް.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތުގެ ހާއްސަ ކަވަރޭޖަށް މަރުހަބާ!

އިންތިހާބީ ރައީސް އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާ ކުރައްވާނީ މިއަދު ހަވީރު 5:00 ގައި ގަލޮޅު ދަނޑުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިތުރު ތަފްސީލް އަންނަނީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމީލް

    އެމްޑީޕީ މީހުންނަކީ ވަރަށް ހަޔާތްކުޑަ ބަޔެއްކަން އިނގިގެން އެދިޔައީ ކުރީގެ ރައީސް ޑރ.ވަހީދުއަށް ބާގީ ވަހީދުއަށް ގޮވީމަ މިފަދަ ރަސްމިއްޔާތެއް ގެތެރޭން