އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިޔާގެ ޖީއެމްއާރްގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.

މި ވަފުދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ ޖީއެމްއާރް ކުންފުނީގެ ޗެއާމަން ސްރިނިވާސް ބޮމިޑާލާއެވެ. މި ބޭފުޅުން ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިޔާގެ ޖީއެމްއާރް ކުންފުންޏަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ކުންފުންޏެވެ. ރައީސް ނަޝީދުގެ ސަރުކާރުން އެއާޕޯޓު ހިންގަން ޖީއެމްއާރް އަށް ހަވާލުކޮށްފައިވަނީ 25 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު ރައީސް ނަޝީދު ވެރިކަން އިސްތިއުފާ ދެއްވުމާއެކު ދެން ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވަނީ ޖީއެމްއާރްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ.

އެ އެއްބަސްވުން އުވާލުމާ ގުޅިގެން ސަރުކާރުން ޖީއާމްއާރް އަށް ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ރުފިޔާ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދައްކާ ނިންމާފައެވެ.

ޖީއެމްއާރްގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފައިވާއިރު، ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އިބޫ އޯކޭ

    އެއަރޕޯޓުވެސް ވިއްކާލާނަން ދައުލަތްދަވާލާ ލޫޓުވާލަން އަހަރެން މިހިރީ ކެންމަދުފެފައި އަހަރެމެން ބޭނުންވާގޮތް މިވީ ދެން ތެޅިތެޅި ތިބޭ ރައްޔިތުން....

  2. ދެރަވޭ

    މިފަހަރުދެނީ ހަނިމާދޫ އެއާރޕޯޓު.އޭގެއިތުރުން ރިސޯޓުހިންގުމުގެ ނަމުގަ 3ފަޅުރައްދެނީ.ހަނިމާދޫ މީހުންނަކީ ވަރަށް ކަންތައްތަކާ އަޅާނުލާ ނުވިސްނާބައެ ތިމާމެންގެ ރަށުން ގެއްލިގެން މިދަނީ ކިހާބޮޑު މިނިވަންކަމެއްކަން.މިއީ ރައްޔިތުން ބޭނުންވިގޮތް ދެންމިގައުމު އަލުން އަބުރާ ހޯދުމަކީ ދަތިކަމެ މިގައުމު މިދިޔައީބީވެގެން.މީގެ ޒިންމާ މިފަހަރު ނަގަންޖެހޭނީ މައުމޫނާ ގާސިމާ.ޝޭހު އިލްޔާސަށް މަރުހަބާ ވެރިަކަން ބަދަލުކުރީމަ ލިބޭއުފަލަށް.ލަސްތަކެނުވެ ﷲއިލްޔާސުގެ ދުލުން ރައްޔިތުންނަ އާދޭސްކުރާދުވަސް ދައްކަވާށި.އާމީން.ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ވަރަށް ހިތާމަކުރަން މިދުވަސްއައީމަ.

  3. ަސދސަ

    ޖމރ އަށް އެއަޕޯރޓް ދިނުމާއި ވެރިކަން ވެއްޓުން އެކުއެކޭގައި ހިނގާނޭ ދެކަންތައް. ރައްޔިތުންގެ ހަރުމުދާ ވިއަކަން އައްޔަންކުރިބައެއް ނޫން ތިއީ.
    އަޢްޑޫ މީހުން ގުނބޯ ހައްދައިގެން ގަން އެއަރޕޯރޓް އިންޑިޔާ ޖމރ އަށް ދީ އެތަނުގައި އިންޑިއާ އެއަރ ފޯސްއެއް ބޭވުމަށް ވަނީ ހަމަޖެހިނިމިފައި.
    އެހެހންވެ ބޮޑުވަޒީރުގެ އޮފީސް އައްޑޫގައި ހުޅުވީ

  4. މަ

    މި ގައުމު ހަލާކުގެތެރެޔަށް ތި ވައްޓާލީ ދިވެހިން އަމިއްލަޔަށް

  5. އިބްރާހިމް އަލީ

    ޖ.މ.ރ. މިދަނޑިވަޅުގަ އައުމުގެ ބޭނުމަ ކީކޮބައިތޯ ؟ އަނެއްފަހަރު އެއަރޕޯޓް ދޭންވީބާ ،، ހުރިހާލީޑަރުން ތިބެގެން އެފަދަކަމެއް ކުރަން ހެޔޮނުވާނެ ނޫންތޯ.......

  6. ހައިދަރު

    ޔާﷲ މިގައުމާ މިގައުމުގެ ހަރުމުދާ ސަލާމަތް ކުރައްވާށި

  7. ފްރީޑަމް މޫވްމެންޓް

    އެއރޕޯރޓް ޖީއެމްއާރު އާއި ހަވާލުކުރުމައް ހިތުގައިވެސް ނުލާތި. ތިޔައީ މި ގައުމައް ދުވަހަކުވެސް ހެވެއް އެދޭނެ ބައެއްނޫން

  8. ކިނބޫ

    އިބޫ މޮޔަނުވާތި ނަމަ ނަމަ އެއާ ޕޯރޓް ޖީ އެމް އާރައް ނުދޭތި ކުޅި ދައްކާ ލާނަން

  9. އަލީ

    މިފެށެނީ.

  10. ސަންގުގެރި

    އެއަރޕޯރޓު ދީފިނަމަ ދޭދުވަހު ވައްޓާލާނަން މިކަން ސޯލިބޭ ހަދާންކުރާތި؟

  11. Anonymous

    މިހާރު ހުރިހާ ލީޑަރުން އެއްވެގެން ދިނަސް އޯކޭވާނެ

  12. އަލީ

    އަވަށް އެއަރ ޕޯޓް ވިއްކާލާ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން މިވެސް ރަގަޅުކަމެއް!

  13. އަލިފުތު

    އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ވިއްކާލަން ތައްޔާރުވަނީބާ..!