ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވި ގޮތަށް ބަލާ އެއްވެސް ރައްޔިތަކާމެދު ތަފާތެއް ނުކުރާނެކަމަށާއި ވޯޓު ދެއްވި ގޮތަށް ބެލުމެއް ނެތި އިހުލާސްތެރިކަމާއެކު ޚިދުމަތް ކުރަން ދެމި ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވޯޓުލީ އާބާދީގެ 58.4 އިންސައްތަ އަޅުގަނޑަށް ތާއީދުކޮށް ވޯޓު ދެއްވި. އަދި އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަށް 41.6 އިންސައްތަ ވޯޓު ދެއްވި. ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެދުވަހު ވޯޓު ދެއްވީ އެރައްޔިތުން ދެކޭ ގޮތުގައި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެންނަ ގޮތަށް. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަނީ އެދުވަހު ތިޔަބޭފުޅުން އިހުތިޔާރު ކުރެއްވި ގޮތަށް ބެލުމެއް ނެތި ތިޔަ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް ދިނުމުގައި އެއްވެސް ރައްޔިތަކި ތަފާތު ކުރުމެއް ނެތި ޚިދުމަތް ކުރުމުގައި އަޅުގަނޑު ދެމި ހުންނާނެ ވާހަކަ" ރައީސް ވިދާޅުވިއެވެ.

ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކަށަވަރުކަން އަރުވަނީ ކުރި ހުވަޔާ އެއްގޮތަށް ދެމިހުންނާނެކަން ކަމުގައެވެ.

"މިއަދު އެންމެ ފުރަތަމަ ކަމަކަށް ރާއްޖެ ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށް މި އަރުވަނީ ﷲ ގެ ވާގިފުޅާއެކު އަޅުގަނޑު މި ކުރި ހުވަޔާ އެއްގޮތަށް ޢަމަލު ކުރުންމަތީ ދެމި ހުންނާނެކަމުގެ ޔަޤީންކަން. " ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން ވޯޓުލީ ސަބަބުން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާނުލާނެކަމަށާއި ރައްޔިތުން ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަނުގެ ކެންޑިޑޭޓެއްގެ ގޮތުގައިކަން ހަނދާން ނައްތާނުލައްވާނެކަމުގައެވެ.

"ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބުން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހިވެގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއް ގޮތުގައި އެންމެ އެކުގައި މަސައްކަތް ކުރަން. މިކަން އަޅުގަނޑު އަބަދުވެސް ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް އަދި އަޅުގަނޑުމެން އެންމެންވެސް އަބަދު ހަނދާން ބަހައްޓަން ވާނެ."

މީގެއިތުރުންވެސް، އެމަނިކިފާނު ވިދާޅުވީ ރައްޔިތުން ވޯޓު ދެއްވާފައިވަނީ އިންސާފުގެ މަގުން ރާއްޖެ ގެންދާށާއި އަމާން ވެއްޓެއް ޤާއިމްކޮށް، ކޮރަޕްޝަނާއި ވައްކަން ނައްތާލައި، ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި، މިއިން އެއްވެސް ވައުދެއް ހަނދާން ނައްތާނުލައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެއްޓެއް ގާއިމް ކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމާ އަޅުގަނޑުވީ ވައުދުތަކުގެ މައްޗަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު މިއަދުވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނޭ ކަންކަންވެސް ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ތިޔަހެން އަންނިވެސްބުނި އެކަމަކުވީ ކިހިނެއްތޯ އަންނިވެސް މާތްﷲ ގަންދޫ ހުވާވެސްކުރި ނަމަވެސް ހުވަޔަށްވީ ހަރާންހޯރު އިބުވާނީވެސް ހަމައެހެން ރއްޔިތުންގެ ބޮލުގައި ޗިޕްޖެހުމަށް ސަޅިކަޑަނީ

  2. ޑަމް

    ތިހިންބުނާނެ. ނިމިދިޔަ ސަރުކަާަރުގަވެސް މުޅިދައުލަތުގެބަޖެޓްގެ ބޮޑުބައެއް ގދ. ތިނަދުއަށް ހަރަދުކުރީި. މިހާަރުވެސް މިސަރުކާަރުގަ ވެސް ކަންތައް މިހާަރުވެސް މި ފެށުނީި ހަމަ އެގޮތަށް. މިހެން ކަން ކަން ނުވާަނެގޮތަކަށް ވުން އެދެން

  3. ޫޒުލޭހާ

    ޥަރައްނިކަމެތިކޮނއުޅޭމީހުންނައް ލިބުނުފުލެޓުތައް އިބޫ ބާތިލުނުކުރާނެކަމައް އުއްމީދުކުރަން

  4. Anonymous

    ބަރާބަރު

  5. ރާއްޖެ

    ބަރާބަރު

  6. ރިޔާސާ

    ތަރައްޤިއަށް ކުރެވޭނޭހާވެސް ކަމަކީ ރައީސް ޔާމީންގެ ޕްލޭންތަކާ އެމަނިކުފާނު ފައްޓަވާފައިހުރި ކަންކަން. އަލަކަށް ކަމެއް ނުކުރެވޭނެ!

  7. އަލީ

    ކުރިއަށްއޮތް ދުވަސްތަކުގައި ތިޔަކަން ވަރަށްރަގަޅަށް ފެންނާނެ! ދައްކާވާހަކައާ އަމަލަކާ ދިމަލެއްނުވާނެ މިޢީ ޔަގީންކަމެއް އެމްޑީޕީ މީހުންނަކީ މިފަދަ ބައެއް!