ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ އަގު ހެޔޮކުރައްވަން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙު މިހެން ވިދާޅުވީ މިއަދު، އެމަނިކުފާނުގެ މަޤާމުގެ ހުވާކުރެއްވުމަށްފަހު، ޤައުމާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"ފުރަތަމަ 100 ދުވަސް ނިމޭއިރު ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ." ގަލޮޅު ރަސްމީ ބޯޅަދަނޑުގައި، ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިޙު ވިދާޅުވިއެވެ.

ރާއްޖޭގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ އަގު ހެޔޮކުރާނެކަން ރައީސް ސޯލިޙު އިޢުލާން ކުރައްވާފައިވާއިރު އެކަމަށްވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައިވެސް ފައިސާ ކަނޑައަޅާފައެވެ. އެގޮތުން ކަރަންޓުގެ އަގު ހެޔޮ ކުރުމަށް 272 މިލިއަން ދިވެހި ރުފިޔާ ހިމަނާފައިވެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައިވެސް ވަނީ ކަރަންޓުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. ހަމައެހެންމެ، ރައީސް ޔާމީންގެ ވެރިކަމުގައި ޒަމާނުންސުރެ އަތޮޅުތެރޭގެ ރަށްތަކާއި މާލޭގައި އޮތް ކަރަންޓުގެ އަގުގެ ފަރަޤުވެސް ވަނީ ނައްތާލައްވާފައެވެ.

މީގެއިތުރުންވެސް، ގިނަ ކަންތައްތަކެއް، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރައީސް ސޯލިޙުވަނީ ވައުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންތަރީސް

    ތިގޮތަށް އަންނިވެސް ސަބުސިޓީ ދިން ފަހުން ހުލިވެގެން ރަށްފުށުގެ ރަށްކުރި އަރުވާކޮމިޓިގެ ލާރިގަނޑު ދަވާލީ އަދިވެސްވާނުވާނޭގޭ ..

  2. ޒަކީ

    ކޮބާތަ އެކަންކަމަކީ: ކަރަންޓް އަގުހެޔޮކުރުން ، ކޯލިޝަން ރޫޅާލުން ، އަންނި ބޮޑުވަޒީރުކަން ، ފައްޅި އެޅުން ގާނޫނު ތައް ބަދަލުކުުން ، ނުފޮރުޅާ ހުރި ގާތަށް ފޮރުޅުން ، އެއަރޕޯޓް ޖީއެމް އާރަށް ދިނުން ،

  3. ކުރަނގި

    ތަފާތު ފެންނަން ފަށާނީ 3މަސްފަހުން ބަލަންމިތިބީ ވާނުވާ ސޯލި.

  4. ސިމާޙް

    ކަރަންޓް މިހާރުވެސް އަގުބޮޑެއްނޫނެވެ. ކަރަންޓްގެ އަގު ހެޔޮކުރަން ބުނާއިރު ތެލުގެ ޑިޔުޓީވެސް ކަނޑާލުން އެއީ ވަޢުދެކެވެ. ތެލަކީ ބޭރުން ގަންނަ އެއްޗަކަށްވެފައި ތެލުގެ ޑިޔުޓީ ކަނޑާލާފަ ކަރަންޓު ހެޔޮކުރީމާ ދައުލަތުގެ އާމުދަނީ ދަށްވެގެންދާނެއެވެ. ތިގޮތަށް ފޮނި ބުރުއްސާއިރު ތިޔައީ ދަޅަދެއްކުމެއްކަން ކަށަވަރެވެ. ރައީސް ޔާމީން ހުޅުއްވާދެއްފައިހުރި އިޤްތިޞާދީ ދޮރޯށިތައް ފެންނަންހުރީތީ މިއަދު އަނދުން އެޅުވިޔަސް ތިކަން ވާނީ ވަގުތީ ކަމަކަށެވެ. ޑޮލަރުގެއަގު ބޮޑުވެ ދިވެހިފައިސާގެ އަގުވެއްޓި އިޤްތިޞާދު ދެކޮޅުނުޖެހިގެންއުޅޭ ތަން ދާދި އަވަހަށް ފެންނާނެއެވެ.

  5. Anonymous

    ފެނުގެ އަގުވެސް ހެޔޮކޮއްދޭނެ ކަމައް އުއްމީދު ކުރަން

  6. ތަޮޮޮލް

    ކޮބާރިސޯޓުކުދިން ކޮޅުގެ މުސާރަ މިނިވަންވޭޖެއްގެވާހަކަ 600 ޑޮލަރައް މުސާރަހަދާވަހަކަ މިހާރުހަނދާންނެތުނީދޯ