ރައްޔިތުންގެ މަޖިލީހުގެ ލ.ގަމު ދާއިރާގެ މެމްބަރު ކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވައިފިއެވެ.

މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ފައްޔާޒު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ގަމު ދާއިރާ ތަމްސީލުކުރުމަށް ލ.ގަމާއި، އަދި މުންޑޫގެ ރައްޔިތުން ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފައެވެ.

މަޖިލިސް މެމްބަރުކަމުން ފައްޔާޒު އިސްތިއުފާ ދެއްވިއިރު، އޭނާ ދެން ފެނުން ގާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުންނެވެ. އެގޮތުން ފައްޔާޒު އަށް އިކޮނޮމިކް މިނިސްޓަރުކަން ދެއްވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިގެން ގޮސްފައެވެ. ރައީސް ސޯލިހުގެ ކެބިނެޓް މިރޭގެ ވަގުތެއްގައި އިއުލާންކުރައްވާނެއެވެ.

ފައްޔާޒުގެ އިތުރުން ކެބިނެޓާއި ގުޅިވަޑައިގަތުމަށް މައްޗަންގޯޅި އުތުރު މެންބަރުކަމުން މާރިޔާ އަޙުމަދު ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިގާނަގަމާ

    އެހެންވީމަ މިހާރު ރަގަޅޭ އިތުބާރު ނެތްކަމުގެ ވޯޓެނަގަން.

  2. މުހައްމަދު

    މިހުރީ ދިމާޔަށް ފެންނަން ހުރި ބޮޑެތި ބާގަނޑު ކިހިނެއް ކަމެއް ރަގަޅަށް ދާނީ ހެހެހޭ