ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފަައިވާގޮތުން މަހުލޫފް ހިމެނިވަޑައިގަންނަވާ ރައީސް ސޯލިހު މިރޭ އިއުލާނު ކުރައްވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްލޫފު އައްޔަން ކުރާނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ކަމުގެ މަގާމަށެވެ.

މަހުލޫފް މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން ކުރެއްވި ތާއިދާއި އިތުބާރަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވާކަންވެސް ވަނީ އިއުލާނުކުރައްވާފައެވެ.

އިބޫގެ ސަރުކާރުގައި 19 މިނިސްޓްރީއެއް ހިމެނެއެވެ.