ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު މެންބަރުކަމުން މާރިޔާ އަޙުމަދު ދީދީވެސް އިސްތިއުފާ ދެއްވައިފިއެވެ. މާރިޔާ އިސްތިއުފާ ދެއްވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާރިޔާވެސް މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކެބިނެޓާ ގުޅިވަޑައިގަތުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، އިސްތިއުފާގެ ސިޓީއާއެކު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ސިޔާސީ ދާއިރާއަށް ނެރެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމުގައެވެ. މީގެއިތުރުން، މާރިޔާ ވަނީ އޭނާ މަޖިލީހުގައި ތަމްސީލު ކުރެއްވި މައްޗަންގޯޅި އިތުރު ދާއިރާއާއި ކ. އަތޮޅު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"އަހަރެންގެ ހިތްވަރަކީ އަބަދުވެސް މަގޭ އާއިލާއާއި، ރައްޓެހިންނާއި، އެމްޑީޕީ އާއި ހުރިހާ ދިވެހި ރައްޔިތުން. މާތް ﷲ އަށް ޝުކުރުކޮށް މާތް ﷲ އަށް ވަކީލުކުރަން." މާރިޔާގެ ޓްވީޓުގައި އިތުރަށް ވިދާޅުވިއެވެ.

އަޑު ފެތުރިފައިވާ ގޮތުގައި މާރިޔާ އަށް ރައީސް ޞާލިހުގެ ކެބިނެޓުން ދެއްވާނީ ބަންޑާރަ ނައިބުގެ މަޤާމު ނުވަތަ ދިފާއީ ވަޒީރުގެ މަޤާމެވެ. މާރިޔާއަކީ، ރިޔާސީ އިންތިޚާބުގެ ތެރެއިންނާއި އޭގެފަހުން، ރައީސް ސޯލިހުގެ ތަރުޖަމާނުގެ މަޤާމުގައިވެސް ހުންނެވި ބޭފުޅާއެވެ.

ރައީސް ޞާލިހުގެ ވެރިކަމުގައި 19 މިނިސްޓްރީ އެއްވަނީ އުފައްދަވަން ނިންމަވާފައެވެ. އޭގެތެރޭގައި މުޅިން އަލަށް އުފައްދަވާ ވުޒާރާތައްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    އަނހަނ މިވަނ ީ ކިހިނެއްތަ؟

  2. އިންމާ

    ވަގުތުނޫސް ހާ އަވަސް ތާޒާ ޚަބަރު ގެނެސްދޭ އެހެން ނޫހެއް ނެތް!! ސާބަސް ވަގުތު ނޫހުގެ ކުދިންނަށް

  3. ސަރުވަރު

    މައުމޫނާ ދެކޮޅުވީވެސް ބަންޑާރަ ނައިބު ކަން މާރިޔާއަށް ނުދީ މުނައްވަރަށް ދީގެން ކަމަށް ކިޔާ އުޅުނު މާޜިޔާއަކީ ކުރީގަ ބަންޑާރަ ނައިބުގެ އޮފީހުގަަ މަސައްކަތް ކޮއްފައިވާ ކަނބަލެއް