ދިވެހި ސިވިލް ސާރވިސް މުވައްޒަފުންނަށް ދެވޭ މުސާރަ އެލެވެންސެއްގެ ގޮތުގައި ހިމަނާފައި ވަނީ، މުވައްޒަފުން ގެއަށް ގެންދަން ޖެހޭ ފައިސާކޮޅުން އެއްވެސް އެއްޗެއް ނުކެނޑުމަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސީ) އިން ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، މީގެ ކުރިން އަސާސީ މުސާރައިން، މުސާރަަ ބޮޑުކުރާ ގޮތަށް ކަންހިނގި ނަމަވެސް، މިފަހަރު އެލަވެންސްގެ ގޮތުގައި މުސާރާ ބޮޑުވާގޮތަށް ހަމަޖެއްސީ އަސާސީން މުސާރަ ބޮޑު ކުރުމާއީ އެކީގައި އެއިން ބައެއް ޕެންޝަނަށް ކެނޑޭކަމަށާއި، އެހެންވުމުން އެ މުވައްޒަފު ގެއަށް ގެންދަން ޖެހޭ ބައި މަދުވެގެންދާ ކަމަށެވެ.
"އަސާސީ މުސާރާގެ ބައެެއް ބޮޑު ކުރުމާއެކީގައި އެއިން ޕެންޝަަނަށް ކެނޑޭ. ގިނަ މުވައްޒަފުން އެއްވެސް އެއްޗެއް މަދުވުމަކީ ބޭނުންވާކަމެއް ނޫން. އެހެންވެ މުސާރަ ބޮޑު ކުރުމުގެ ފޯމިއުލާތައް ދިރާސާކޮށް ބަލަމުންދިޔައިރު އަޅުގަނޑުމެން ބެލީ މިގޮތަށް ނުވާނެ ގޮތަށް. ގެއަށް ގެންދަން ޖީބަށްލާން މުވައްޒަފުންނަށް ލިބޭ ފައިސާ ކޮޅުން އެއްެވެސް އެއްޗެއް ނުކެނޑޭނެ ގޮތަށް މިކަން ކުރިއަށްގެންދެވޭތޯ". ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، އެލަވެންސްތަކެއް ތައާރަފް ކުރީ މުވައްޒަފުންގެ ފައިދާއަށް ކަމަށެވެ.
ޝަމީމް ވިދާޅުވީ، މިފަހަރު މުސާރައަށް ގެނެވުނު ބަދަލާއެކު ސިވިލް ސާވިސްގެ 73.6 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެ މުސާރަތައް ބޮޑުކުރެވިފައި ވަނީ އެކަމާއި ގުޅޭގޮތުން ދިރާސާތަކެއް ކުރުމަށްފަހުކަމަށްވެސް ޝަމީމް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް 234 މިިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މުސާރަތަ ބޮޑުކުރީ ނުވަތަ އެލެވެންސް ތަ ބޮޑުކުރީ ، މުސާރަ އައި އެލެވެން އެއީ ދޭއްޗެއް ،
ތިޔަ ޝަމީމަކީ ދިވެހި ސިވިލް ސަރވަންޓުންނަށް މިޞީބާތެއް
ބުޑް އުދަގުލެއް،މަނިކުފާނު މިޒަމާނުގައި ތަންދޮރު ނުފިލާ މީހުން ނޫޅޭ
ކުޑަ ކުދިން ދޯ ސިވިލްސަރވަންޓުންނަކީ؟ ތިގޮތަށް ތިހެދީ މުވައްޒަފުންނަށްވާ ފައިދާއަށްވުރެ ބޮޑަށް ސަރުކާރަށްވާ ފައިދާ ބޮޑުވީމަ. ސަރުކާރުން ަޕެންޝަނަށް ލާންޖެހޭ ބައި ލާކަށް ނުޖެހޭނެ ތިހެން ހެދީމަ. އިތުރު ގަޑީގަ މަސައްކަތް ކުރިޔަސް އިތުރު ލާރިއެއް ނުދާނެ ތިހެން ހެދީމަ. މިއީ ކުޑަކުދިންނެއް ނޫނޭ ޢަލީ ޝަމީމޫ. ހިތަށް އެރި ގޮތަކަށް ވާހަކަ ދެއްކީމަ ޤަބޫލު ކުރާކަށް. މުސާރަ ބޮޑުކޮށްފީމޯ.... ހެހެ...
އިރުކޮޅަކުން ތިއެލެވެންސް ކަނޑާލާނެ ނޫނީ ތިއަށްވުރެ ކުޑަކޯށްލާނެ...
އޭވިއޭޝަން ސެކިއުރިޓީ ސްޓާފުންނަކީ އެއާޕޯޓުގައި އެންމެ ޒިންމާ ބޮޑު އެންމެ ރިސްކް ބޮޑު އެއްމަސައްކަތްކުރާ ބައެކެވެ. އެހެން ނަމަވެސް ސަރުކާރުން އެމުވައްސަސާގެ އަގު ވަޒަންކުރާ ގޮތާއިމެދު އުފެދެނީ ސުވާލު ތަކެކެވެ. އެގޮތުން ސަރުކާރުން ހިންގާ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރި ވުމުގެ ފުރުސަތެއްނުލިބެއެވެ. ގެދޮރުވެރި ކުރުވުމުގެ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރި ނުވެއެވެ. ވެލާނާ އެއާޕޯޓުގައި މަސައްކަތްކުރާ އިމިގްރޭޝަން ކަސްޓަމްސް ގެ ފުޑް އެލެވެންސް ވެސް މިދެންނެވި މުވައްސަސާޔާ ވަރަށްބޮޑުތަން ތަފާތެވެ. ޕްރޮމޯޝަމް ހިފެހެއްޓިފައިވާތާ އަހަރުތަކެއްވެއްޖެއެވެ. މިފަހަރު ސަރުކާރުން ބޮޑުކުރި މުސާރައާއި އިނާޔަތްވެސް ނުލިބޭނެއެވެ. ވީމާ ސިވިލްސާވިސްގެ ފުރާޅުދަށުން މި މުވައްސަސާ މިނިވަންކުރުމަށް ގޮވާލަމެވެ. ޢަދި މިތަނުގެ ވެރިން ޒިންމާދާރު ކުރުވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.
މިފަހަރުވެސް މުސާރަ ބޮޑު މީހުންނަށް ހަމަ ބޮޑީ މަސައްކަތު ކުޅަދުރަށް 700 ރ ގޮޑީގައި ސޮއި ކުރަން އިންނަ މީހާއަށް 1500
މުސާރަދޯ؟ ވ މޮޅުގޮތެއް
ޙަހަހާ އެންމެ ފަހުން މިސާރަ ބޮޑު ކުރިކަތައް ވެސް ސިޔާސީ ކޮށް ރައްޔިތުން ނަން އޮޅުވާލުމުގައި ހައްދު ފަހަނަޅާ ދިޔައިމަ. ޢެކަމުގެ ދިފާއުގައިވެސް ވާހަކަ ދައްކަން ޖެހުނީ. ނުވިސްނޭ ބަޔަކަށް ނުވިސްނޭނެ ދުނިޔެ ޤިޔާމަތް ވިޔަސް.
ހަމައެގޮތަށް ގެޔަށްގެންދަން ލިބޭއެތިކޮޅު އިތުރުވެސް ނުވާނެގޮތަށް ތިހެއްދެވީ ދެއްތޯ؟ އަސާސީ މުސާރައަށް އިތުރުކުރިނަމަ އިތުރުގަޑީގެ ރޭޓަށްވެސް ރަނގަޅު ބަދަލެއް އަންނާނެ. ބޮޑުކުރީ މަތީމަގާމުގެ މީހުންނަށް ގިނައިން ލިބޭގޮތަށް. ކަމަކުނުދޭ
ޕެންޝަނަށް ކެންޑުންތަ ނޫނީ އެ ކެންޑޭއެއްޗަކާ އެއްވަރަށް ސަރުކާރުން ފައިސާލާން ޖެހޭތީވެބާ؟؟ ބުނިގޮތަށްބާ މިކަން މިވީ...އަދިވެސް ހަމަ ގިނައިން ލިބޭމީހުންނަށް ގިނައިންދޯ...
ޕެންސަންދޭއިރު އެލަވަންސް ދޭކަމެއް ނުދެނެހުރިން.
މުސާރައިގެ ތެރެއަށް ތި ލާރިކޮޅު ބޮޑުކުރިނަމަ އެހެން އެލަވަންސްތަކާއެކު މުވައްޒފުންނަށް ލިބޭ އެތިކޮޅު ނިސްބަތުން ބޮޑުވާނެ.
ހުސް ދޮގު...! ގެއަށް ގެންދާވަރު ގިނަ ވެދާނެތީ! އެލަވަންސްގެ ގޮތުގައި މުސާރަ ބޮޑުކޮށްގެން ކިޔާ ފާޑު ކިޔުން ނުފެނޭތަ!
ބޮޑުމީހާ އަށް އަބަދުވެސް ބޮދުވާނީ ...... މިހާރުވެސް ހަމަ އެހެން
ބޮޑު މީހުންނަށް ގިނައިން ދެރަމީހުންނަށް މަދުން.... މިރާއްޖޭގެ ކަންތައް ހުންނަ ގޮތް... މުއްސަނދިން މުއްސަނދިކުރާ ސަރުކާރު
މުސާރަ ބޮޑު ކުރިއޭ ކިޔައިގެން ތިގެންގުޅެނީ މުޅިންވެސް އޮޅުވާލުން
މުސާރައާ އެލަވަންސް އެއީ ޤާނޫނުގަވެސް ވަކި ދެ އެއްޗެއް ގޮތުގަ ބަލާފަ އޮންނަ ދެއެތި.. އެލަވަންސެއް އިތުރުކުރީ.. ދަށް ފަންތިއަށް 700 ބޮޑުންނަށް 1500 ލިބޭގޮތަށް އޮޅުވާލަން ނޫޅޭ.. ރައްޔިތުން ތިއެއް ބަލައެއް ނުގަނޭ.. ރައީސް މީހާބުނެފަ އޮތީ 2000 ރުފިޔާގެ ކުރިއެރުމެއް ލިބޭނެއޭ..ކަންތައްވީ ދިމާ އިދިކޮޅަށް.. ދެން އަތްޖަހަންވީ؟
ކޮންގޮތަަކަށް ބޮޑުކުރި މުސާރައެއްތޯ؟އެއީ ތިޔަހެން ގޮވާލަންކުރިކަެއްތޯ؟ އެލަވަންސެކޭ ކިޔާފަި ދިނީ ކިތައްރުފިޔާތޯ؟ އެރުފިޔާކޮޅު ބޮޑުކޮށްފައި ބާޒާރު އަތްނުފޯރާ ފަށަށް ކޮންވާހަކަ އެއްތިޔަ ދައްކަވަނީ
ވެމްކޯ ކުނި އުކާމީހަކަށް 9000ރ މުސާރަ އަދި ލާނެ ޔުނީފޯމު އާއި އެކުލިބޭ، ބުރަމަސައްކަތުން ތައުލީމު ފެންވަރު އުގެނޭ މީހުންގެ ކޯމަތީގައި ޖެހި އެތި ފަހަރެއްތީ.
ބުނި އެންމެ ދަށް މީހުންނަށްށޭ މުސާރަ އެންމެ ބޮޑު ކުރީ. އެކަމް އެންމެ ދަށްފަންތީގެ މީހާއަށް 700ރ ވީމަ ކަޑައޭ.
އުހމީދުކުރަނީ 2019 ގައި މުސާރަ ބޮޑުކުރާނެ ކަމަށް
26 ބިލިއަން ރުފިޔާގެ ބަޖެޓަކުން 234 މިލިއަން ރުފިރާ އަކީ ގަބޫލުކުރަން ދަތި ޢަދަދެއް
އެއުރެޖު މުސާރަ އަހަރަކަށް 90 ރުފިޔާ ބޮޑުވީ
ބާޒާރުއަގު 15% އިންސައްތަ ބޮޑުވެއްޖެ ދެން އަޅާ ކިޔާނީ ކިހިނެއް
މުސާރަ ބޮޑު ކުރަނީ މަސައްކަތް ކުރާ މީހުންގެ ދޯ. ޓީޗަރުންނަކީ މަސައްކަތް ކުަރާ ބަޔެއް ނޫން ވިއްޔާ!
ހަހަ........... ޕޯޑިއަމްގަ ރަޢީސް ދެއްކި ވާހަކަ އަޑުއެހިން. އެއްމެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް 33% ދެން އެޔާ ޖެހުނު މުވައްޒަފުންނަށް 25% .... 700ރުފިޔާ މީ ކޮންތާކުން އައި ޢަދަދެއްތޯ؟؟؟؟؟؟؟؟
.މިހާރު ދާނީ މިހެން . ޢިދިކޮޅު އަމަލު. ޥޯޓަށް އިންތިޒާރު ކުރޭ
މިފަހަރު ޓީޗަރުންނަށް ހަޖަމެއް ނުވި ޓީޗަރުންނަށް ވަކި އޮނިގަނޑެއް ހަދައިގެން މުސާރައިގެ ކުރިއެރުން ދިން އިރު ސިވިލްސާވިސްގެ ޢާއްމު މީހުންތިބީ ބަލަން މިފަދަ ދުވަހެއްގެ އިންތިޒާރުގައި ދެން މިފަހަރު ޓީޗަރުންނަށް މިކަން ހަޖަމު ނުވާންވީ ކީއްވެ؟