ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓް އިއުލާން ކުރައްވައިފިއެވެ.

ރައީސް ސޯލިހު ކެބިނެޓް އިއުލާން ކުރެއްވީ މިރޭ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ކެބިނެޓް މިނިސްޓަރުންނަށް ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ޖުމްލަ 19 މިނިސްޓްރީ އެއް ހިމެނެއެވެ. އެގޮތުން ކެބިނެޓް ބަހާލާފައިވަނީ ކޯލިޝަން ޕާޓީތަކުގެ މެދުގައެވެ. އެގޮތުން އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދީފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދިނީ 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓް ދީފައިވާއިރު އަދާލަތު ޕާޓީއަށް ދިނީ 15 ޕަސެންޓެވެ.

ރައީސް ސޯލިހު ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުން:

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަޤާމަށް ޢަބްދުﷲ ޝާހިދު، (އެމްޑީޕީ)

މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަޤާމަށް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ (އެމްޑީޕީ)

މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަޤާމަށް އައްޝައިޚް ޢިމްރާން ޢަބްދުﷲ، (އަދާލަތު ޕާޓީ)

މިނިސްޓަރ އޮފް ފިނޭންސް ކަމުގެ މަޤާމަށް އިބްރާހީމް އަމީރު، (އެމްޑީޕީ)

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަޤާމަށް މުޙައްމަދު އަސްލަމް (އެމްޑީޕީ)

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ކަމުގެ މަޤާމަށް ޑޮކްޓަރ އިބްރާހީމް ޙަސަން (އެމްއާރްއެމް)

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ކަމުގެ މަޤާމަށް މުޙައްމަދު މަލީޙް ޖަމާލް (ޖުމްހޫރީ ޕާޓީ)

މިނިސްޓަރ އޮފް ހެލްތް ކަމުގެ މަޤާމަށް ޢަބްދުﷲ އަމީން (ޖުމްހޫރީ ޕާޓީ)

މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ޢަލީ (އެމްޑީޕީ)

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ކަމުގެ މަޤާމަށް ޢާއިޝަތު ނަހުލާ (ޖުމްހޫރީ ޕާޓީ)

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ކަމުގެ މަޤާމަށް ޔުމްނާ މައުމޫން (އެމްއާރްއެމް)

މިނިސްޓަރ އޮފް ޓޫރިޒަމް ކަމުގެ މަޤާމަށް ޢަލީ ވަޙީދު (ޖުމްހޫރީ ޕާޓީ)

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަޤާމަށް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް (އެމްޑީޕީ)

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ކަމުގެ މަޤާމަށް ޒަހާ ވަޙީދު (އެމްއާރްއެމް)

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަޤާމަށް ޑޮކްޓަރ އަޙްމަދު ޒާހިރު (އަދާލަތު ޕާޓީ)

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަޤާމަށް އާމިނަތު ޢާޠިފާ (އެމްއާރްއެމް)

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ކަމުގެ މަޤާމަށް އަޙްމަދު މަޚްލޫފް (އެމްޑީޕީ)

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ކަމުގެ މަޤާމަށް ޝިދާތާ ޝަރީފް (އަދާލަތު ޕާޓީ)

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކަމުގެ މަޤާމަށް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން (ޖުމްހޫރީ ޕާޓީ)

އެޓަރނީ ޖެނެރަލް ކަމުގެ މަޤާމަށް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު (އެމްޑީޕީ)

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މުހައްމަދު

    ހުސް ކަޗޯރުން ކުރިންވެސް މަސައްކަޔް ކުރިތަން ދުށިން އެންމެންގެ ހަލާކަށް ކަންކުރި ގޮތަށް ހަމަ ކުރާނީ ބަލަންތިބެމާ

  2. އާރމީ

    ޑިފެންސް މިނިސްޓަރަކީ ކާކޭ...........?

  3. ސަޓޯ

    ތިއޮތީވާ ކެބިނެޓެއް ނުކުރެވޭ ޤައުމު ތަރައް ޤީއެއް ގާބިލް ކަމެއްނެތް ގިނައީ ފެއިލަރުން

  4. ދޮންކަލޯ

    މާރިޔާ ކަޑަ ޑިފެންސް މިނިސްޓަރ އަކަށް.

  5. ސަޓޯ

    ކޮބާ ދިޔާނާ ކޮބާ ޖާބިރު

  6. ޙައްވަ

    މިނިސްޓްރީ އޮފް ޑިފެންސް: މާރިޔާ އަހުމަދު ދީދީ. ޢަޅޭ ތިހެދީކިހިނެއް?

  7. Miadhu

    ކެބިނެޓް ވ ސަޅި ޔަގީނުންވެސް ޓޫރިޒަމާއި ގުޅުން ހުރި ހިސާބެއްގަވެސް ގާސިމު ދައުލަށް ދައްކަންޖެހޭ ފައިސާއެއް ނުއޮންނާނެ

  8. Miadhu

    ނަހުލާގެ އެމިނިސްޓަރ ކަމަކީ އަމީން އިބުރާހިމްގެ މަގާމެއްދޯ މަޖިލިސް އިންތިޚާބަށް އިއުލާނުކުރުމުން ބަދަލުކޮށްލަން

  9. އަނާރު

    ކޮބާ އަހަރުމެންގެ ޖާބިރުބޭ އަދިފަހުންދޯ
    ހާދަދެރައޭ ރަނުން ޖަރީނުވީތާދޯ

  10. ސައީދު

    ސިފައިންގެ ދުވަސް ތިދިޔައީ

  11. ޢަލީ އަހްމަދު

    ޢަލީވަހީދު ނޫނީ ދެންތިބި އެންމެންނަކީ ޤާބިލް ފަސްބައި ސާފު ބައެއް ޢަލީ ވަހީދަކީ ކޮރަޕްޓްވެ ފެއިލް ވެފައިވާ ގުންޑާއެއް

  12. މުހައްމަދު

    ގިނައީ ކިލަނބު ވެފާވާ އަތްތަކެއް???

  13. ކޯޅޭޝަން

    ކެބިނެޓްގައި ގިނައީ ހަފްތާއަކަށް ލާފައިވާ މިނިސްޓަރުން. މިސާލަކަށް
    އިމްރާން އަކީ ކުއްވެރިއެއް. އެވާހަކަ ބަޔަކު ދައްކާއިރަށް އިމްރާން އިސްތިޢުފާދިނުމަށް އަންގާނެ.
    ސިދާތާއަކީވެސް އެފަދަ މީހެއް.
    ނަހުލާއަށް ނުހިންގިގެން އެވާހަކަ ދައްކާނީ އެމް.ޑީ.ޕީ. މީހުން. ކުރިންވެސް އެމް.ޑީ.ޕީ. މީހުން އެކަނި ނަހުލާއަށް މިނިސްޓަރުކަން ދިނުމާއި ދެކޮޅުހަދައި ނަހުލާގެ އަބުރާއިބެހި ސޯޝަލް މީޑިޔާގައި ވާހަކަ ދެއްކީ. ދެން ނަހުލާވެސް ޖެހޭނީ އިސްތިޢުފާދޭން.
    އަމީން، ޢަލީ ވަހީދު، މަޚްލޫފު މަލީހު، މިއީ މުޅިންވެސް ނާގާބިލު މީހުން. މިމީހުން މިނިސްޓަރުން ވަކިކުރުމަށް ގޮވައިލާނީ ސީދާ އެމް.ޑީ.ޕީ.ގެ މީހުން. މިހާރު އެމީހުން ސޯޝަލް މީޑިޔާގައި މިވާހަކަތައް ދައްކަމުންދަނީ އަދުހަރުކޮށް. އަދި ޤާސިމާއި އިމްރާނާއި، މަޢުމޫނާއި، ނާޒިމާއި، ރިޔާޟް އާއި މިފަދަ އެތަށް ބައެއްގެ މަސްކަމުން އެމީހުން އަބުރަށް އަރަމުންދަނީ މިހާރުވެސް އެމް.ޑީ.ޕީ. މީހުން. ދެން ކިހިނެތް އިއްތިހާދު ވެގެން އުޅޭނީ. އިބޫއަށް ޖެހޭނީ އެމްޑީޕީ ބުނާ ގޮތް ހަދަން. އޭރުން އިއްތިހާދު ނޯންނާނެ. އެމްޑީޕީ ބުނާ ގޮތް ހަދަން މަޖްބޫރު ކުރުވަންވެގެން އިބޫ ވެރިކަމަށް ހޮވުމާއިއެކު، އަލުން 3 ނޮވެމްބަރުގެ ބާޣީ ސިއްކަގެ ދަރި އާއި ކައިވެނިކުރުވީވެސް. މިއީ ސީދާ އަންނިގެ އޯޑަރަށް ކުރުވި ކައިވެންޏެއް.
    ދެން ތިބޭ ކިތަށް ދުވަސްތޯ ވަނީ ކޯޅޭ ޝަނަށް.

  14. ހުސްނީ

    އެމްޑީޕީ އަށް ހައިބަތު ހުރި ވަރުގަދަ މިނިސްޓްރީތައް. ކިހާ ސަޅި.

  15. ކެރަޕްޝަނު ގެ މައި ދޮރުއަށި . . .

    މިސަރުކާރުގެ ހަލާކު ( ޢަލީވަހީދު )

  16. ކެރަޕްޝަނު ގެ މައި ދޮރުއަށި . . .

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ވެރިކަމުގެ 100 ދުވަސް ރައްޔަތުން ގެ އުއްމީދު ތަށް އަނެއްކާ ވެސް އާކޮށް ދީފި. އެހެންނޫން ތޯ.....

  17. ކެރަޕްޝަނު ގެ މައި ދޮރުއަށި . . .

    މަރުޙަބާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އަރިސްކުރަން.

  18. ޔފ

    ރަސޫﷲ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގައި ވެއެވެ. "އެބައެއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބަޔަކަށް ދުވަހަކުވެސް
    ކާމިޔާބެއްނެތެވެ."
    އަލް ބުޚާރީ 13/53

  19. މާހިޔާ

    އަތްޗީޑި ތިޔޮއް ކެބިނެޓެއްދޯ މިރާއްޖެ މުޅި ހަލާކުވެގެން ތިދިޔައީ ޑިފެންސަށްލާފަ ތިޔަހުރީ ބޮޑު މުޑުދާރު ދާއިތައެއް