މިހާރު ރާއްޖެ ޒިޔާރަތްކުރައްވަމުން ގެންދަވާ ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ އިސް ވަފުދު ގެ ބޭފުޅުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ބައްދަލުކުރައްވައިފިއެވެ.

ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ އިސް ވަފުދު ގެ ބޭފުޅުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ބައްދަލުކުރައްވާފައިވަނީ މިއަދު ބަންޑާރަ ކޮށީގައެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދުވެސް ބައިވެރިވެޑައިގެންނެވި، މި ބައްދަލުކުރެއްވުމުގައި ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީއިން ޚާއްޞަ ފަންނުތަކުން ދިވެހި ސިފައިންނަށް ހުރި، އުނގެނުމުގެ ފުރުޞަތު ތަކާއި ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީ އާއި ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގ ދެމެދު އިއްޔެ ވެވުނު އަހުދުނާމާ (އެމްއޯޔޫ)ގެ ދަށުން ސްރީލަންކާގެ ޑިފެންސް ޔުނިވާސިޓީން ދިވެހި ދަރިވަރުންނަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ކޮންމެ ދިވެހި 100 ދަރިވަރުންނަށް ފަހިކޮށްދީފައިވެއެވެ.

މިމަހު 11 ވަނަ ދުވަހު ރާއްޖެ ޒިޔާރަތްކުރި މި ވަފުދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު