ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ މިއަދު ހަވާލުވެވަޑައިގަތް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލިސް އިޢުލާން ކުރައްވާފައިވާއިރު، އެމަޖިލިސް ވެގެންގޮސްފައިވަނީ މިހާތަނަށް ރާއްޖޭގެ ރައީސަކު އެކުލަވާލި ވަޒީރުންގެ މަޖިލީހެއްގެ ތެރެއިން އެންމެ ގިނަ އަންހެނުން ހިމެނިވަޑައިގަންނަވާ މަޖިލީހަށެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި 19 މިނިސްޓަރުންނާއި ބަންޑާރަ ނައިބާއެކު ޖުމުލަ 20 މެންބަރުން ތިއްބަވައެވެ. އޭގެތެރެއިން ހަތް މެންބަރުންނަކީ ކަނބަލުންނެވެ.

ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އަންހެން ބޭފުޅުންނަކީ މިނިސްޓަރ އޮފް ޑިފެންސް، މާރިޔާ އަޙުމަދު ދީދީ، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާ، މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ އަދި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ރިކޯޑު އަދަދަކަށް އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު މާރިޔާ އަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޑިފެންސް މިނިސްޓަރ ކަން ކުރައްވާ އަންހެން ބޭފުޅާއަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޯޕް ލައިޓް ބްރަދަރ

    މިފަހަރު ރާއްޖޭގެހުރިހާ އެއަރޕޯރޓެއް ވިލާއެއަރޕޯޓްގެނަމަށް ބަދަލު ވެގެންދާނެ!!!

  2. ީިިފިނޑިމީހާ

    ދިވެހި ސިފައިންނަކީ ފިނޑިންކަމަށް ބުނި މީހާ

    އެންމެ ފަހުން ޑިފެންސް މިނިސްޓާރ ކަމަށް

    ބޯހަލާކު

  3. ޔފލހ

    ރަސޫﷲ ﷺ ގެ ޙަދީޘްފުޅެއްގައި ވެއެވެ. "އެބައެއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބަޔަކަށް ދުވަހަކުވެސް ކާމިޔާބެއްނެތެވެ."
    އަލް ބުޚާރީ 13/53