ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ކަޅުވަކަރު މިސްކިތް ހޯދާ، އެ މިސްކިތް އަލުން ރޭވުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމައިފިއެވެ.

ކުރިއަށް އޮތް 100 ދުވަހު ކުރަން ނިންމާފައިވާ ކަންކަން ހާމަކޮށް އިބޫގެ ސަރުކާރުން ވިދާޅުވީ، ކަޅުވަކަރު މިސްކިތް ހޯދާ، އަލުން އެ މިސްކިތް ރާވާނެ ކަމަށެވެ.

ކުރިން އެ މިސްކިތް ހުރީ ސަލްޓަން ޕާކުގައެވެ. އެ މިސްކިތް އެތަނުން ނަގާ ގދ.ތިނަދޫއަށް އެ މިސްކިތް ބަދަލު ކުރަން ނިންމިއެވެ. 2016 ވަނަ އަހަރުގެ ތެރޭގައި އެ މިސްކިތް އެތަނުން ނެގުމުން އެ މިސްކިތްތަންތަނަށް ބަދަލުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވިއެވެ.

ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރާނެ ކަމަށްވެސް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އެތަންތަނަނީ އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަ ނޑައެޅި، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، ހަރުދަނާ އުސޫލަކުން އާސާރުބެލެހެއްޓޭނެކަމަށް ވެސް ބުނެފައި ވެއެވެ.