ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ކެބިނެޓްގައި ރާއްޖޭގެ އެންމެ ގިނަ ތައުލީމީ ބޭފުޅުން ނިސްބަތްވާ އައްޑޫ ސިޓީގެ އެއްވެސް ބޭފުުޅަކު ނެތުމުން ވަރަށް ގިނަ ބަޔަކު އެކަން ފާހަގަ ކުރަމުން އެބަގެންދެއެވެ.

މިއީ ފަހުގެ ތާރީޚަށް ބަލާއިރު އައްޑޫ ބޭފުޅަކު ނެތި ރާއްޖޭގެ ކެބިނެޓެއް އެކުލަަވާލި ފުރަތަމަ ފަހަރެވެ.

ރައީސް މައުމޫންގެ ވެރިކަމަށް ބަލާއިރު ގިނަ ދައުރުތަކުގައި އެންމެ މުހިންމު މަގާމުތައް ފުރުއްވީ އައްޑޫ ބޭފުޅުންނެވެ. އެގޮތުން ބަންޑާރަނައިބު ކަން ކުރެއްވި ޑރ.މުހައްމަދު މުނައްވަރާއި ޑރ.ހަސަން ސައީދު ފަދަ ބޭފުޅުން ފާހަގަ ކޮށްލެވެއެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓްގައި ވެސް އައްޑޫ ބޭފުޅުން ހިމެނުއްވިއެވެ. އޭގެތެރޭގައި ދިޔާނާ ސައީދު، ޑރ.މުސްތަފާ ލުތުފީ، ޑރ.އިބްރާހިމް ދީދީ، ޑރ.އަބްދުލްދުލް މަޖީދު އަބްދުލް ބާރީ، ހުސްނުއް ސުއޫދު ފަދަ ބޭފުޅުން ހިމެނެއެވެ.

ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި ވެސް ދިޔާނާ ސައީދު ވަޒީރު ކަމަށް އައްޔަން ކުރެއްވިއެވެ. އޭގެ އިތުރުން އައްޑުއަށް ނިސްބަތްވާ ޑރ.މަރިޔަމް ޝަކީލާ އަށް ވަޒީރުކަން ދެއްވެވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޑރ.ޝަހީލާ ދުވަސްކޮޅަކު ވަޒީރުކަން ކުރެއްވިއެވެ. ޔާމީންގެ ވެރިކަން ފެށިގެން ނިމެންދެން ބަންޑާރަ ނައިބު ކަމުގައި ހުންނެވި މުހައްމަދު އަނިލް އަކީ ވެސް އައްޑޫ ބޭފުޅެކެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި ވެރިކަން ކޮށްދެއްވާނެ ކަމުގެ ވައުދާއި އެކުއެވެ. ނަމަވެސް އެމްޑީޕީ އަށް އެންމެ ތާއީދު ބޮޑު އަދި އެންމެ ތައުލީމީ މީހުން ގިނަ އައްޑޫ އިން ވަޒީރަކު އައްޔަން ނުކުރެއްވީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ޙަހަހަހަ ހާ

    ޥާވަރު

  2. ޢުމަރު

    ޥަކިސަރުކާރެއް އައްޑޫގައި އުފެއްދުމަށް ހަމަޖެހިފަވާތީ ބޭފުޅަކު ހަމަނުޖެެއްސީ

  3. ބޮޑު ތިލަދުންމަތި

    ކެބިނެޓް ގައި ކުޅުދުއްފުށި ބޭފުޅެއް ވެސް ނެތް.

    • ޚަލް

      ބަލަ ކަރާ ވަހީދު ކުޅުދުއްފުށީގަ ރަޖިސްޓްރީ އޮންނަނީ

    • ހާހާ

      ވަހީދު ކުޅުދުއްފުއްޓަށް އުފަންމީހެއް

  4. މޯޑް

    ކޮންއައްޑޫއެއް އުތުރުގެ މީހަކު ދުވަހަކު ކެބިނެޓްގަ ނުހިމެނޭ

  5. ހިސާން

    ހަހަހަހަ ހަހަހަ

  6. ކެބިނެޓް

    ކޮންމެ އަތޮޅަކުން ބޭފުޅަކު ހުރުން މަޖުބޫރެއްނޫން..

  7. ޒފމ

    އެހެން ވީމާ ރާއްޖޭގެ ކޮންމެ ރަށަކުން މިނިސްޓަރެއް ހުންނަން ޖެހޭނެތާ... ލޮލް...... ނޫނީ އެހެން ރަށް ރަށުގެ މީހުން ވެސް ޝަކުވާ ކުރަންވީ ދޯ

  8. ޓީ

    މަންމަ އަށް 6 މަސް، ބައްޕަ އަށް 1 މަސް، ސަލާމުގެ ގޮތުގައި ބަންދު ކަނޑާ 30 ދުވަސް، އަހަރީ ޗުއްޓީ 30 ދުވަސް ވީމާ ސަލާމާއި ޗުއްްޓީ އަށް 3 މަހާއި ދުވަސްކޮޅެއް. އާއިލީ ޒިނމާގެ ގޮތުގައި 10 ދުވަސް، ސަރވިސް އަކާއި ނުލާ ގާތްގަނޑަކަށް އަހަރެއް. ސާބަސް ރައިިސް.

  9. ާއަމިރު

    ޢައްޑޫ ބޭނުމެއްނުވޭ އެއީ ކޮންބައެއްތަ ހުސް ފޭކު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    • ލޮލް

      ހަހަހަހަ ހިތަކަށް އަސަރެށް ކުރޭ ދޯ؟؟؟

    • ?
  10. Anonymous

    އާސަރުކާރުގެ ރައީސު ވިދާޅުވެފައިވަނީ ވޯޓު ދިންގޮތަށް ބައްލަވާފަ ޙުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ކަންތައް ކުރައްވާނެކަމަށް، ނަމަވެސް އައްޑު އަތޮޅަކީ ރާއްޖޭގައި އެއްމެ ޢާބާދީބޮޑު އެއްއަތޮޅުން އިބޫޞާލުހުއަށް އަޢުކަބިއްޔަތުދިން އެއްއަތޮޅެވެ. ކެބިނެޓު ހޮވުމުގައި ކޮބާތަ އެބުނާ ހަމަހަމަކަން؟؟ ކޯލިޝަން ޕާޓީގައި ހަމަނެތީތަ މިނިސްޓަރުކަމެއް ދޭފެންވަރެއްގެ އައްޑޫ ބޭފުޅަކު؟؟؟

  11. ާއައްދު

    އައްޑު މީހަކު ނެތަސް ގައުމު ހިންގެނެ.

    • އައިސްތު

      ޔަގީން

  12. ހަރުބީ

    ކެބިނެޓް ގަ އައްޑޫ މީހަކު ނެތަސް ހުރިހާ ސްޓޭޓް މިނިސްޓަރުންނަށް ލާނީ އައްޑޫ ބޭފުޅުން

  13. ލަކީ

    މުޅިންހެން މޮޔަގޮވާހެން ހީވޭ ބައްލަވާ ރާއްޖޭގެ ކޮންމެ އަތޮޅަކަށް މިނިސްޓަރެއް ނުހުންނާ ކަން ހަމަ ނޭގެނީ ތޯ

  14. ޙުސައިން

    ކޮން އައްޑުއެއް. ޢެއީ ދެވަނަ ސިންގަޕޯރ. ޢެމީހުނަށް މަޤާމެއް ބޭނުމެެއް ނުވާނެ. ފެލިއަރުވަން ތިބޭ ބައެއް. ޢެ އޮތީ ސިޓީ އެއްގެ ދަރަޖަ ދީފާ .އެނިމުނީ

  15. އަލީއޭ

    ކޮންމެހެން ނުޖެހޭ ކެބިނެޓުގައި އައްޑޫ މީހަކު ހިމަނާކައް. ދެކުނުގެ މީހުްވެސް ހިމެނޭ ކެބިނެޓުގައި. ހުވަދޫ މީހުުން އެބަތިބި މާގިނައިން. ކޮންމެ އަތޮޅަކުން ކިހިނެއްތަ މީހުން ހިމަނާނީ. މުޅި އައްޑުގައިވެސް ތިބެނީ ޖުމްލަ ފަންސަވީހަކައް ހާސް މީހުން. އެހެން ބައެއް އަތޮޅުތަކުގައިވެސް އުޅޭ އެހައިކަންހާ ވަރައްމީހުން ، ހުޅުމާލޭގައި އެކަނިވެސް އުޅޭނެ ގާތްގަޑަކައް އައްޑޫއައްވުރެ ތިންގުނަ އިތުރައް މީހުން. އައްޑޫ އަކީވެސް ރާއްޖޭގެ އަތޮޅެއް، އެހެން އތޮޅު ތަކެކޭ އެއްފަދައިން. ނުޖެހޭ ރާއްޖޭގެ އެހެން އަތޮޅުތަކައް ނުދޭ އިސްކަމެއް ކޮންމެހެން އައްޑޫ އައްދޭކައް. ބަޖެޓުގައިވެސް އައްޑުއައް އެއަތޮޅުގެ އާބަދީއައްވުރެ މާގިނަ ފައިސާ ހިމަނާފަ ހުރިކަމައް ފެންނަނީ.

  16. އަލީއޭ

    ކޮންމެހެން ނުޖެހޭ ކެބިނެޓުގައި އައްޑޫ މީހަކު ހިމަނާކައް. ދެކުނުގެ މީހުްވެސް ހިމެނޭ ކެބިނެޓުގައި. ހުޅުމާލޭގައި އެކަނިވެސް އުޅޭނެ ގާތްގަޑަކައް އައްޑޫއައްވުރެ ތިންގުނަ އިތުރައް މީހުން. އައްޑޫ އަކީވެސް ރާއްޖޭގެ އަތޮޅެއް، އެހެން އތޮޅު ތަކެކޭ އެއްފަދައިން. ނުޖެހޭ ރާއްޖޭގެ އެހެން އަތޮޅުތަކައް ނުދޭ އިސްކަމެއް ކޮންމެހެން އައްޑޫ އައްދޭކައް. ބަޖެޓުގައިވެސް އައްޑުއައް އެއަތޮޅުގެ އާބަދީއައްވުރެ މާގިނަ ފައިސާ ހިމަނާފަ ހުރިކަމައް ފެންނަނީ.

  17. ސައްލު

    ކެބިނެޓުގަ ނެތެންނު ނައީމާއްތަވެސް ނުވިތާކައް ހުވާކަު ކުރިއިރު ދައުވަތު ވެސް ނުދިން މިވާ ހަކަނުލިޔުނީ ކީއްވެބާ،

  18. ޙަސަން

    ކެބިނެޓްގައި އައްޑޫ ބޭފުޅުން މަގާމްތަށް ފުރުން ނިމުނަކަށް އަތުވެއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް! އައްޑޫ ތިޔައީ ކޮން ބައެއްތަވަކި!!! އޭން!!!!

  19. ނިހާން ހަމީދު

    ޚކޮން އައްޑޫ އެއްތަ އެއީ ލާރި އާއި ފްލެޓްއާއި ހެދީ މަރުދަން ޖެހޭބަެއް އެއީ ކުރީގެ އައްޑޫއެއްނޫން އެމީހުން އޞަދުވެސް ރައް ހުސްކޮށް އުޅޭނީ އަބަދު މާލެތެރޭ ކޮންމެވެސް އެއްޗެއް މަދުވެގެން ނުވަތަހޮޅި އެއްކަނޑާ ނުލެވިގެން ދީ

  20. ޢާސިދާ

    މި އަސް ލަމަކީ ވަރައް ބަލަން ޖެހޭ މީހެއް މީނަ ކުރީފަހަރުވެސް އަންނިގެ 03 އަހަރު ރައއޓެހިންނައް ބެހުމުގެ އިތުރުން އަންހެން ކުދިންނައް ފޯނުކޮށްގެން ފޯނުބިލު ތައްވެސް ނުދައްކާ.. މީނާއައް ވަރައް ބަލާތި ..މީނާ އުޅޭނީ އަބަދުވެސް މާލޭ ދެކުއްޖަކު ގޮވައިގެން...ވިސއނާތި..

  21. ބާބު

    ކޮންމެހެން ނުޖެހޭނެ އައްޑޫމީހުން ޅާކައް

  22. ރަށުމީހާ

    އެއްވެސް މީހަކު ފުއްޕާނެ ކަމެއް ނެތް.އިބޫ އަކީ އަހަރެމެން ރަށު މީހެއް.އަހަރެމެން މި ސަރުކާރު މަގާމު ތައް ނަގާނަން.އައްޑޫ މާލޭ މީހުން ތިއްބާ ދޯ އިބޫ ވެރިކަމަށް އެއައީ.ހިންނަވަރު މީހުން ގަދަ ވާނޭ މާލޭ އައްޑޫ މީހުންނަށް ވުރެން.

  23. ރައްޔިތު

    ތަފާތުކުރުން މިރާއްޖެއަކުން ދުވަހަކުވެސް ނެތިނުދާނެކަމުގެ އަލާމާތްތައް. ބަލަ ކެބިނެޓުގައި އައްޑޫ މީހުން ހިމަނަންޖެހޭކަމަށް ނުވަތަ ކޮންމެ އަތޮޅަކުން ހިމަނަން ޖެހޭކަމަށް ކޮން އަސާސީއެއްގައިތަ އޮތީ. ރާއްޖެތެރޭ މީހަކަށް ވެރިކަމަށް އާދެވުނީވެސް ކިތައް އަހަރު ފަހުންތަ؟ ދިވެހިން މިނިސްޓަރުކަމުގައި ހުރީމާ އެނިމުނީ. އަތޮޅުތައް ތަމްސީލުކުރަން މަޖުލީހުގައި މާލޭ ބޭފުޅުން ތިބިކަން ހަނދާން އެބަހުރިތަ؟ މ އާއި ލ އަކީ ބައެއް މިސާލު.

  24. އިބްރާ

    އައްޑޫގެ އެންމެ ބޭފުޅަކު ކެބިނެޓްގައި ނެތަސް މިސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭނީ އައްޑުވަށެވެ....... ފަސްއަހަރު ނިމޭއިރު އައްޑޫގައި އެންމެ މަޝްރޫއެއް ނުހުންގިޔަސް ވޯޓްގެ ބޮޑު މެޖޯރިޓީ ދޭނީ އެމްޑީޕީއަށެވެ.

  25. މަގޫދަނޑި ސަރުކާރު

    ސަޅި. ރަނގަޅަ ގޮލައިޔަމެންނަށް ވީލެއް ހެހެ

  26. ޔާމިން

    އައްޑޫއެއީބައެއްނޫން

  27. ނިއުމާގެ އަމާ

    އަޖައިބެއް! ކެބިނެޓްގައި އައްޑޫ ބައްޑާއެއް އިންނަން ޖެހޭތަ

  28. ?

    .ކޮން އައްޑޫއެއްތަ؟ ? ދެން ކޮންމެރަށަކުން މީހަކަށް މިނިސްޓަރުކަން ދޭންވީނުން?

  29. އެޑަމް

    ވަކި ތަނެއްގެ މީހަކު ހުންނަން ޖެހޭތަ؟

  30. މާތިލަ

    އަށްޑު އެކޭ ފޯއްމުލަކެކޭ ވަނީ އެއްގޮތް. ރާއްޖޭގެ ކޮންމެ އަތޮޅަކުން މީހަކު ލާކަށް ނުޖެހޭ. އެހެންނޫނަސް މި ވޭތުވި އަހަރުތަކުގައި އައްޑޫ ބޭފުޅަކު ނެތި ކެބްނެޓެއް އިޢުލާނެއް ނުކުރޭ. އެކަމަކު ވީވަރެއް ލިބުނު އެއްޗެއް އެ ސަރުކާރަކަށް ނެތް. އޮތީ ހައްތާވެސް ޝަކުވާ. ނުވިތާކަށް ޖެއްސުން ކުރުން. ދެން އިތުރު ސަރުކާރެއް މަގޫދަނޑިންނަމަވެސް ހަދަންވީނު! ހެއްހެއްހޭ. ހެއްހެއްހޭ. ހެއްހެއްހޭ!

  31. ނައީމާ ދައްތަ

    އައްޑޫ ރައްޔިތުން ދެން އަތްޖަހާ!

  32. ނުރަބޯ

    ނާ ތެދެއް....؟ ތިޔައީ ވަރަށްބޮޑު މައްސަލައެއް. އެހެންވީމާ ކޮންމެ ވުޒާރާއެއްގައި 2 ވަޒީރުން ތިބޭގޮތައް ހަމަޖައްސަންވީނު؟

  33. ސެންޓު

    ބަލަގަ އާބާދީ އައްޑޫގަ ބޮޑުވީމަ މަޖިލީހުގަ އިންދޭ ނޫންތަ ގޮނޑި؟ ކޮންމެހެން ނުގެހޭ ކެބިނެޓްގަ އިންނާކަށް އައްޑޫ މީހެއް. ޖެހިފަ ހުރި ވަބާއެއްނު ތީ. ރާއްޖޭގަ އެހެން އަތޮޅުތަކުގަވެސް މީހުން އުޅޭ