މ.ވީނަސް ގޭ ފަސް ވަނަ ބުރިން ވެއްޓި ޒުވާނަކު ނިޔާވިއިރު އޭނާ އާއި އެކު އެއިމާރާތުގެ ކޮޓަރިއެއްގެ ތެރޭގައި އުޅުނު އެންމެން އަދިވެސް ތިބީ ހައްޔަރުކޮށްފައިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެ މައްސަލަގާއި ހައްޔަރުކޮށްފައި ވަނީ ތިން މީހުންނެވެ. އެއީ ދެ އަންހެނަަކާއި ފިިރިހެނެކެވެ.

މަޖީދީމަގު ސޮނީ ހާޑްވެއާ ފިހާރަ ހިންގާ އިމާރާތުގައި ހުންނަ ގެސްޓް ހައުސްގެ ފަސް ވަނަ ބުރީގެ ބެލްކަންޏަކުން ވެއްޓި ނިޔާވީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ އަހުމަދު ޔަޝްއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ހައްޔަރުކޮށްފައިވާ ތިން މީހުންނާ ގުޅޭގޮތުން ފުލުހުން ބަލަމުން ދަނީ ބަނގުރަލާ ގުޅުން ހުރި މައްސަލައެއްގައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހައެއް ލިބިފައިނުވާއިރު، ޔަޝްގެ މަރާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.